Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން

ފުޓްބޯޅަ ކުޅުންތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ބައްސާމް ގޮވާލައްވައިފި

21 މާރިޗު 2021 | އާދީއްތަ 12:17

އޭއެފްސީ ކަޕުގައި ވާދަކުރާ ޓީމުތަކަށް ބޮޑު ގެންޖެހުމެއް ކުރިމަތިވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 މާރިޗު 2021 | އާދީއްތަ 12:17
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ވީ އެންމެ އަވަސް ފުރުޞަތެއްގައި ފުޓްބޯޅަ ކުޅުންތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޮވާލައްވައިފިއެވެ.

ކުޅުންތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ބައްސާމް ގޮވާލެއްވިއިރު، ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި އައު އުސޫލުތަކުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަދިން ނަމަވެސް، މިހާތަނަށްވެސް ލީގު އަލުން ފެށުމުގެ ހުއްދަދީފައެއް ނުވެއެވެ.

އެއާއެކު އާދީއްތަ ދުވަހު ބައްސާމް ނެރުއްވި ބަޔާނުގައި ވަނީ ފުޓްބޯޅަ ކުޅުންތެރިންނަށް، އެ މީހުންގެ ވަޒީފާއަދާކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކުލަބުތަކުންނާއި ކުޅުންތެރިން އަދި އެފްއޭއެމުން މިހާތަނަށް ސަރުކާރާއި، ޞިއްޙަތާ ބެހޭ ވުޒާރާ އާއި، ކުޅިވަރާ ބެހޭ ވުޒާރާ އަދި އެޗްޕީއޭއާއެކު ވަރަށް ގިނަ ފަހަރު ބައްދަލުކޮށް، ގިނަ މަޝްވަރާތަކެއް ކޮށްފައިވީ ނަމަވެސް، ކުރިމަތިވެފައިވާ މައްސަލައަކަށް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާކަން ފާހަގަކުރައްވާފައެވެ.

އަދި ވިދާޅުވީ ކޮވިޑުގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް، އާދަވެގެން ދިވެހިން އަދާކުރާ ގިނަ ވަޒީފާތަކަށާއި، އިޤުތިޞާދީ ހަރަކާތްތަކަށް ޤައުމު ހުޅުވާލާފައިވީ ނަމަވެސް، ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ނެތް މަދު ދާއިރާތަކުގެ ތެރޭގައި ދިވެހި ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅަ ކުލަބުތަށް ހިމެނޭކަމީ ކަންބޮޑުވާންޖެހޭ އަދި އެކަމާ މެދު ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަސް ފުރުޞަތެއްގައި ފުޓްބޯޅަ ކުޅުންތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ބައްސާމް ވަނީ ގޮވާލައްވާފައެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، މި ފަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖެއިން ދެ ޓީމެއް ވާދަކުރެއެވެ. އެއީ އަންނަ އޭޕްރީލް މަހު ކޮލިފައިންގައި ވާދަކުރާ ކުލަބު އީގަލްސް އާއި މެއި މަހަށް ތާވަލުކޮށްފައިވާ ގްރޫޕް ސްޓޭޖުން ފުރުޞަތު ހޯދާފައިވާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެހެންކަމުން ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަކީ އެ ދެ ކުލަބަށްވެސް ކުރިމަތިވާނެ ބޮޑު ގެންޖެހުމެކެވެ.

ބައްސާމް ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކަށް ވަރަށް ފުރިހަމައަށް އަމަލުކުރަމުންދަނިކޮށް، އެކަށީގެންވާ ސަބަބެއްނެތި ފުޓްބޯޅަ ލީގު މެދުކަނޑާލުމުން އަނެއްކާވެސް ރާއްޖޭގެ ފުޓްބޯޅައަށް ކުރިއަށްވުރެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުޅުންތެރިންނަށް ސަރަޙައްދީ ފެންވަރުގައި ވާދަކުރަން ލިބޭ އޭއެފްސީ ކަޕުގެ މެޗުތައް މިހާރު ކުޅެންޖެހިފައިވަނީ އެއްވެސް ވަރަކަށް ތައްޔާރުވުމެއްނެތި ކަމަށެވެ. އަދި އިންޑިއާ ފަދަ ގައުމުތަކާ ވާދަކޮށް މި މުބާރާތް ބާއްވަން ރާއްޖެއިން ފުރުޞަތު ހޯދި ނަމަވެސް، ދިވެހި ފުޓްބޯޅައަށާއި ކުޅުންތެރިންނަށް މި ލިބުނު ރަނުގެ ފުރުޞަތުގެ ޙަޤީޤީ ފައިދާ ނުލިބިދާނެތީވެ، އެކަމާ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ރާއްޖެއަށްވުރެ ކޮވިޑުގެ ހާލަތު ގޯސް ޤައުމުތަކުންވެސް ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ފުރުޞަތު ދީފައިވާއިރު، ރާއްޖެ ވާދަކުރަންޖެހޭ ޤައުމުތައް ކަމަށްވާ ބަންގްލަދޭޝް އާއި ބޫޓާން އަދި އިންޑިއާގެ ޓީމުތައް އޭއެފްސީ ކަޕަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ދިވެހި ޓީމުތަކަށް އެ ފުރުޞަތު ނެތުމަކީ އެފްއޭއެމުން ހިތާމަކުރާ ކަމެއް ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، މި ސީޒަން ފެށުމަށް އެންމެ ފުރަތަމަ ކުލަބުތަކުން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށީވެސް އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުބައްސާމް އަދީލް ޖަލީލް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް