Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު

ކުޅުންތެރިން އަރައިރުންވި ވާހަކަ ކޯޗު ދޮގުކުރި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 3 އޮކްޓޯބަރު 2023 | އަންގާރަ 10:19
މޯހަން ބަގާންގެ ކުޅުންތެރިން: މާޒިޔާ ބަލިކުރީ 2-1ން

މޯހަން ބަގާންގެ ކުޅުންތެރިން: މާޒިޔާ ބަލިކުރީ 2-1ން

އޭއެފްސީ ކަޕުގައި ރޭ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ލިބުނު ޕެނަލްޓީ ވައްދާނުލެވުނީ ކުޅުންތެރިންގެ ޔަގީންކަން މާބޮޑުވުމުން ކަމަށް, މޯހަން ބަގާންގެ ކޯޗު ހުއާން ފެރާންޑޯ ބުނެފިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ 44 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ޖަހަން ދިޔައީ މެޗުގައި ދެ ލަނޑު ޖެހި ޓީމުގެ އެންމެ އިތުބާރު ފޯވަޑް ޖޯސަން ކަމިންގްސްއެވެ. އިނގިރޭސިވިލާތުގެ ނޮޓިންހަމަށް ކުރިން ކުޅުނު އޮސްޓްރޭލިޔާގެ ފޯވަޑް މަސައްކަތްކުރީ، މީގެ އަހަރުތަކެއް ކުރިން ބާސެލޯނާގައި ލަޔޮނަލް މެސީ ޕެނަލްޓީ ޖަހަންގޮސް ސުއަރޭޒް ލައްވައި ޕާހެއް ދީގެން ގޯލު ޖެހި ގޮތަށް ގޯލެއް ޖަހާށެވެ. ނަމަވެސް ކަމިންގްސް ޖައްސާލި ބޯޅަ މޯހަން ބަގާންގެ ކުޅުންތެރިއަކު ގޯލަށް ޖެހުމުގެ ކުރިން މާޒިޔާގެ ބިދޭސީ ޑިފެންޑަރު ވަނީ ވެއްޓިގެންފައި ކޯނަރަކަށް ބޯޅަ ބޭރަށް ފޮނުވާލާފައެވެ.

މިހާދިސާއާ ގުޅިގެން ކުޅުންތެރިންގެ މެދުގައި މެޗަށްފަހު އަރައިރުން ހިނގިކަމަށް ދެކެވޭ ވާހަކަ ކޯޗު ދޮގުކުރިއެވެ.

މި މެޗުން މާޒިޔާ އަތުން މޯހަން ބަގާން މޮޅުވީ ފަހު ވަގުތު ޖެހި ގޯލުން، 2-1ންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންމޯހަން ބަގާންއޭއެފްސީ ކަޕް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު