Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން

ވާނުވާގައި ތިބެން ޖެހުމުން ކުލަބުތަކުގެ ކަންބޮޑުވުން

23 މާރިޗު 2021 | އަންގާރަ 09:51

އޭއެފްސީ ކަޕުގެ މެޗުތައް އޮތީ ވާނުވާގައި ކަމަށް ކުލަބުތަކުން ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މާރިޗު 2021 | އަންގާރަ 09:51
ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، ވާނުވާގައި ތިބެން ޖެހުމާ ގުޅިގެން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު މީގެ ކުރިންވެސް ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި އައު އުސޫލުތަކުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ވަނީ ދީފައެވެ. އެއާއެކު އެޗްޕީއޭ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ލީގު އަލުން ފަށަން އެފްއޭއެމުން މަސައްކަތްކުރިއިރު، ފަހުން ވަނީ މި މަހުގެ 25 ވަނަ ދުވަހު ލީގު އަލުން ފެށޭތޯވެސް މަސައްކަތްކޮށްފައެވެ.

އެކަމަކު މިހާތަނަށްވެސް ލީގު އަލުން ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިނުވާއިރު، އަންނަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ކުލަބު އީގަލްސްއިން އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ވާދަކުރާނެއެވެ. މިހާރު އޮތް ގޮތުން އެ މެޗު ކުޅޭނީ މާލޭގައެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށްގެން މެއި މަހުގެ ތެރޭގައި ރާއްޖޭގައި ބާއްވާއިރު، ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ހޯދާފައެވެ.

އަންގާރަ ދުވަހު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) ވިދާޅުވީ ލީގު މެދުކަނޑާލާފައި އޮތުމުން ކުލަބުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާއިރު، އެންމެ ބޮޑަށް އޭގެ އަސަރުކުރާނެ ދެ ކުލަބަކީ އޭއެފްސީ ކަޕުގައި ވާދަކުރާ މާޒިޔާ އާއި އީގަލްސްއަށް ކަމަށެވެ. އަދި އަންނަ މަހުގެ ހަތްވަނަ ދުވަހު އީގަލްސްއިން އޭއެފްސީ ކަޕުގެ ކޮލިފައިންގައި ވާދަކުރާއިރު، އެ މެޗުވެސް އޮތީ ވާނުވާގައި ކަމަށާއި، އަދި ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި ބޭއްވޭނެކަމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކުލަބުތައް ވާނުވާގައި ތިބެންޖެހުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި ކަމަށް ތަންކޮޅެއް ޒިންމާދާރު ގޮތެއްގައި އެޗްޕީއޭއިން ޖަވާބުދާރީވާން ޖެހޭ ކަމަށްވެސް ވައްކޭ ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ ކޮވިޑާ ގުޅިގެން ލީގު މެދުކަނޑާލުމުން، މި މުއްދަތުގައި އީގަލްސްއަށް ގާތްގަނޑަކަށް އަށް ލައްކަ ރުފިޔާގެ ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ލީގު މެދުކަނޑާލާފައި އޮތް ނަމަވެސް، ކުލަބުތަކުން ކުޅުންތެރިންނަށް މުސާރަ ދޭން ޖެހޭ ކަމަށާއި، އެހެންކަމުން ސީޒަން ދިގުލައިގެންދިޔުމުން އެކަމުގެ އަސަރު ކުލަބުތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުފާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލާފައިވީ ނަމަވެސް، ސަރަޙައްދީ ގައުމުތަކުން މި މަހުވެސް އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުން ފަށައިގެން އޭއެފްސީ ކަޕުގެ މެޗުތައް އޮތް ވާހަކަ ކުލަބުތަކުން ދައްކަމުން އަންނައިރު، މިހާތަނަށްވެސް ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލާފައި އޮތީ އެޗްޕީއޭގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށް މުފާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނޫސްވެރިންގެ މި ބައްދަލުވުމުގައި ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ ލީގު މެދުކަނޑާލުމުން އޭގެ އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި އޭއެފްސީ ކަޕުގައި ވާދަކުރާ ޓީމުތަކަށް ކަމަށެވެ. އަދި މި ކަމުގެ އަސަރު ފުޓްބޯޅަ ކުޅުންތެރިންގެ އާއިލާތަކަށްވެސް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އާތީ ވިދާޅުވީ އެޗްޕީއޭގެ ކޮންމެ އުސޫލަކަށްވެސް ތަބާވެގެން ލީގު އަލުން ފެށުމަށް ކުލަބުތައް ތިބީ ތައްޔާރަށް ކަމަށާއި، ބޭނުމަކީ ކޮންމެ ހާލެއްގައިވެސް ލީގު އަލުން ފެށި ކުރިއަށްގެންދިޔުން ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރިއިރު، މީގެ ކުރިން ކުލަބުތަކުން ވަނީ ރާއިސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާވެސް ބައްދަލުކޮށްފައެވެ. އަދި ލީގު އަލުން ފެށުމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި، ޞިއްޙަތާ ބެހޭ ވަޒީރު އަޙްމަދު ނަސީމުވެސް ވަރަށް ބޮޑަށް އެއްބާރުލުން ދެމުން އަންނަ ދަނޑިވަޅެއްގައި، އެޗްޕީއޭއިން ލީގު ފެށުމަށް ހުއްދަދީފައި ނުވާތީ ކުލަބުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މަހުގެ 25 ވަނަ ދުވަހު ލީގު އަލުން ފެށުމަށް އެފްއޭއެމުން މަސައްކަތްކުރަމުން އަންނައިރު، މިހާރުވެސް ލީގު އަލުން ފެށުމުގެ ހުއްދަދީފިނަމަ، އެ ދުވަހު ލީގުގެ ކުޅުން ފެށުމަށް ހުރިހާ ކުލަބަކުންވެސް ތިބީ ތައްޔާރަށް ކަމަށް އެ ކުލަބުތަކުން ވަނީ ބުނެފައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، މި ސީޒަން ފެށުމަށް އެންމެ ފުރަތަމަ ކުލަބުތަކުން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށީވެސް އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް