Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބު ވޯލްޑް ކަޕް 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

މެޗުގައި ޕީއެސްޖީ އިން އެ ޓީމުގެ ހަތަރު ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2025 | ހޯމަ 06:04
އިންޓަރ މިއާމީ އާއި ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ތެރެއިން

އިންޓަރ މިއާމީ އާއި ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުގައި އެމެރިކާގެ އިންޓަރ މިއާމީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ކުއާޓާ ފަައިނަލްގެ ޖާގަ ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ މިއާމީއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގައި ޕީއެސްޖީ އިން އެ ޓީމުގެ ހަތަރު ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މި މެޗުގެ ފުރަތަމަ 11 ގައި އިންޓަރ މިއާމީ އިން ވަނީ ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން، ލުއިސް ސުއަރޭޒް، ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ވެސް ހިމަނައިފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ މިއާމީ ކޮޅަށް ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާއޯ ނެވެސް އެވެ. އޭނާ އެ ލަނޑު ޖެހީ ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ނެވެސް ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޕީއެސްޖީ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މި ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފަބިއަން ރުއީޒް އެވެ.

މެޗުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑަކީ މިއާމީގެ ތޯމަސް އަވިލެސް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖެހީ އަޝްރަފް ޙަކީމީ އެވެ.

މެޗުގައި މިއާމީ އިން ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. މިއާމީގެ މެސީ ބޮލުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. މިއާމީގެ ސުއަރޭޒް އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ޕީއެސްޖީފީފާ ކްލަބް ވޯލްޑް ކަޕް 2025އިންޓަ މިއާމީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު