Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބު ވޯލްޑް ކަޕް 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

އެމެރިކާގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ތަރައްޤީ ކުރުމަށް ޓްރަމްޕް ޚާއްސަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަ ކުރައްވައި އިންފަންޓީނޯ ވިދާޅުވީ، ޓްރަމްޕް އަކީ ފުޓުބޯޅަ އަށް ލޯބި ކުރާ ފަރާތެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2025 | އާދީއްތަ 04:28
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފީފާގެ ރައީސް އިންފަންޓީނޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފީފާގެ ރައީސް އިންފަންޓީނޯ

އެމެެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލް މެޗަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވާނެކަން އިއުލާން ކުރައްވައިފި އެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމް ނިއު ޖާޒީގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރާނީ އިނގިރޭސި ޗެލްސީ އާއި، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ.

މުބާރާތުގެ ފައިނަލްގެ ޖާގަ ޗެލްސީ އިން ހޯދީ ފުރަތަމަ ސެމީ ފައިނަލްގައި ފްލުމިނެންސޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެ ވަނަ ސެމީ ފައިނަލްގައި ޕީއެސްޖީ އިން ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީށް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ޗެލްސީ އާއި ޕީއެސްޖީ ބައްދަލު ކުރާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށެވެ. އެމެރިކާގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ތަރައްޤީ ކުރުމަށް ޓްރަމްޕް ޚާއްސަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަ ކުރައްވައި އިންފަންޓީނޯ ވިދާޅުވީ، ޓްރަމްޕް އަކީ ފުޓުބޯޅަ އަށް ލޯބި ކުރާ ފަރާތެއް ކަމަށެވެ.

ޔޫރަޕުގެ ގަދަ ދެ ބާރުގެ މެދުގައި ކުޅޭ ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގެންނެވުމަކީ، މުބާރާތައް ލިބިގެން ދާނެ އިތުރު ފުރިހަމަ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަ ކޮށްފައިވެ އެވެ. އަދި މުބާރާތުގެ މީޑިއާ ކަވަރޭޖަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން މުބާރާތުގެ ފައިނަލްގެ ކުރިން ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވީ، އެއީ މިހާތަނަށް ދުނިޔޭގައި ބާއްވާ ކުލަބު ފުޓުބޯޅައިގެ އެންމެ ކާމިޔާބު މުބާރާތް ކަމަށެވެ. މިއީ 32 ޓީމު ވާދަ ކުރާ ގޮތަށް ކުލަބު ވޯލްޑް ކަޕްގެ ފޯމެޓު ބަދަލު ކުރުމަށް ފަހު ބޭއްވި ފުރަތަމަ މުބާރާތެވެ.

އިންފަންޓީނޯ ވިދާޅުވީ ކުލަބު ފުޓުބޯޅައިގެ ރަން ޒަމާން ފެށިފައިވާ ކަމަށެވެ. އަދި ޔަގީނުން ވެސް މި ފަހަރުގެ ކުލަބު ވޯލްޑް ކަޕަކީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ސިފަ ކުރެވޭނެ ކަމުގައި އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ. ހަމަ އެހެންމެ މާލީ ގޮތުން އެ މުބާާރާތަކީ އެކަށީގެންވާ ކަމަކަށް ނުވާނެ ކަމަށް މީހުން ބުނަމުން ދިޔަ ނަމަވެސް، 63 މެޗުން ގާތް ގަނޑަކަށް 2.1 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވި އެވެ.

އެމެރިކާގައި މި ފަހަރުގެ ކުލަބު ވޯލްޑް ކަޕް ބާއްވާއިރު، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އޮންނާނީ ވެސް އެމެރިކާގަ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ އެކުވެގެންނެވެ.

ޕީއެސްޖީޗެލްސީފީފާ ކްލަބް ވޯލްޑް ކަޕް 2025އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
15 އޮކްޓޯބަރު 2025

ހަމާސް އިން ހަތިޔާރު ނުބަހައްޓައިފ ނަމަ، ގަދަ ބާރުން އެކަން ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

15 އޮކްޓޯބަރު 2025
ހަމާސް އިން ހަތިޔާރު ނުބަހައްޓައިފ ނަމަ، ގަދަ ބާރުން އެކަން ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 އޮކްޓޯބަރު 2025

ސުލްޙައިގެ ސަމިޓަށް ލީޑަރުން މިޞްރަށް، ނަތަންޔާހޫ ވެސް ވަޑައިގަންނަވާ

13 އޮކްޓޯބަރު 2025
ސުލްޙައިގެ ސަމިޓަށް ލީޑަރުން މިޞްރަށް، ނަތަންޔާހޫ ވެސް ވަޑައިގަންނަވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު