Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުން

އޭއެފްސީ ކަޕް ބާއްވަން އުޅޭކަން ނާންގާ ކަމަށް ބުނެވުނީ އޮޅިގެން: އެޗްޕީއޭ

ޓެގް ޓީމުން ވަނީ އޭއެފްސީ ކަޕަށް ހުއްދަދިނުމާ ގުޅޭ ބައްދަލުވުމެއް ބާއްވާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 23 މާރިޗު 2021 | އަންގާރަ 04:34
މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބާއްވަން އުޅޭކަން ނާންގާ ކަމަށް ބުނެވުނީ އޮޅިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދާދި ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީއޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑް ކާމިޔާބުކޮށް، މެޗުތައް ރާއްޖޭގައި ކުޅުމުގެ ފުރުސަތު ހޯދައިފިއެވެ. އެކަމަކު ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަޙްމަދު ނާސިރު ވިދާޅުވީ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބާއްވަން ޖެހޭކަމުގެ ވާހަކައެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިނުވާ ކަމަށާއި، އެކަން ހިއްސާކުރުމުން، އަމަލުކުރާނެ ގޮތެއް އެޗްޕީއޭއިން ކަނޑައަޅާނެ ކަމަށެވެ.

ނަމަވެސް އެކަން އެފްއޭއެމުން ދޮގުކުރުމާއެކު، ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވަން އުޅޭކަން ނާންގާ ކަމަށް ބުނެވުނީ އޮޅިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން އެޗްއީއޯސީގެ އޮފިޝަލަކު "ރާއްޖެ.އެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބާއްވަން ޖެހޭކަމުގެ ވާހަކައެއް އެއްވެސް ފަރާތަކާ ހިއްސާ ކޮށްފައިނުވާ ކަމަށް ނާސިރަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށާއި، އެޗްއީއޯސީން ދެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ އަޕްޑޭޓެއް ދޭނެ ކަމަށެވެ.

މީގެ ކުރިން "ރާއްޖެ.އެމްވީ" އާ ވާހަކަދައްކަވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބާއްވަން ބިޑް ކާމިޔާބުކުރުމާ ގުޅިގެން، އެކަމާ ބެހޭ ގޮތުން ބައްދަލުވުމަކަށް އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ސިޓީގެ ޖަވާބު މިހާތަނަށްވެސް ލިބިފައިނުވާ ކަމަށް ޖަވާޒް ވިދާޅުވިއެވެ.

"ރާއްޖެ.އެމްވީ" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއީއޯސީގެ ޓެގް ޓީމުން ވަނީ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް، އެ އިދާރާއިން ދޭން ޖެހޭ ހުއްދަތައް ދިނުމަށް، އެކަމާ ގުޅޭ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ކުރިއަށް އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހިއްސާކުރުމަށް ވަނީ ނިންމާފައެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބާއްވާއިރު، އެ މުބާރާތް ބޭއްވުމާ ގުޅޭ ގޮތުން އެފްއޭއެމުން މީގެ ކުރިން ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާވެސް ބައްދަލުކޮށް، މަޝްވަރާކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅެން ޖެހޭތީ، ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ގްރޫޕް ސްޓޭޖުގެ މެޗެއް ލ. ގަން ޒޯން ސްޓޭޑިއަމުގައި ކުޅެން އެފްއޭއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އޭއެފްސީ ކަޕް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް
25 އޮކްޓޯބަރު 2023

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން
24 އޮކްޓޯބަރު 2023

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ
24 އޮކްޓޯބަރު 2023

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
03 އޮކްޓޯބަރު 2023

މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު

03 އޮކްޓޯބަރު 2023
މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު
03 އޮކްޓޯބަރު 2023

މާލޭގައި މޯހަން ބަގާން ބަލިކުރާނަން: މާޒިޔާ ކޯޗު

03 އޮކްޓޯބަރު 2023
މާލޭގައި މޯހަން ބަގާން ބަލިކުރާނަން: މާޒިޔާ ކޯޗު
02 އޮކްޓޯބަރު 2023

އިތުރު ވަގުތުގެ ލަނޑުން މޯހަން ބަގާން އަތުން މާޒިޔާ ބަލިވެއްޖެ

02 އޮކްޓޯބަރު 2023
އިތުރު ވަގުތުގެ ލަނޑުން މޯހަން ބަގާން އަތުން މާޒިޔާ ބަލިވެއްޖެ
19 ސެޕްޓެމްބަރު 2023

ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި

19 ސެޕްޓެމްބަރު 2023
ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި
19 ސެޕްޓެމްބަރު 2023

މާޒިޔާ އޮތީ މޮޅުވާން ބޭނުންވެފައި: ބަޝުންދުރަ ކޯޗު

19 ސެޕްޓެމްބަރު 2023
މާޒިޔާ އޮތީ މޮޅުވާން ބޭނުންވެފައި: ބަޝުންދުރަ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު