Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިޔަންމާގެ ކުރީގެ ލީޑަރު އަންގްސަން ސޫކީ

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

ބުރާސްފަތި ދުވަހު އިއްވާ ހުކުން ސޫކީގެ އިތުރުން އޭނާގެ އިކޮނޮމިކް އެޑްވައިސަރ ޝޯން ޓަރނަލްގެ މައްޗަށްވެސް އިއްވަން ވަނީ ހަމަޖެހިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 05:59
މިޔަންމާގެ ކުރީގެ ލީޑަރު އަންގްސަން ސޫކީ

މިޔަންމާގެ ކުރީގެ ލީޑަރު އަންގްސަން ސޫކީ

މިޔަންމާގެ ކުރީގެ ލީޑަރު އަންގްސަން ސޫކީގެ މައްޗަށް އިތުރު ތިން އަހަރުގެ ޖަލު ހުކުމެއް ކުރަން އެގައުމުގެ ކޯޓަކުން ނިންމާފައިވާކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފިއެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާގޮތުން މިޔަންމާގެ ނޭޕީތޯގެ ކޯޓަކުން ސެޕްޓެމްބަރު 29 ވަނަ ދުވަހު ސޫކީގެ މައްޗަށް އިތުރު ހުކުމެއް އިއްވުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ ހުކުމް ސޫކީގެ މައްޗަށް އިއްވަނީ އެގައުމުގެ އޮފިޝަލް ސީކްރެޓްސް އެކްޓާ ހިލާފުވެފައިވާކަމުގެ ތުހުމަތުގައެވެ.

ބުރާސްފަތި ދުވަހު އިއްވާ ހުކުން ސޫކީގެ އިތުރުން އޭނާގެ އިކޮނޮމިކް އެޑްވައިސަރ ޝޯން ޓަރނަލްގެ މައްޗަށްވެސް އިއްވަން ހަމަޖެހިފައިވާކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިމަހުގެ ދެ ވަނަ ދުވަހު ސޫކީގެ މައްޗަށް ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުގައި ކުރިއަށްދިޔަ އިންތިޚާބު އޮޅުވާލި ކަމުގެ ކުށް ސާބިތުވެ، 3 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މި އިންތިޚާބުގައި އޭނާ ތަމްސީލުކުރައްވާ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓީން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. މި އިންތިޚާބު އޮޅުވާލާފައިވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭއިރު، 3 އަހަރުގެ ޖަލު ހުކުމުގެ އިތުރުން އެހެން ގައިދީންނެކޭ އެއްފަދައިން ޖަލުގައި މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ.

މީގެ އިތުރުން އެގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާންވަނީ މިއަހަރުގެ ޖޫން މަހު ސޫކީ ޖަލުގައި އެކަހެރިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސޫކީ ވެރިކަމުން ބާލައި ހައްޔަރުކޮށް ބައިންދާފައި އިން ތަނުން މިހާރު އެގައުމުގެ ވެރިރަށުގައި ހުރި ޖަލަކަށް ބަދަލުކޮށް ޖަލުގައި އެކަހެރިކޮށްފައިވާކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ސޫކީ ބައިންދާފައި އިންނަނީ ޖަލުގެ ވަކި އިމާރާތެއްގައެވެ. ތަރުޖަމާން ވަނީ ސޫކީ ޖަލަށް ބަދަލުކުރެވިފައި ވަނީ އެގައުމުގެ ގާނޫނާ އެއްގޮތަށް ކަމަށްވެސް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޫކީ ވެރިކަމުން ބޭލުމަށްފަހު މިހާތަނަށް އޭނާއާ ދެކޮޅަށް 20ށް ވުރެ ގިނަ މައްސަލަ ވާނީ ސާބިތުވެފަައެވެ. އޭގެ އަދަބެއްގެ ގޮތުން ޖަލުގައި 190 އަހަރަށްވުރެ ގިނަ މުއްދަތެއް ހޭދަކުރުމަށް ސޫކީއަށް ވަނީ ހުކުމްކޮށްފައެވެ.

ސޫކީގެ މައްޗަށް ސާބިތުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައްވެސް ހިމެނެއެވެ. މިހުރިހާ މައްސަލައަކަށްވެސް ސޫކީ ވަނީ އިންކާރުކޮށްފައެވެ.

އަންގްސަން ސޫކީމިޔަންމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
ސޫކީގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ފަރާތަކަށް އަނެއްކާވެސް ޖަލު ހުކުމެއް

ސޫކީގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ފަރާތަކަށް އަނެއްކާވެސް ޖަލު ހުކުމެއް

03 ނޮވެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު