Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާގެ ކާރިސާތަކުގެ އަސަރު

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

މިޔަންމާގައި މިހާރު އޮތް އަސްކަރީ ސަރުކާރާއެކު އެކުލަވާލާފައިވާ 5 ނުކުތާގެ ސުލްހައިގެ ޕްލޭން ތަންފީޒު ކުރަން ޖެހޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 މާރިޗު 2023 | ބުރާސްފަތި 15:57
މިޔަންމާ

މިޔަންމާ

މިޔަންމާގައި ދިގުދެމިގެން ގޮސްފައިވާ ކާރިސާގެ ސަބަބުން، ސަރަހައްދީ ސަލާމަތަށް ނުރައްކާވެ، ވެލްފެއަރ މަސައްކަތްތަކަށް ނޭދެވޭ އަސަރު ފޯރަމުން ދާ ކަމަށާއި، ސުލްހަ ގާއިމުކުރުމަށްޓަކައި އާސިއާނާއެކު މަސައްކަތް ކުރުމަށް، މިޔަންމާގެ އަސްކަރީ ލީޑަރުން ރުއްސާނެ އާ ގޮތްތަކެއް ހޯދަން ޖެހިފައިވާކަމަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގައި، އެ ގައުމުގެ ރައީސް ފަރޑިނަންޑް މަރކޯސް ޖޫނިއަރއާ ބައްދަލު ކުރެއްވުމަށްފަހު އަންވަރު ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިއްތިހާދު (އާސިއާން)އާއި މިޔަންމާގައި މިހާރު އޮތް އަސްކަރީ ސަރުކާރާއެކު އެކުލަވާލާފައި ވާ 5 ނުކުތާގެ ސުލްހައިގެ ޕްލޭން ތަންފީޒު ކުރަން ޖެހޭ ކަމަށް ފިލިޕީންސްގެ ރައީސް ތަކުރާރު ކުރެއްވިކަން ބަލައިގަންނަވާކަމަށެވެ.

މިޔަންމާގައި އޮތް އިންތިޚާބީ ސަރުކާރު، ބަޣާވާތަކުން ވައްޓާލުމަށްފަހު، ފެބުރުއަރީ 2021ން ފެށިގެން މިޔަންމާގައި ވެރިކަން ހިންގަމުން އަންނަނީ އަސްކަރިއްޔާއިންނެވެ. އޭގެ ފަހުން އެ ގައުމުގައި އުފެދިފައި އޮތް ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ކާރިސާތައް ވަނީ ގޯހުން ގޯހަށް ގޮސްފައެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކީ، ގައުމު ހަލާކުކޮށްލަން އުޅޭ ޓެރަރިސްޓެއް ކަމަށް ބުނެ، އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންނެވެ. ބަޣާވާތުން ވެރިކަމަށް އެރި އަސްކަރީ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތައް ހުއްޓުވުމުގެ ނަމުގައި މިޔަންމާގައި ހިންގާ ހަރަކާތްތަކަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕުތަކާއި އދ.ން ވެސް ވަނީ ފާޑުކިޔާފައެވެ.

ކަން މިހެން އޮތް އިރު، އާސިއާނަކީ މެމްބަރު ގައުމުތަކުގެ ސިޔާދަތީ ކަންކަމާ ނުބެހުމުގެ ދިގު ސަގާފަތެއް އޮތް އިއްތިހާދެކެވެ. ނަމަވެސް، ސުލްހައިގެ ޕްލޭންގައި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކޮށް ކުރިއެރުންތައް ހާސިލުކުރުމުގައި މިޔަންމާގެ އަސްކަރީ ވެރިންގެ ފަރާތުން އެދެވޭ އިޖާބައެއް ލިބެމުން ނުދާ މައްސަލާގައި އާސިއާން އޮތީ ނުތަނަވަސްވެފައެވެ.

އާސިއާންގެ ގައުމުތަކުގެ އިސްވެރިންގެ މަތީ ފަންތީގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވާއިރު، 10 މެންބަރު ގައުމު ހިމެނޭ އިއްތިހާދުން ވަނީ މިޔަންމާގެ އަސްކަރީ ޖެނެރަލުންނަށް، އެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭ ގޮތް ހަދާފައެވެ. މެލޭޝިއާއަކީ މިޔަންމާގައި އޮތް އަސްކަރީ ސަރުކާރާ ދެކޮޅަށް އެންމެ ފާޅުގައި އަޑު އުފުލަމުންދާ އެއް ގައުމަށް ވާ އިރު، ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވެސް މެލޭޝިއާއިން ވަނީ ގޮވާލާފައެވެ. ކަން މިހެން އޮތް އިރު، އާސިއާންގެ ގައުމުތަކުން ދަނީ މިޔަންމާގެ ކަންކަމުގެ ތެރެއަށް ވަންނަމުން ކަމަށް ބުނެ، އަސްކަރީ ސަރުކާރުގެ އިސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިޔަންމާ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ
20 މާރިޗު 2024

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި
12 އޮކްޓޯބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް
29 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

29 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ
02 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިންތިޚާބު އޮޅުވާލިކަމުގެ ކުށް ސާބިތުވެއްޖެ

02 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިންތިޚާބު އޮޅުވާލިކަމުގެ ކުށް ސާބިތުވެއްޖެ
01 އޯގަސްޓު 2022

މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި

01 އޯގަސްޓު 2022
މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި
24 ޖޫން 2022

ބަންދުކޮށްފައިވާ މިޔަންމާގެ ކުރީ ލީޑަރު ސޫކީ ޖަލުގައި އެކަހެރިކޮށްފި

24 ޖޫން 2022
ބަންދުކޮށްފައިވާ މިޔަންމާގެ ކުރީ ލީޑަރު ސޫކީ ޖަލުގައި އެކަހެރިކޮށްފި
27 އެޕްރީލު 2022

ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް

27 އެޕްރީލު 2022
ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް
02 ފެބުރުއަރީ 2022

ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

02 ފެބުރުއަރީ 2022
ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2021

އަންގްސަން ސޫކީގެ މައްޗަށް އިންތިޚާބުގައި އޮޅުވާލިކަމުގެ ދައުވާވެސް އުފުލައިފި

17 ނޮވެމްބަރު 2021
އަންގްސަން ސޫކީގެ މައްޗަށް އިންތިޚާބުގައި އޮޅުވާލިކަމުގެ ދައުވާވެސް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު