Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

މިކަން ކުރީ މާޒިޔާ މެޗަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ތެރޭގައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 06:36
ބަނގްލަދޭޝްގެ ގައުމީ ޓީމުން ސަސްޕެންޑްކުރި ތިން ކުޅުންތެރިން

ބަނގްލަދޭޝްގެ ގައުމީ ޓީމުން ސަސްޕެންޑްކުރި ތިން ކުޅުންތެރިން

ރާއްޖޭއިން ރާ އެތެރިކުރި މައްސަލާގައި ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި އެވެ.

މިކަން ހިނގާފައިމިވަނީ ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ އާއި ބަންގަލްދޭޝް މާލޭގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކުޅެން ޖެހޭ މުހިންމު މެޗު ކުރިއަށް އޮއްވަ އެވެ.

ބަންގްލަދޭޝްގެ މީޑިޔާތަކުން ބުނާ ގޮތުގައި ބަޝުންދުރަ ކިންގްސްގެ ފަސް ކުޅުންތެރިއަކު ވެގެން ރާއްޖެއިން 60ވުރެ ގިނަ ފުޅީގެ ރާ އެތެރެކުރީ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގް މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުޅުނު މެޗަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ތެރޭގަ އެވެ. މި މެޗުން މާޒިޔާ މޮޅުވީ 3-1އިންނެވެ.

މި މައްސަލާގައި ސަސްޕެންޑްކުރި ތިން ކުޅުންތެރިންނަކީ އަނީސުއްރަހުމާން ޒިކޯ އާއި ޓޮޕޫ ބަރުމާން އަދި ޝެއިހް މޮރުސަލީން އެވެ.  

މި ކުޅުންތެރިންގެ ކުލަބުން ސަސްޕެންޑްކޮށް އެކަން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނަށް ފޮނުވީ ވެސް އެމީހުންގެ ކުލަބު ބަޝުންދުރައިންނެވެ. އަދި މި މައްސަލަ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ. މިހެންވެ ބަންގްލަދޭޝްގެ ގައުމީ ޓީމުން ވެސް މި ކުޅުންތެރިން ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ. މީގެ އިތުރުން މިކަމުގައި އިތުރު ދެ ކުޅުންތެރިންތެރިއަކަށް ވެސް ތުހުމަތުކުރޭ ކަމަށް ބަޝުންދުރަ ކިންގްގެ ރައީސް އިމްރުން ހަސަން ވިދާޅުވި އެވެ. އެއީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި ތިބި ފޯވަޑް ތައުހީދުލް އާލަމް ސަބޫޖް އާއި ވާތުބެކް ރިމޯން ހުސައިން އެވެ.

ބަންގަލްދޭޝް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޚާޒީ ސަލާހުއްދީން ވިދާޅުވީ ކުލަބަކުން މިފަދަ މައްސަލައެއް ހުށަހެޅުމުން އެކަން ފެޑަރޭޝަނުން ވެސް ބަލަންޖެހޭނެ ކަމަށާއި ކުޅުންތެރިން ގައުމީ ޓީމުން ސަސްޕެންޑްކުރީ މިހެންވެ ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް ކުޅެން ބަންގްލަދޭޝްއިން އެކުލަވާލާ ޓީމުން މި ކުޅުންތެރިން އުނިކުރުމުން ކޯޗު މިހާރު ވަނީ އިތުރު ފަސް ކުޅުންތެރިއަކު ޓީމަށް ގެނެސްފަ އެވެ.

ބަޝުންދަރާ ކިންގްސްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއޭއެފްސީ ކަޕްވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު