Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި

މާޒިޔާ މޮޅުވީ 3-1ން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 19 ސެޕްޓެމްބަރު 2023 | އަންގާރަ 12:34
އޭއެފްސީ ކަޕުގައި ބަޝުންދުރަ ކޮޅަށް ގޯޅު ޖަހާފައި ޗޯޓު އުފާ ފާޅުކުރަނީ

އޭއެފްސީ ކަޕުގައި ބަޝުންދުރަ ކޮޅަށް ގޯޅު ޖަހާފައި ޗޯޓު އުފާ ފާޅުކުރަނީ

ބަނގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރަ ޔުނައިޓެޑް 3-1ން ބަލިކޮށް އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފަށުން ރާއްޖޭގެ މާޒިޔާ ރަނގަޅުކޮށްފިއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މުބާރާތަށް ވަރަށް ދުރާލައި ތައްޔާރުވި ޓީމުން އަމިއްލަ ދަނޑުގައި މިއަދު ބަޝުންދުރަ ބަލިކުރީ 3-1ންނެވެ. ފާއިތުވެދިޔަ ދެ އަހަރު މާޒިޔާ ބަލިކުރި ޓީމު ކޮޅަށް، މި މެޗުގައި ލީޑް ނެގީވެސް ރާއްޖޭގެ ޗެމްޕިއަނުންނެވެ. އެއީ 15 މިނިޓްގައި ސާބިއާގެ ފޯވަޑް ބަލަބޮނޮވިޗް ޖެހި ގޯލުންނެވެ. މި ލީޑް ފުޅާކޮށްދިނީ 68 ވަނަ މިނިޓްގައި ޒުވާން ފޯވަޑް ހަސަން ނަޒީމް (ޗޯޓު)އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިޔާ އަލީ ފާސިރު، ތިންވަނަ ލަނޑުގައި މާޒިޔާއަށް އުންމީދު އާކޮށްދިނެވެ.

ނަތީޖާ ހަމަހަމަކުރަން ބަޝުންދުރަ ކުރިއަށް ޖެހި ސުން ކަނޑުވާލީ އިތުރު ވަގުތުގައި މުހައްމަދު އިބްރާހީމެވެ.

މިއީ ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު އޮސްކާ ބުރުޒޮން ކޯޗުކޮށްދިން ޓީމަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. މެޗުގެ ކުރިން އޭނާ ބުނީ މާޒިޔާ މޮޅުވާން ބޭނުންވެފައިވުމުން މެޗު ވަރުގަދަވާނެ ކަމަށާއި، ނަމަވެސް މުބާރާތުގެ ފެށުން ރަނގަޅު ކުރުމަށް ރަށުން ބޭރުގައި ތިން ޕޮއިންޓް ހޯދުން މުހިންމު ކަމަށެވެ.

ބިދޭސީ ހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މާޒިޔާގެ މި އަހަރުގެ އަމާޒަކީ ގްރޫޕުގެ އެއްވަނަ ހޯދައި އޭއެފްސީ ކަޕުގެ ދެވަނަ ބުރަށް ދިއުމެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިންޑިޔާގެ ދެ ޓީމު ކަމަށްވާ މޯހަން ބަގާންއާއި އިންޑިޔާގެ އޮޑިއްސާއެވެ.

އޭއެފްސީ ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންބަޝުންދަރާ ކިންގްސް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު