Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބު ވޯލްޑް ކަޕް 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

މޮޅާއެކު ޕީއެސްޖީ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ފައިނަލްގައި ޕީއެސްޖީ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖުލައި 2025 | ބުރާސްފަތި 05:19
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި، ސްޕެއިންގެ ރެއާލް މެޑްރިޑުގެ މައްޗަށް ކުރި ހޯދައި، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމް ނިއު ޖާޒީގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އިން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ހަަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގަައި ޕީއެސްޖީ އިން ވަނީ ރެއާލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޕީއެސްޖީ އަށް ޖަހައިދިނީ ފަބިއަން ރުއިޒް އެވެ. އޭނާ އެ ލަނޑު ޖެހީ އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީ އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ރެއާލްގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިޔާ ތެރެއަށް ވަދެ، ރެއާލްގެ ގޯލު ކީޕަރު ތިބައޫ ކޯޓުއާގެ އަތް ދަށުން ގޯލަށް ފޮނުވާލައިގެން ޑެމްބެލޭ ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އިން ތިން ވަނަ ލަނޑެއް ޖެހީ 24 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ވެސް ޖެހީ ފުރަތަމަ ލަނޑު ޖެހީ ރުއިޒް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އަޝްރަފް ޙަކީމީ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖެހީ ގޮންޒާލޯ ރާމޯސް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ ލަނޑު ޖަހަން ގޮންޒާލޯ ރާމޯސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރާޑްލޭ ބާކޮލާ އެވެ.

މޮޅާއެކު ޕީއެސްޖީ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، ފައިނަލްގައި ޕީއެސްޖީ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ރެއާލް މެޑްރިޑްފީފާ ކްލަބް ވޯލްޑް ކަޕް 2025ޕީއެސްޖީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު