Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާގެ ވެރިކަން

މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އިތުރުކޮށްފި

މިލިޓަރީ ސަރުކާރުން ޑިމޮކްރެޓިކް އިންތިޚާބެއް ބާއްވަފާނެ ކަމަކަށް ގިނަބަޔަކު ގަބޫލެއް ނުކުރޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 އޯގަސްޓު 2022 | ހޯމަ 08:27
މިޔަންމާގެ މިލިޓަރީ ލީޑަރު ޖެނެރަލް މިން އައުންގ ހްލައިންގ

މިޔަންމާގެ މިލިޓަރީ ލީޑަރު ޖެނެރަލް މިން އައުންގ ހްލައިންގ

މިޔަންމާގައި މިހާރު އޮތް އިމަރޖަންސީ ވެރިކަން 2023އާ ހަމަޔަށް އޮންނާނެކަން އެގައުމުގެ މިލިޓަރީ ސަރުކާރުން އިއުލާންކޮށްފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ އަހަރު ގެނައި ބަޣާވާތެއްގައި ވަނީ ވެރިކަމުގައި ހުންނެވި ޑިމޮކްރެޓިކް ލީޑަރު އައުންގ ސަން ސޫކީގެ ވެރިކަމުގެ ބާރުތައް އަތުލާފައެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަނެކަމަށް އައީ ބުނަމުންނެވެ.

ނަމަވެސް ގިނަ ޕާޓީތަކަށް ހުޅުވާލެވިގެން ބޭއްވޭ ޑިމޮކްރެޓިކް އިންތިޚާބެއް މިލިޓަރީ ސަރުކާރުން މިޔަންމާގައި ބާވަފާނެ ކަމަކަށް އެގައުމުގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

ހޯމަ ދުވަހު ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި ގައުމަށް އިތުރަށް ހަމަޖެހުން ގެނައުމަށްޓަކައި އިމަރޖެންސީ ގާނޫނުގެ ވެރިކަން ދަމަހައްޓަން ބޭނުންވެއެވެ. އިމަރޖެންސީ ހިންގާފަ އޮންނަ އިރު މީހުން ހިފާ ހައްޔަރުކުރުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މިން އައުންގ ހްލައިންގ ފުރަތަމަ އިމަރޖެންސީ ވެރިކަމުގެ މުއްދަތު އިތުރު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އަދި ހަމަ އެމަހު އަމިއްލަފުޅަށް ޕްރައިމް މިނިސްޓަރަކީ އޭނާކަމަށް އިއުލާން ކުރައްވާފަވެއެވެ.

ޖެނެރަލް މިން އައުންގ ހްލައިންގ ވިދާޅުވި ކަމަށް އެގައުމުގެ ސްޓޭޓް މީޑިއާއިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ގައުމުގެ އިލެކްޓޮރަލް ނިޒާމަށް ބަދަލުތަކެއްވަނީ ގެންނަން ޖެހިފައެވެ. މިހާރު އޮތް ގޮތުން ބާރުގަދަ ޕާޓީތަކުގެ ނުފޫޒުގަދަ ކަމުން އެހެން ޕާޓީތަކުގެ އަޑު ނީވޭ ކަމަށް އޭނާ ވިދާޅުވި ކަމަށް ވެއެވެ.

އަސްކަރިއްޔާއިން ބަޣާވަތެއް ގެނެސް 2020 ވަނަ އަހަރު ވެރިކަން އަތުލީ 2020 ގެ އިންތިޚާބްގައި ވަރަށް ބޮޑަށް ވޯޓް އޮޅުވާލާފައިވާ ކަމަށް ބުނެއެވެ. އެފަހަރުގެ އިންތިޚާބްގައި އައުންގ ސަންގ ސޫކީގެ އެން.އެލް.ޑީ ޕާޓީއަށް ވޯޓުގެ 83 އިންސައްތަ ލިބިފައިވެއެވެ.

އަސްކަރިއްޔާއިން ވެރިކަން އަތުލުމަށްފަހު އައުންގ ސަންގ ސޫ ކީ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ގޭބަންދު ކުރެވުނެވެ. އެއާއިއެކު އެތައް މިލިއަން މީހުން މަގުތައް މައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށިއެވެ. މިކަމަށް ސިފައިން ރައްދު ދިނީ ރަބަރު ވަޒަނާއި ހަގީގީ ވަޒަނުންނެވެ. ޚަބަރުތައް ބުނާ ގޮތުން އަސްކަރިއްޔާގެ ހަމަލާތަކުގައި މިޔަންމާގެ ދެހާސް އެއްސަތޭކައެއްހާ މީހުން މަރާލާފައިވެއެވެ.

މިދިޔަ ހަފްތާގައިވެސް އަސްކަރީ ސަރުކާރުން ވަނީ ހަތަރު ޑިމޮކްރަސީ އެކްޓިވިސްޓުންނަށް މަރުގެ އަދަބުވެސް ދީފައެވެ.   

މިޔަންމާ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ
20 މާރިޗު 2024

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި
02 މާރިޗު 2023

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ
12 އޮކްޓޯބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް
29 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

29 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު