Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައްސާމް އަދީލް ޖަލީލް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަން ނުވަތަ ހައްގުތައް ގެއްލިފައިވާކަން ހަމައެކަނި ބުނުމަކުން ގާނޫނު ހުއްދަކުރާ މިންގަނޑަށް ވާސިލު ނުވެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 19:05
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ފައިސާ އަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާާނާތްތެރިވި މައްސަލައިގައި އޭނާގެ މައްސަލަ ފީފާގެ ބަހެއް ނެތި ނުބެލޭނެ ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

ބައްސާމު މި މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ފީފާގެ ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލަ ފީފާގެ ބަހެއް ނެތި ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި ދިފާއު ކްރިމިނަލް ކޯޓުން ބަލައި ނުގަންނަން ނިންމުމުންނެވެ. އިސްތިއުނާފަށް ހުށަހެޅީ 19 ނޮވެމްބަރު ގަ އެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ ރަޖިސްޓްރާ ގެ ނިންމުމުގައި ބުނެފައިވަނީ މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ނުވަތަ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގާނޫނު ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެ ކަމަށެވެ.

އަދި އެފަދައިން ކަންކަން ހުރިކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮސް ބަޔާން ކުރަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމެއްގައި ބަޔާންކޮށްފައިވާ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ. އަދި މައްސަލައެއް ޝަރުއީ ނިޒާމުގެ ތިން މަރުހލާއިން ބެލެވުމުގެ މާނައަކީ ދަށުކޯޓަށް ހުށަހެޅޭ ދައުވާއެއް އޮތްގޮތަށް އެ މައްސަލަ އަލުން ތިން ފަހަރު ބެލުން ނޫންކަމަށް ސުޕްރީމް ކޯޓުގެ (ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުން އިސްތިއުނާފުކުރުމަށް 3 ނުކުތާ ހުށަހަޅާފައިވާ އިރު ބައްސާމު ގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާ އާއި، ތިންވަނަ ނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދަށުކޯޓަށް ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުމުގައިވާ ކަންކަމަށްވާއިރު، އެ ހުށަހެޅުމާއި ގުޅިގެން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ގާނޫނީ ގޮތުން ގޯސްވަނީ ކިހިނެއްކަން އެ ނުކުތާތަކުގެ ތަފްސީލުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި ބައްސާމު ގެ ފަރާތުން ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގެ ދަށުން ހެކި ހާމަކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ނިންމާފައިވަނީ އެ ގާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ހެކި ހާމަކުރުމަށް ލިޔުމުން އެދިފައިނުވާތީ ކަން އިސްތިއުނާފުކޮށްފައިވާ ނިންމަށް ބެލުމުން އެނގޭކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ. އަދި މި ނިންމުން ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި، 143 ވަނަ މާއްދާގެ () އާއި ހިލާފު ކަމަށް ބައްސާމު ގެ ފަރާތުން ބަޔާންކޮށްފައިވީ ނަމަވެސް، އެފަދައިން ބުނާބުނުން ފިޔަވައި އެ ނިންމުން ގޯސްވާގޮތެއް ތަފްސީލުކޮށްފައި ނުވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރާ ގެ ނިންމުގައިވެ އެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައާއި މަނީލޯންޑަރިންގެ މައްސަލައިގައި ބައްސާމު ގެ މައްޗަށް ވަނީ 9 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ މައްސަލައިގައި ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ހަތަރު އަހަރުގެ ހުކުމެއް އިއްވީ އޮކްޓޯބަރު 8، ގަ އެވެ. އޭނާގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ އިތުރު މައްސަލައެއްގައި ފަސް އަހަރަށް ހުކުމްކުރީ އޮކްޓޯބަރު 30، ގަ އެވެ.

ބައްސާމް އަދީލް ޖަލީލްއެފްއޭއެމް ފީފާހައި ކޯޓުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު