Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާއަށް ބާސާއާ ދެކޮޅަށް ނުކުޅެވުން

ދެވަނަ ލެގުގައިވެސް ނޭމާއަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

10 މާރިޗު 2021 | ބުދަ 06:03

ފުރަތަމަ ލެގުން ޕީއެސްޖީ ވަނީ 4-1 ން މޮޅުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މާރިޗު 2021 | ބުދަ 06:03
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައިވެސް ބާސެލޯނާއާ ދެކޮޅަށް ބްރެޒިލުގެ ތަރި ނޭމާއަށް ނުކުޅެވޭނެ ކަމަށް ޕީއެސްޖީން ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ މިދިޔަ ފެބްރުއަރީ މަހު ފްރެންޗް ކަޕުގައި ޕީއެސްޖީ ކުޅުނު މެޗެއްގެ ތެރެއިންނެވެ. އެގޮތުން ރަށުން ބޭރުގައި ކޯން އަތުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާ ވަނީ ބަދަލުކޮށްފައެވެ. އެ އަނިޔާއާ ގުޅިގެން ބާސާގެ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި ފުރަތަމަ ލެގުގައިވެސް ނޭމާއަށް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.

ދާދި ފަހުން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާއިން ރަނގަޅުވެ ނޭމާ އަމިއްލަ ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް، އޭނާ އަދި އެއްކޮށް ފިޓްނުވާ ކަމަށެވެ. އެހެންކަމުން ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ބާސާއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައިވެސް ނޭމާ ނުފެންނާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން ބާސާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ނޭމާއަށް ގެއްލުނުއިރު، މި ފަހަރުގެ މެޗުތަކަކީ 2017 ވަނަ އަހަރު ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިޔަން ޔޫރޯއަށް ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު، ބާސާއާ ދެކޮޅަށް ނޭމާއަށް ކުޅެން ލިބުނު ފުރަތަމަ މެޗުތަކެވެ.

ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީ އާއި ބާސާ ބައްދަލުކުރާއިރު، ބާސާއަށްވެސް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން އެ ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ރޮނާލްޑް އަރައުހޯއަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ.

ފުރަތަމަ ލެގުން 4-1 ގެ ނަތީޖާއަކުން ޕީއެސްޖީން ބާސާ ބަލިކޮށްފައިވާއިރު، ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑީ ޕީއެސްޖީއެވެ. އަދި ދެވަނަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅޭއިރު، މި މެޗު ފެށުމަށް ތާވަލުކޮށްފައިވަނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

ނޭމާޕީއެސްޖީ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
28 ޖެނުއަރީ 2025

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025
ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް