Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޔާ

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

މުސްލިމް ރޮހިންޔާ މައިނޯރިޓީގެ މެންބަރުން އެ މީހުންގެ ވަޒަނުން ފިލައިގެން ދަނީ، ބުދު ދީނުގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގެ އަނިޔާވެރިކަމުން ރައްކައުތެރި ކަން ހޯދުމަށް.

ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2025 | ހޯމަ 03:35
މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީގެ އޮފިސަރަކު މެލޭޝިއާ-ތައިލެންޑް ބޯޑަރު ސަރަހައްދަށް ފެތުނު ބޯޓުން ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ގައި ހަރަކާތްތެރިވަނީ

މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީގެ އޮފިސަރަކު މެލޭޝިއާ-ތައިލެންޑް ބޯޑަރު ސަރަހައްދަށް ފެތުނު ބޯޓުން ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ގައި ހަރަކާތްތެރިވަނީ

މިޔަންމާ އިން ފިލައިގެން ދިޔަ ރޮހިންޔާ ބަޔަކު އުފުލި ބޯޓެއް ތައިލެންޑާއި މެލޭޝިޔާގެ ކަނޑުގެ ސަރަހައްދުގައި އަޑިއަށް ގޮސް، މަދުވެގެން ހަތް މީހުން މަރުވެ، ސަތޭކަ އެއްހާ މީހުން ގެއްލިއްޖެ އެވެ.

ރެސްކިއު ޓީމުތަކުން އާދީއްތަ ދުވަހު ހަތް މީހެއްގެ ހަށިގަނޑު ހޯދާފައިވާއިރު، އޭގެ ތެރޭގައި ފަސް އަންހެނުންނާއި އަންހެން ކުއްޖަކު ހިމެނެއެވެ. މި ސަރަހައްދުގެ މެލޭޝިޔާ މެރިޓައިމް އެންފޯސްމަންޓް އޭޖެންސީ (އެމްއެމްއީއޭ) ގެ ވެރިޔާ ރުމްލީ މުސްތަފާ ބުނި ގޮތުގައި، މިހާތަނަށް 13 މީހަކު ސަލާމަތްކޮށްފައިވެއެވެ.

ބޯޓަކީ މިއަންމާގެ ރަކައިން ސްޓޭޓުން މީގެ ތިން ދުވަސް ކުރިން 300 އެއްހާ ރޮހިންޔާ މީހުންގެ ބޮޑު ގުރޫޕެއްގެ ގޮވައިގެން ފުރި ބޯޓުތަކުގެ ތެރެއިން ބޯޓެއް ކަމަށް އޮތޯރިޓީތަކުން ބުނެފައިވެއެވެ.

ދެ ބޯޓު މިހާތަނަށް ގެއްލިފައިވާއިރު، ލަންކާވީގެ ކައިރީގައި 583 އަކަކިލޯމީޓަރު (170 އަކަ ނޯޓިކަލް މޭލު) ފުޅާ ސަރަހައްދެއްގައި ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްދެއެވެ.

މީހުންނާއި ގެއްލިފައިވާ ބޯޓުތައް ހޯދުމުގެ މަސައްކަތް ކުރަނީ މެލޭޝިޔާ މެރިޓައިމް އެންފޯސްމަންޓް އޭޖެންސީ އާއި މެރިން ޕޮލިހުން ނެވެ.

މެލޭޝިއާ ގެ އޮފިޝަލުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އިންސާނުންގެ ވަގުފާރި ކުރާ ފަރާތްތަކުން މިހާރު ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ، ރެފިއުޖީން ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ހަދައިގެން، ރިސްކު ބޮޑު ކަނޑުގެ މަގުތައް ބޭނުން ކޮށްގެން އެކަމުން ފައިދާ ނެގުމުގައެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޓްރެފިކަރުން މި ނުރައްކާތެރި ދަތުރަށް ބޮލަކަށް 3،500 ޑޮލަރާ ހަމައަށް ނަގައެވެ.

މެލޭޝިޔާ އަކީ އޭޝިއާގެ އެހެން ސަރަހައްދުތަކުން މިލިއަނެއްހާ މީހުން ހިޖުރަ ކޮށްފައިވާ ރެފިއުޖީން ދިރިއުޅޭ ގައުމެއް ކަމަށްވާއިރު، އޭގެ ތެރޭގައި ގިނައީ ޑޮކިއުމަންޓު ނެތް، ކޮންސްޓްރަކްޝަނާއި އެގްރިކަލްޗަރު ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ މީހުންނެވެ.

މުސްލިމް ރޮހިންޔާ މައިނޯރިޓީގެ މެންބަރުން އެ މީހުންގެ ވަޒަނުން ފިލައިގެން ދަނީ، ބުދު ދީނުގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގެ އަނިޔާވެރިކަމުން ރައްކައުތެރި ކަން ހޯދުމަށެވެ. އެ ގޮތުން މިޔަންމާ ދޫކޮށް ދިޔަ މިލިއަނެއްހާ ރޮހިންޔާ ރެފިއުޖީން ދިރިއުޅެނީ ދެކުނު ބަންގްލަދޭޝްގެ ކޭމްޕުތަކުގައެވެ.

2021 ޑިސެމްބަރުގައި ހިނގި އެންމެ ބޮޑު ހާދިސާތަކުގެ ތެރެއިން، މެލޭޝިޔާގެ ކަނޑުގެ ސަރަހައްދުގައި ގިނަ ބޯޓު ތަކެއް ފެތުނު ހާދިސާތަކުގައި 20 އަށް ވުރެ ގިނަ މީހުން ގެނބިގެން މަރުވިއެވެ.

ރޮހިންޔާމިޔަންމާއިންސާނީ ވަގުފާރި

ކޮމެންޓް

އިތުރަށް ކިޔާލަން

ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު

ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު

19 ސެޕްޓެމްބަރު 2024
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
ހިއުމަން ޓްރެފިކިންގގެ މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ހިއުމަން ޓްރެފިކިންގގެ މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

18 މާރިޗު 2023
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު