Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންނަށް ދިމާވާ ދަތިތައް

މަސްކިރުމުގެ ދަތިތަކަށް ހައްލު ގެނައުމަށް އައްޑޫސިޓީގައި ހަދާފައިވާ މަސްފެކްޓަރީގެ އޮޕަރޭޝަން ފަށަންޖެހޭ: މަސްވެރިންގެ ޖަމިއްޔާ

10 މާރިޗު 2021 | ބުދަ 17:26

ގަރާރު ދިރާސާކުރުމަށް ކޮމިޓީންވަނީ މިކަމާއި ގުޅުންހުރި ހަ ފަރާތަކާ ބައްދަލުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 މާރިޗު 2021 | ބުދަ 17:26
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

މަސްކިރުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލު ގެނައުމަށް އައްޑޫ ސިޓީގައި ހަދާފައިވާ މަސްފެކްޓްރީ ވީހާވެސް އަވަހަކަށް އޮޕަރޭޝަނަށް ގެނެސް، އައްޑޫއާއި ފުވައްމުލަކު ބަނދަރުގައި ބާއްވާ މިފްކޯގެ ބޯޓުތައް މެދުރާއްޖެތެރެއަށް ބަދަލުކުރަން ޖެހޭކަމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.

އެޖަމިއްޔާއިން މިކަމުގެ މުހިންމުކަން ފާޅުކޮށްފައިވަނީ މަސްވެރިން ބާނާ މަސް ނުކިރުމާއި ފައިސާ ނުލިބުމާއި މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރު އިގްތިޞާދީ ކޮމިޓީން ދިރާސާކުރުމަށް މައުލޫމާތު ސާފުކުރިއިރުއެވެ. މިގަރާރު ދިރާސާކުރުމަށް ކޮމިޓީންވަނީ މިކަމާއި ގުޅުންހުރި ހަ ފަރާތަކާ ބައްދަލުކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން މައުލޫމާތު ސާފުކުރި އެއްފަރާތަކީ ދިވެހި މަސްވެރިންގެ ޖަމިއްޔާއެވެ. އެޖަމިއްޔާއިން ކޮމިޓީއާ ހިއްސާކޮށްފައިވާ ކަންކަމަށް ބަލާއިރު މަސްވެރިކަމުގެ ސިނާޢަތުގައި މަސްވެރިންނަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެތައް އަހަރެއް ވަންދެން މަސްވެރިކަމަށް އަޅާނުލެވި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ދިމާވެފައިވާ މުހިންމު ކަންތައްތައް އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 8 ކަމެއް ވަނީ އެޖަމިއްޔާއިން ފާހަގަކޮށްފައެވެ.

އޭގެތެރޭގައި ގއ. ކޫއްޑޫ އަދި އުތުރުން ފެލިވަރުގައި މަސްރައްކާކުރެވޭނެ އިންތިޒާމު ނެތުމާއި މަސްވެރިން ބާނައިގެން އަންނަ މަސް ދުވަހުން ދުވަހަށް ކިރާލެވޭނެ އިންތިޒާމު ނެތްކަން އެޖަމިއްޔާއިން ފާހަގަކުރެއެވެ.

ކޫއްޑޫއާއި ފެލިވަރުގައި މަސްކިރުމުގެ ހަރުދަނާ ނިޒާމެއް ހަމަޖެހިފައިނުވާއިރު ކޫއްޑޫ ޖެޓީއަށް ފަހަރަކު 3 ދޯންޏަށް މަސް ނެގުނުނަމަވެސް ފެލިވަރުގައި މަސްކިރުމުގައި އެއަށް ވުރެ ބޮޑެތި ދަތިކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

މިފްކޯގެ ބޯޓުތައް އިންތިހާއަށް ކުދިއިރު މިހާރުގެ ދޯންޏަކުން ބާނާ މަހުން މިފްކޯގެ ބޯޓު ފުރުމާއި ހުވަދޫ އަތޮޅުގައިވެސް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްވެރިން މަސް ނުކިރިގެން ދިގު ދުއްވުންތައް ދުއްވަން ޖެހޭކަން އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މެދުރާއްޖެތެރޭގައި ހިމެނޭ މ، ތ އަދި ދ އަތޮޅުގައި މަސްކިރުމުގެ އިންތިޒާމު ހަމަޖެހިފައި ނެތުމުގެ ސަބަބުން އެ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްވެރިންނަށް މަސް ނުކިރި މަހަށް ނުދެވި ތިބެންޖެހުމާއި އެސަރަހައްދުތަކުން މަސް ބާނައިގެން ލ. މާންދޫއަށް މަސްކިރަން ދިއުމުން ހަފްތާއަކު ތިން ހަތަރު ދުވަހުމަހަށް ނުގޮސް ތިބެންޖެހޭކަމަށް އެޖަމިއްޔާއިން ބުނެއެވެ.

މީގެއިތުރުން މިހާރު ރާއްޖޭގައި ހެދިފައިވާ އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާވަރާ ގާތަށްވެސް އައިސް ނުލިބޭއިރު މަސް ފިނިނުވެގެން މަސްވެރިން އެކި ސަރަހައްދުތަކަށް ދުއްވުމަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

މަސްކިރުމުގައި ދަތިކަން މަސްވެރިންނަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި މީގެކުރިން ސަރުކާރުން މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން މަސް ގަންނަން ފެށިފައިނުވުން ހިމެނޭކަމަށް އެޖަމިއްޔާއިން ފާހަގަކުރެއެވެ. އެގޮތުން ދޫކުރެވުނު ގިނަ ރަށްތައް ތަރައްޤީނުކުރެވުމާއި އުތުރުގައި ތަރައްގީކުރެވުނު ށ.ކީކިމިނި މިއަދާ ހަމައަށްވެސް އޮޕަރޭޝަނަށް ގެނެވިފައިނުވާއިރު އެކަމަށް ޒިންމާކުރެވޭ ތަނެއް ނުފެންނަކަމަށް ވަނީ ބުނެފައެވެ.

ވަގުތުން ފައިސާ ނުލިބުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާކަމަށާއި އެގޮތުން މިހާރު ކޮންމެ ހަފްތާއަކު މަސްވެރިންނަށް ފައިސާ ޖަމާވަމުންދާކަމަށް ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މިކަންތައްތަކާއި ގުޅިގެން މަސްވެރިންގެ ފަރާތުން ވަނީ މައިގަނޑު 5 ހައްލެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ގދ އަތޮޅުން މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްކަމުގައިވާ ގދ ހޯޑެއްދޫ މަސްފެކްޓްރީ އޮޕަރޭޝަނަށް ގެނެސް ނުވަތަ އެ ސަރަހައްދުގައި މަސްގަނެވޭ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

އަދި މަސްވެރިންނަށް ފައިސާ ނުލިބުމުގައި މިފްކޯއަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންދާ އެންމެ ބޮޑު އެއްސަބަބަކީ ގަނޑުކުރި މަހުގެ ގޮތުގައި ކަނޑުމަސް ބޭރުކުރުން ކަމުގައިވުމުން އެކަން ހުއްޓުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ކަނޑުމަހުން އަގު އެއްކުރިމަސް (ވެލިޔުއެޑެޑް) އުފެއްދުން އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ގިނަ ބާޒާރުތައް ހޯދުމަށާއި ރާއްޖޭގެ މަސް އިޝްތިހާރުކޮށް ކުންފުނިތަކުގެ އުފެއްދުންތައް ވިއްކުމަށް "ފިޝަރީޒް ޕްރޮމޯޝަން ބޯޑު"ގެ ގޮތުގައި ވަކި ބޯޑެއް އެކުލަވާލައި، މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި އޭގެ ސަބަބުން ކުންފުނިތަކަށް ފައިދާވެ މަސްވެރިންނަށް ވަގުތުން ފައިސާދިނުމުގައި ފަސޭހަވެގެންދާނެކަމަށް ޖަމިއްޔާއިން ބުނެއެވެ.

މަސްވެރިކަން ރަނގަޅު ސަރަހައްދަކަށް ދަތުރުކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މަސްނަގާ "ބާޖެއް" ނުވަތަ "ޕްލެޓް ފޯމެއް" ނުވަތަ "ބްރެއިން ފްރީޒިން ބޯޓެއް" މިފްކޯއަށް ހޯދުމަކީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއްކަމަށް މަސްވެރިން ދެކޭކަމަށާއި އެކަމުގެ ސަބަބަކީ ރާއްޖޭގެ މަސްވެރިކަމަކީ އެކި ސަރަހައްދުތަކަށް ބެހިގެންވާ މަސްވެރިކަމެއްކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ދަތުރުކުރެވޭ އެފަދަ ވަސީލަތެއް މިފްކޯގެ ބެލުމުގެ ދަށުގައި އޮންނަނަމަ، މިހާރު މިފްކޯގެ ވަސީލަތްތައް ބޭނުންކޮށްގެން އެކުރާ މަސައްކަތުގެ ބޮޑު ބައެއް ލުއިވެ ޚަރަދު ސަލާމަތްވާނެކަމަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ސަރުކާރުގެ އެހީތެރިކަމާއެކު ވީހާވެސް ގިނަ ދޯނިތަކުގައި އާރުއެސްޑަބްލިޔު ހަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

އިގްތިޞާދީ ކޮމިޓީގެ މިރިޕޯޓް ބުދަ ދުވަހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ.

މަސްވެރިންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
10 ޑިސެމްބަރު 2024

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
04 ޑިސެމްބަރު 2024

"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"

04 ޑިސެމްބަރު 2024
"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"
04 ޑިސެމްބަރު 2024

މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ

04 ޑިސެމްބަރު 2024
މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ
23 ނޮވެމްބަރު 2024

މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން

23 ނޮވެމްބަރު 2024
މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން
01 ސެޕްޓެމްބަރު 2024

މަސްވެރިންނަށް އަނެއްކާވެސް ފައިސާ ނުދޭތާ 3 ހަފްތާ - ނުދައްކާ 10 މިލިއަން ރުފިޔާ

01 ސެޕްޓެމްބަރު 2024
މަސްވެރިންނަށް އަނެއްކާވެސް ފައިސާ ނުދޭތާ 3 ހަފްތާ - ނުދައްކާ 10 މިލިއަން ރުފިޔާ
20 ޖުލައި 2024

ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަނޭ: ޔާމީން

20 ޖުލައި 2024
ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަނޭ: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް