Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައުންގ ސަންގ ސޫޗީގެ ޖަލު ހުކުމް

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

މިދިޔަ އަހަރުގެ ފެބްރުއަރީ 1ވަނަ ދުވަހު ސޫޗީގެ ވެރިކަން މިލިޓަރީ އިންގިލާބެއްގައި ވައްޓާލެވުނު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 އޮކްޓޯބަރު 2022 | ބުދަ 16:39
އައުންގ ސަންގ ސޫޗީ

އައުންގ ސަންގ ސޫޗީ

ކޮރަޕްޝަނާއި ރިޝްވަތު ހިއްޕެވުމުގެ ކުށުގައި، މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އެގައުމުގެ މިލިޓަރީ ކޯޓަކުން އިތުރު 6 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މީޑިއާވެސް ނުވައްދައި ކުރިޔަށްގެންދިޔަ ޝަރީއަތަށްފަހު، ސޫޗީގެ ވަކީލުންނަށްވެސް ވަނީ ނޫސްވެރިންނާ ބައްދަލުކުރުން މަނާކޮށްފައެވެ.

މިހާރުވެސް ދިގު ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ސޫޗީގެ މައްޗަށް ވަނީ، މަޝްހޫރު ވިޔަފާރިވެރިއެއްގެ އަތުން ރިޝްވަތު ހިއްޕެވިކަން ސާބިތުވެ، ކޮރަޕްޝަންގެ ދެމައްސަލައެއް ސާބިތުވެ، ކޮންމެ މައްސަލައަކަށް 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައިވެއެވެ.

ބުދަ ދުވަހުގެ ހުކުމާއެކު އައުންސަންގ ސޫޗީގެ މައްޗަށް މިހާރު އިއްވާފައިވާ ޖަލުހުކުމުގެ ޖުމްލަ މުއްދަތު ވަނީ 26 އަހަރަށް އަރާފައެވެ. އޭނާގެ މައްޗަށް އަދިވެސް 18 ދައުވާއެއް އުފުލިފައި ވެއެވެ. މިހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ މުއްދަތު 190 އަހަރަށް އަރާނެއެވެ.

ނޯބެލް އިނާމުވެސް ލިބިވަޑައިގެންފައިވާ، އުމުރުފުޅުން 77 އަހަރުގެ އައުންގ ސަންގ ސޫޗީ ވަނީ، މިދައުވާތަކަކީ ސިޔާސީގޮތުން އޭނާ ބަލިކޮށްލުމަށްޓަކައި ކުރިއަށްގެންދާ ޝަރީއަތްތަކެއްކަމަށް ވިދާޅުވެފައެެވެ. ބޭނުމަކީ އޭނާ ދެން ދުވަހަކުވެސް ސިޔާސީ މައިދާނަށް ވަޑައިގަތަނުދިނުން ކަމަށް ވިދާޅުވިއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވެސް ވަނީ މި ހުކުމްތަކަކީ ގަބޫލުކުރެވޭނެ ހުކުމްތަކެއް ނޫންކަމަށް ބުނެފައެވެ.

މިޔަންމާގައި ގާއިމުކުރެވުނު ސޫޗީގެ ޑިމޮކްރެޓިކް ވެރިކަން، ކުރު މުއްދަތެއްގެތެރޭގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު ވަނީ މިލިޓަރީ އިންގިލާބެއްގައި ނިމުމަކަށް ގެނެސްފައެވެ. އޭގެފަހުން ކުރިއަށްދިޔަ ހަމަނުޖެހުންތަކުގައި 2300 އެއްހާ މީހުން މަރުވެ 15 ހާހެއްހާ މީހުން ޖަލަށްލާފައިވާކަމަށް އޭއެފްޕީން ޚަބަރުދެއެވެ.  

މިޔަންމާދުނިޔެ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
19 މެއި 2024

އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟

19 މެއި 2024
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
18 މެއި 2024

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟

18 މެއި 2024
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
16 މެއި 2024

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

16 މެއި 2024
ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
16 މެއި 2024

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު