Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

މެޗު އެއްވަރުވީ 2-2 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 އޮކްޓޯބަރު 2023 | ބުދަ 02:13
މޯހަން ބަގާންއާއި ބަޝުންދުރަ ވާދަކުރި މެޗުގެ ތެރެއިން

މޯހަން ބަގާންއާއި ބަޝުންދުރަ ވާދަކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ހިމެނޭ ގްރޫޕްގެ އެންމެ ކުރީގައި އޮތް ދެޓީމްގެ މެޗު އެއްވަރުވެއްޖެއެވެ.

އިންޑިޔާގައި އިންޑިޔާގެ މޯހަން ބަގާންއާއި ބަނގްލަދޭޝްގެ ބަޝުންދުރަ ކިންގްސް ވާދަކުރި މެޗު އެއްވަރުވީ 2-2 ނެވެ. ބަޝުންދުރައިން މޯހަން ބަގާން ހުއްޓުވީ ދެފަހަރު މަތީން ނަތީޖާ ހަމަހަމަކޮށްގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ މޯހަން ބަގާންއެވެ. އެޓީމަށް ކުރިހޯދައިދިނީ ފުރަތަމަ ހާފްގައި ޑިމިޓްރީ ޕެޓްރަޓޯސް އެވެ. އެކަމަކު އެލިޑްގައި މޯހަން ބަގާންއަށް އޮވެވުނީ އެންމެ ދެ މިނެޓެވެ. ޑޯރީ ލަނޑެއް ޖަހާ ބަޝުންދުރަ ކިންގްސް އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މޯހަން ބަގާންއިން ދެވަނަ ފަހަރަށް ކުރިހޯދީ ދެވަނަ ހާފް ފަށައިގެން ނުވަވަނަ މިނެޓްގައި އަސިޝް ރާއީ ޖެހި ލަނޑުންނެވެ. އެލިޑްވެސް ބަޝުންދުރައިން ހުއްޓުވިއެވެ. މޯހަން ބަގާންގެ ދަނޑުގައި ޕޮއިންޓެއް ހޯދާ, ދެވަނަ ބުރުގެ ފުރުޞަތު ދަމަހައްޓައިދިނީ ޕެނަލްޓީއަކުން ރޮބީނިއޯ ޖެހި ލަނޑުންނެވެ.

މިގްރޫޕްގައި ރާއްޖޭގެ މާޒިޔާ ވަނީ އިންޑިޔާގެ އޮޑީޝާ އަތުން 6-1 ން ބަލިވެފައެވެ. މިނަތީޖާގެ ސަބަބުން ދެވަނަ ބުރަށްދާން މާޒިޔާއަށް އަމިއްލަ ބާރެއް ނެތެވެ. އޮތީވެސް ވަރަށް ހަނި ފުރުޞަތެވެކެވެ. ކޮންމެ ޓީމެއް ތިން މެޗު ކުޅެނިމުނުއިރު އެއްވަނާގައި އޮތީ 7 ޕޮއިންޓާއެކު މޯހަން ބަގާންއެވެ. ދެވަނާގައި ބަޝުންދުރަ ކިންގްސް އޮތީ 4 ޕޮއިންޓާއެކުއެވެ. އޮޑީޝާ އެފްސީއާއި މާޒިޔާއަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. އެކަމަކު ގޯލްގެ ތަފާތަށް ބަލާއިރު މާޒިޔާ އޮތީ ފުލުގައެވެ.

އޭއެފްސީ ކަޕް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް
24 އޮކްޓޯބަރު 2023

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ
24 އޮކްޓޯބަރު 2023

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
03 އޮކްޓޯބަރު 2023

މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު

03 އޮކްޓޯބަރު 2023
މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު