Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުން

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

ސޫޗީގެ ގެ ފުރަތަމަ ނިސްބަތްވީ ސޫޗީގެ މަންމާފުޅަށެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 މާރިޗު 2024 | ބުދަ 17:44
މިޔަންމާ ގެ އިދިކޮޅު ލީޑަރ އައުންގ ސަން ސޫޗީ

މިޔަންމާ ގެ އިދިކޮޅު ލީޑަރ އައުންގ ސަން ސޫޗީ

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަން ސޫޗީގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން އެގެ ގަތުމަށް ބިޑް ނުކުރިއެވެ. "ލޭކް ފްރަންޓް" ގައި ހުންނަ މިގެ ވިއްކާލަން ނިންމީ އެގޭގެ މިލްކްވެރިކަމާ މެދު ސޫޗީގެ އަޚަކާ ދެމެދު އޮތް ދުވަސްވީ ދެބަސްވުމަކާގުޅިގެން މިދިޔަ ޖެނުއަރީ މަހު ކޯޓުން ކުރި އަމުރަކަށް ފަހުއެވެ.   

ސޫޗީގެ ވެރިކަން 2021 ވަނަ އަހަރު ގެނެވުނު މިލިޓަރީ އިންގިލާބެއްގައި ވައްޓާލިފަހުން އެކަމަނާ އަދިވެސް ހުންނެވީ ޖަލު ބަންދުގައެވެ. އަދި 2022ވަނަ އަހަރުގެ ޑިސެމްބަރުގެ ފަހުން އެކަމަނާގެ ލޯޔަރުންނާ ބައްދަލު ނުކުރެވޭ ކަމަށް ވެއެވެ. އެހެން ކަމުން ސޫޗީގެ ހުއްދަ ނެތި ގެ ވިއްކާލުމަށް ނީލަމަށް ލީ މައްސަލަ ސޫޗީގެ ލޯޔަރުން ވަނީ ޖައްސާފައެވެ.

ދެބުރިއަށް ހުރި އިހުގެ ގަދީމީ ގޭގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 90 މިލިއަން ޑޮލަރެވެ. ބުދަ ދުވަހު ހެނދުނު 10 ޖެހި އިރު ކޯޓު އޮފިޝަލުން އެގޭ ދޮރުމައްޗަށް ޖަމާވެ، އެގެ ގަތުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިވޭތޯ ތިން ފަހަރަށް އަހާފައިވާކަމަށް ވެއެވެ. ނަމަވެސް ނީލަން ނިންމާލިއިރުވެސް އެއްވެސް ފަރާތަކުން ބިޑް ހުށަނާޅާކަމަށް ވެއެވެ.އެވަގުތު އެތާތިބީ ހަމައެކަނި ނޫސްވެރިންނާ އޮފިޝަލުންނާ އަންޑަރކަވަރ ފުލުހުން ކަމަށް ވެއެވެ.

މިޔަންމާގެ ޔަންގޮންގެ، ޔުނިވަރސިޓީ އެވެނިއު ގައި ހުންނަ ލޭކްސައިޑް ހޯމް އަކީ އަންގ ސަން ސޫޗީ އާ އެއްވަރަށް މަޝްހޫރުކަން ލިބިފައިވާ ގެއެކެވެ. ސޫޗީ ބޮޑުފުޅުވީ އެގޭގަކަމަށްވާއިރު 1988 ވަނަ އަހަރު ޑިމޮކްރަސީ ކެމްޕެއިން ފައްޓަވާފައިވަނީ ވެސް އެގެއިންނެވެ. އަދި އެކަމަނާގެ ޕާޓީ ނެޝަނަލް ލީގްފޯ ޑޮމޮކްރަސީގެ މައި މަރުކަޒުގެ ގޮތުގައިވެސް ހަމަޖެއްސެވީ އެގެއެވެ. އަދި އޭގެ ފަހުން، 2010 ވަނައަހަރާހަމަޔަށް، ތިން ފަހަރެއްގެ މަތިން ޖުމްލަ 15 އަހަރު އެގޭގަ ބަންދުވެގެން ހުންނަވާފައި ވެއެވެ. އޭރު ގޭގެ ގޭޓުގެ މަތިން ނޫސްވެރިންނާ އަދި ހެޔޮ އެދޭ ފަރާތްތަކާ ބައްދަލް ކުރައްވާފައިވެއެވެ.

ސޫޗީގެ ގެ ފުރަތަމަ ނިސްބަތްވީ ސޫޗީގެ މަންމާފުޅަށެވެ.

ސޫޗީގެ ބައްޕާފުޅު، މިޔަންމާގެ މިނިވަން ކަމުގެ ބާނީ ޖެނެރަލް އައުންގ ސަން ވަނީ 1947 ގައި އަވަހާރަ ކޮށްލެވިފައެވެ. އެއަށްފަހު ސޫޗީ ގިނައިން އުޅުއްވަމުން ގެންދެވީ އެމެރިކާ އަދި އިގިރޭސި ވިލާތުގައެވެ. މަންމާ ފުޅު އާލާސް ކަންފުޅާ އުޅުއްވާތީއާއެކު އެކަމަނާ ގައުމަށް އެބުރި ވަޑައިގެންނެވީ 1988 ގައެވެ. އަދި ހަމަ އެއަހަރު ޑިމޮކްރަސީ ހަރަކާތް ފައްޓަވާފައި ވެއެވެ.   

އަންގްސަން ސޫކީމިޔަންމާ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ
02 މާރިޗު 2023

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ
03 ނޮވެމްބަރު 2022

ސޫކީގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ފަރާތަކަށް އަނެއްކާވެސް ޖަލު ހުކުމެއް

03 ނޮވެމްބަރު 2022
ސޫކީގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ފަރާތަކަށް އަނެއްކާވެސް ޖަލު ހުކުމެއް
12 އޮކްޓޯބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް
29 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

29 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ
02 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިންތިޚާބު އޮޅުވާލިކަމުގެ ކުށް ސާބިތުވެއްޖެ

02 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިންތިޚާބު އޮޅުވާލިކަމުގެ ކުށް ސާބިތުވެއްޖެ
01 އޯގަސްޓު 2022

މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި

01 އޯގަސްޓު 2022
މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި
24 ޖޫން 2022

ބަންދުކޮށްފައިވާ މިޔަންމާގެ ކުރީ ލީޑަރު ސޫކީ ޖަލުގައި އެކަހެރިކޮށްފި

24 ޖޫން 2022
ބަންދުކޮށްފައިވާ މިޔަންމާގެ ކުރީ ލީޑަރު ސޫކީ ޖަލުގައި އެކަހެރިކޮށްފި
27 އެޕްރީލު 2022

ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް

27 އެޕްރީލު 2022
ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް
02 ފެބުރުއަރީ 2022

ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

02 ފެބުރުއަރީ 2022
ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު