Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫކީގެ މައްޗަށް ހިންގޭ ޝަރީއަތް

ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް

ކޮރަޕްޝަންގެ 11 ދައުވާގެ ތެރެއިން 1 ދައުވާއެއްގެ މައްސަލަ ނިންމައި ޙުކުމްކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އެޕްރީލު 2022 | ބުދަ 07:27
އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު

އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު

މިޔަންމާގެ ލީޑަރު އަންގްސަން ސޫކީގެ މައްޗަށް އަނެއްކާވެސް އިތުރު ޖަލު ޙުކުމެއް އިއްވައިފިއެވެ.

ބުދަ ދުވަހު މިޔަންމާގެ އަސްކަރީ ކޯޓަކުން ކުރި ޙުކުމެއްގައި ވަނީ ސޫކީގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ 11 ދައުވާގެ ތެރެއިން 1 ދައުވާއެއްގެ މައްސަލަ ނިންމައި ޙުކުމްކޮށްފައެވެ. އެގޮތުން އެ މައްސަލަ ސާބިތުވާކަމަށް ނިންމައި، ސޫކީއަށް ވަނީ 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ސޫކީގެ މައްޗަށް ޖުމުލަ 18 މައްސަލައެއްގައި ދައުވާ އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ، މަދުވެގެން 190 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. މިއީ ސޫކީގެ ސިޔާސީ ހަޔާތުގައި ސިއްކަ ޖެހިގެންދާނެ ކަމެއްކަން ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ.

ސޫކީގެ މައްޗަށް ޙުކުމް އިއްވާފައިވަނީ އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައެވެ. ރޮއިޓަރސްގެ މަސްދަރާއި ޙަވާލާދީ އެ ނޫހުން ރިިޕޯޓު ކޮށްފައިވާ ގޮތުގައި، ޙުކުމް ކުރެއްވި ފަނޑިޔާރު މާގިނަ ތަފްސީލުތަކެއްވެސް ދެއްވާފައެއް ނުވެއެވެ.

ސޫކީގެ ފަރާތުން ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރައްވާނެކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.

ސޫކީގެ މައްޗަށް ދާދި ފަހުންވެސް ވަނީ ޖަލު ޙުކުމެއް އިއްވާފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ވޯކީޓޯކީތަކެއް ގެންގުޅުނު މައްސަލައިގައި ސޫކީގެ މައްޗަށް 4 އަހަރުގެ ޖަލު ޙުކުމެއް މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ކޯޓަކުން ވަނީ އިއްވާފައެވެ. އެއީ މިއަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ.

މިޔަމަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫކީއާއި ސަރުކާރުގެ އިސްވެރިން ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ސޫކީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވާކަން އިއުލާން ކޮށްފައިވަނިކޮށެވެ.

ސޫކީ ހައްޔަރުކުރުމާއި ގުޅިގެން މިޔަންމާގައި ވަރުގަދަ މުޒާހަރާތަކެއްވެސް ކޮށްފައިވެއެވެ.

އަންގްސަން ސޫކީމިޔަންމާމިޔަންމާ މުޒާހަރާ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ
20 މާރިޗު 2024

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި
02 މާރިޗު 2023

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ
03 ނޮވެމްބަރު 2022

ސޫކީގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ފަރާތަކަށް އަނެއްކާވެސް ޖަލު ހުކުމެއް

03 ނޮވެމްބަރު 2022
ސޫކީގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ފަރާތަކަށް އަނެއްކާވެސް ޖަލު ހުކުމެއް
12 އޮކްޓޯބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް
29 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

29 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ
02 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިންތިޚާބު އޮޅުވާލިކަމުގެ ކުށް ސާބިތުވެއްޖެ

02 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިންތިޚާބު އޮޅުވާލިކަމުގެ ކުށް ސާބިތުވެއްޖެ
01 އޯގަސްޓު 2022

މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި

01 އޯގަސްޓު 2022
މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި
24 ޖޫން 2022

ބަންދުކޮށްފައިވާ މިޔަންމާގެ ކުރީ ލީޑަރު ސޫކީ ޖަލުގައި އެކަހެރިކޮށްފި

24 ޖޫން 2022
ބަންދުކޮށްފައިވާ މިޔަންމާގެ ކުރީ ލީޑަރު ސޫކީ ޖަލުގައި އެކަހެރިކޮށްފި
02 ފެބުރުއަރީ 2022

ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

02 ފެބުރުއަރީ 2022
ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު