Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައްސާމް އަދީލް ޖަލީލް

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދިޔައީ ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ލަހުން

އަލީ ޝާހީން
އަލީ ޝާހީން | 16 ނޮވެމްބަރު 2025 | އާދީއްތަ 09:05
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިދާރާ ބޭރުގައި (ފައިލް ފޮޓޯ)

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިދާރާ ބޭރުގައި (ފައިލް ފޮޓޯ)

ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ޖަލުގެ ގައިދީން ލުމަށް ހާއްސަކޮށްފައިވާ ހެދުން ލާން ދެކޮޅުހެދުމުން އޭނާ ކުލަ ހެދުމުގައި ކޯޓަށް ހާޒިރު ކޮށްފި އެވެ.

އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ބައްސާމް ޕެންޓްހައުސް އެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ހެނދުނު 8:15 އަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ނުފެށި ދިގުލައިގެންދިޔަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އޭނަ ކޯޓަށް ހާޒިރުވާން ދެކޮޅު ހެދީ އަތުގައި ބިޑި އަޅުވައި ގައިދީންނަށް ހާއްސަ ހެދުމުގައި ކޯޓަށް ހާޒިރު ވާންޖެހޭތީ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް 11:00 އަށް ބައްސާމް ކޯޓަށް ގެނެވުނީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެން ކަމަށް އެ ކޯޓުން ބުނެ އެވެ. ކޯޓަށް ހާޒިރުވާން ބައްސާމް ދެކޮޅު ހެދި މައްސަލައިގައި މިހާތަނަށް ޝަރީއަތުން އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނީ ބައްސާމް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތެވެ. އެ މައްސަލައިގައި އެނާގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއް މީގެ ކުރިން އިއްވާފައިވާ އިރު މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އެފްއޭއެމްގެ ފައިސާގެ މައްސަލައިގައި މުޅި ޖުމްލަ 9 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިވަނީ އިއްވާފަ އެވެ.

ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ މައްސަލައިގައި ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ހަތަރު އަހަރުގެ ހުކުމެއް އިއްވީ އޮކްޓޯބަރު 8، ގަ އެވެ. އޭނާގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ އިތުރު މައްސަލައެއްގައި ފަސް އަހަރަށް ހުކުމްކުރީ އޮކްޓޯބަރު 30، ގަ އެވެ.

ބައްސާމް އަދީލް ޖަލީލްއެފްއޭއެމް ކްރިމިނަލް ކޯޓްވައްކަންމަނީ ލޯންޑަރިންގއަމީން އެވެނިއު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު