Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

އޮޑިޝާ އަތުން ރައްޖެ ބަލިވީ 6-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 އޮކްޓޯބަރު 2023 | އަންގާރަ 15:34
މާޒިޔާ ކޮޅަށް ލަނޑުޖެހުމަށްފަހު އޮޑިޝާ ކުޅުންތެރިން

މާޒިޔާ ކޮޅަށް ލަނޑުޖެހުމަށްފަހު އޮޑިޝާ ކުޅުންތެރިން

އޭއެފްސީކަޕް ގްރޫޕް ސްޓޭޖްގައި އިންޑިޔާގެ އޮޑިޝާ އަތުން މާޒިޔާ ބަލިވެ, މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އަށް އޮތް ހަމައެކަނި އުއްމީދުވެސް ފަނޑު ވެއްޖެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދުވަހު ނުދާހާ ދަށަށް ގޮސް, ގައުމީ ޓީމްގެ ނަތީޖާތައްވެސް އިންތިހާއަށް ގޯސްވުމުން ދިވެހި ފުޓްބޯޅައިގެ އޮތް އުއްމީދެއް އޮތީ މާޒިޔާއާއި ގުޅިފައެވެ. މާޒިޔާއިން އޭއެފްސީކަޕް ގައި ހޯދާ ނަތީޖާތަކަށް ދިވެހި ފުޓްބޯޅައިގެ އުއްމީދުތައް ގުޅިފައި އޮތަސް ގްރޫޕްގައި އެންމެ ބަލިކަމަށް ބެލެވުނު އިންޑިޔާގެ އޮޑިޝާ އަތުން ބަލިވުމުން އެއުއްމީދުވެސް ވަނީ ފަނޑުވެފައެވެ. އިންޑިޔާގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 6-1 ގެ ބޮޑު ތަފާތަކުންނެވެ. ފުރަތަމަ ދެމެޗުން ބަލިވެ, ގްރޫޕްގެ ފުލުގައި އޮތް އޮޑިޝާއިން މާޒިޔާއާ ދެކޮޅަށް މެޗު ފެށީވެސް ގޯލަކުންނެވެ. ތިންވަނަ މިނިޓްގައި ލީޑް ނެގީ ލަލްތަތަންގާ ކައުލަރިން ޖެހި ލަނޑުންނެވެ. އެކަމަކު އޮޑިޝާގެ ކީޕަރު އަތުން ވަން ފަސޭހަ ބޯޅައަކުން މާޒިޔާއިން އެއްވަރުކޮށް އުއްމީދު ހޯދިއެވެ. ޑިފެންޑަރ ބްރަނިމިއޭ ޖޮސިޗް ބޮލުން މަޑުމަޑުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަތް ކައިރިންނެވެ. އެހިތްހަމަ ޖެހުން މާޒިޔާއަށް ލިބުނީ މިނިޓެއް ވަންދެންނެވެ. ކާލޯސް ޑަލްގާޑޯ ލަނޑު ޖަހާ ދެވަނަ ފަހަރަށް އޮޑިޝާ އަށް ކުރިހޯދައިދިނެވެ. އަދި އޭގެ ތިން މިނިޓް ފަހުން މޯޓަޑާ ފޯލް އޮޑިޝާގެ ތިންވަނަ ލަނޑު ޖެހިއެވެ. ދެވަނަ ހާފްގެ ކުރީކޮޅު ހަތަރު ވަނަ ލަނޑު ޖެހީ އަމޭ ރަނަވާޑޭ އެވެ. އޮޑިޝާއަށް މެޗުގެ ފަސްވަނަ ލަނޑު ޖަހައިދިނީ އިސާކް އެވެ. އަދި ފަހު ލަނޑު އިތުރު ވަގުތުގައި ޖެހީ ސާހިލް ޕަންވާރެ އެވެ.

މިމެޗުގެ ކުރިން އޮޑީޝާ ވަނީ ބަނގްލަދޭޝްގެ ބަޝުންދުރަ އަތުން އަދި އިންޑިޔާގެ މޯހަން ބަގާން އަތުން ބަލިވެފައެވެ. މާޒިޔާއިން މާލޭގައި ބަޝުންދުރަ އަތުން މޮޅުވެ, މޯހަން ބަގާން އަތުން ބަލިވިޔަސް ރަނގަޅު ވާދައެއް ކުރިއެވެ. އެކަމަކު މިބައްޔާއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެން އޮތް ބުރަށް ދިއުމުގެ ފުރުޞަތު މާޒިޔާއަށް ކުޑައެވެ. މިހާރު ތިން ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައި އޮތީވެސް މާޒިޔާއެވެ.

މާޒިޔާއަށް ކުރިއަށް ދިއުމުގެ ފުރުޞަތު ހަނިވެފައިވާއިރު ރާއްޖޭގެ ގައުމީ ޓީމް ވަނީ ބަނގްލަދޭޝް އަތްދަށުގެ ވަރލްޑްކަޕް ގްރޫޕް ސްޓޭޖަށް ނުގޮސް ކަޓާފައެވެ.

އޭއެފްސީ ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު