Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

އޭނާ ބުނީ، މިވަގުތު ތިބީ ވިސްނަމުން އަންނަ މަރުހަލާއެއްގައި ކަމަށާއި، ކަންކަން ކުރިއަށް ގެންދިޔުމަށް ވަގުތު ނަގާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 04:21
ޕީއެސްޖީގެ ގޯލު ކީޕަރު ޑޮންނަރުންމާ

ޕީއެސްޖީގެ ގޯލު ކީޕަރު ޑޮންނަރުންމާ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އިޓަލީގެ ގޯލު ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ވިސްނަމުންދާ ކަމަށް، އޭނާގެ އެޖެންޓު އެންޒޯ ރައިއޯލާ ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭސީ މިލާންގައި ހުރުމަށްފަހު އޭނާ ޕީއެސްޖީ އަށް ބަދަލުވީ، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ ދެ އަހަރު އޮތް ނަމަވެސް، ޑޮންނަރުންމާގެ މުސްތަޤުބަލާ ގުޅޭ ގޮތުން އެކި ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑޮންނަރުންމާގެ އެޖެންޓު ރައިއޯލާ ބުނީ، ޕީއެސްޖީގައި ޑޯންނަރުންމާގެ މުސްތަޤުބަލު އޮތް ގޮތެއް މި ވަގުތު ބުނަން ދަތި ކަމަށެވެ. އޭނާ ބުނީ، މިވަގުތު ތިބީ ވިސްނަމުން އަންނަ މަރުހަލާއެއްގައި ކަމަށާއި، ކަންކަން ކުރިއަށް ގެންދިޔުމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި މުސްތަޤުބަލުގައި ކޮންމެ ގޮތެއް ވެސް ވެދާނެކަން ފާހަގަކޮށް ރައިއޯލާ ބުނީ، އައު އެއްބަސްވުމެއްގެ ވާހަކަތަކަށް ވެސް ޑޮންނަރުންމާ ހުރީ ތައްޔާރަށް ކަމަށެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު، ޑޮންނަރުންމާ އަލުން އެނބުރި އިޓަލީ ލީގުގެ ކުލަބަކަށް ބަދަލުވެދާނެތޯ ސުވާލު ކުރުމުން ރައިއޯލާ ބުނީ، ފުޓުބޯޅައިގައި އެއްވެސް ކަމަކީ ނުވާނެ ކަމެއްގެ ގޮތުގައި ބުނެގެން ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެކަން ވެސް ފެނިގެން ދާނެ ކަމަށާއި، ނަމަވެސް މިވަގުތު ޑޮންނަރުންމާގެ ފޯކަސް އޮތީ ޕީއެސްޖީ އަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕީއެސްޖީ އަށް ބަދަލުވީ ފަހުން ޑޮންނަރުންމާ ވަނީ 130 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ފްރާންސް ލީގު ތިން ފަހަރު، ފްރާންސް ކަޕް އެއް ފަހަރު އަދި ޓްރޮފީ ޑީ ޗެމްޕިއަންސް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. ޑޮންނަރުންމާ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އިޓަލީ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ 70 މެޗުގައި އިޓަލީ ޤައުމީ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އިޓަލީ އާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގައި ޑޮންނަރުންމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޕީއެސްޖީޖިއަންލުއިޖީ ޑޮންނަރުއްމާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު: ޑޮންނަރުންމާ

ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު: ޑޮންނަރުންމާ

04 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު