Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަންޓޯސް

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނޭމާ ހޯދުމަށް ރަސްމީކޮށް ކުރަން ޖެހޭ މަސައްކަތް ސަންޓޯސް އިން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖެނުއަރީ 2025 | އަންގާރަ 04:35
އަލް ޙިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ

އަލް ޙިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ

ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ޖޫނިއާ، އޭނާގެ ކުރީގެ ކުލަބު ސަންޓޯސް އަށް ބަދަލުވާން ނިންމައިފި އެވެ.

އުމުރުން މިހާރު 32 އަހަރުގެ ނޭމާ، އޭނާގެ ސީނިއާ ކެރިއަރު ފެށީ ބްރެޒިލްގެ ސަންޓޯސް އިން 2009 ވަނަ އަހަރު އެވެ. އެ ކުލަބުގައި ހޭދަ ކުރި ހަތަރު އަހަރުގެ ތެރޭގައި ނޭމާ ވަނީ އެ ޓީމަށް ކުޅެދިން 225 މެޗުގައި 136 ލަނޑު ޖަހައިފަ އެވެ. އަދި ސަންޓޯސް އާއެކު ނޭމާ ވަނީ ހަ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެެވެ.

މިހާރު ނޭމާ ހުރީ ސައުދީ ލީގުގެ އަލް ޙިލާލްގަ އެވެ. އެ ކުލަބުން ނޭމާ ހޯދީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު ނޭމާ ސޮއި ކޮށްފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ އޯގަސްޓު މަހަށެވެ. އަލް ޙިލާލަށް ބަދަލުވީ ފަހުން ނޭމާ އަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެންވެ އެ ކުލަބުގައި ނޭމާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. މިހާތަނަށް އަލް ޙިލާލްގައި ނޭމާ ކުޅެފައި ވަނީ އެންމެ ހަތް މެޗެވެ. އެ ކުލަބުގައި ނޭމާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އަލް ޙިލާލް އިން މިހާރު ވަނީ ނޭމާގެ އެއްބަސްވުން އުވާލަން ނިންމައިފަ އެވެ.

ނޭމާ ވަނީ ސަންޓޯސް އަށް ބަދަލުވާން އެއްބަސްވެފައި ކަމަށާއި، އެ ކުލަބުގެ ހުށަހެޅުމަށް ނޭމާ ޤަބޫލު ވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނޭމާ ހޯދުމަށް ރަސްމީކޮށް ކުރަން ޖެހޭ މަސައްކަތް ސަންޓޯސް އިން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސަންޓޯސްގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު، 2013 ވަނަ އަހަރު ނޭމާ ބަދަލުވީ ސްޕެއިންގެ ބާސެލޯނާ އަށެވެ. އެ ކުލަބުގައި ވެސް ނޭމާ މޮޅު ކުޅުމެއް ދެއްކިއިރު، 2017 ވަނަ އަހަރު ނޭމާ ވަނީ ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވެފަ އެވެ. އެ އަހަރު ޕީއެސްޖީން ނޭމާ ހޯދީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭގެ ފަހުން ޕީއެސްޖީ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވުމުން ނޭމާ ދެން ބަދަލުވީ އަލް ޙިލާލް އަށެވެ.

އަލް ހިލާލްސަންޓޯސްނޭމާ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
02 ނޮވެމްބަރު 2024

އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު

02 ނޮވެމްބަރު 2024
އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު