Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

ނާސިރު އެލް ހެއްލާފީ ވިދާޅުވީ، ޕީއެސްޖީ އިން ޞަލާޙު އަށް ޝައުޤުވެރިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ ތަަކަކީ އެކަމުގައި އެއްވެސް ހަޤީގަތެއް ނުވަތަ ތެދެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2024 | ހޮނިހިރު 03:11
ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ

ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ

ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ހޯދުމަށް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޝައުޤުވެރިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އެ ކުލަބުގެ ރައީސް ނާސިރު އެލް ހެއްލާފީ ދޮގު ކުރައްވައިިފި އެވެ.

ލިވަޕޫލާ އެކު ޞަލާޙު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާތަނަށް ލިވަޕޫލް އިން ޞަލާޙު އާއެކު އައު އެއްބަސްވުމެއްގެ ވާހަކަ ދައްކާފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން މިވަގުތު އެންމެ ގާތީ ލިވަޕޫލް ދޫކޮށްލުން ކަމަށް ވެސް ޞަލާޙު ވަނީ ބުނެފަ އެވެ.

މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޞަލާޙު ހޯދުމަށް ޝައުޤުވެރިކަން ފާޅު ކުރަމުން އަންނަ ކުލަބުތަކުގެ ތެރޭގައި ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ ވެސް ހިމެނެ އެވެ. އެހެންކަމުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމާ ނަމަ، އޭނާ ހޯދުމަށް ޕީއެސްޖީން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނާސިރު އެލް ހެއްލާފީ ވިދާޅުވީ، ޕީއެސްޖީ އިން ޞަލާޙު އަށް ޝައުޤުވެރިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ ތަަކަކީ އެކަމުގައި އެއްވެސް ހަޤީގަތެއް ނުވަތަ ތެދެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ. ޞަލާޙު އަކީ ވަރަށް މޮޅު އަދި އެހާމެ ހުނަރުވެރި ކުޅުންތެރިޔެއްކަން ފާހަގަ ކުރަމުން ނާސިރު އެލް ހެއްލާފީ ވިދާޅުވީ، ތެދުތެދަށް ބުނާ ނަމަ ޕީއެސްޖީގެ ވިސްނުން ޞަލާޙު އަކަށް ނެތް ކަމަށެވެ. ޚާއްސަކޮށް ޞަލާޙު އަކީ ކޮންމެ ކުލަބަކުން ވެސް ބޭނުންވާނެ ފަދަ ކުޅުންތެރިޔެއް ކަމަށާއި، ނަމަވެސް ޕީއެސްޖީއާ ގުޅުވައިގެން ދެކެވެމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ލިވަޕޫލާ އެކު ހާދަކޮށްފައިވާ އަށް ސީޒަންގެ ތެރޭގައި ޞަލާޙު ވަނީ އެ ކުލަބަށް ކުޅެދިން 370 މެޗުގައި 226 ލަނޑު ޖަހައިފަ އެެވެ. ލިވަޕޫލާ އެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ. މިވަގުތު ލިވަޕޫލްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު ދައުރެއް އަދާ އެއް ކުޅުންތެރިޔަކީ ވެސް ޞަލާޙު އެވެ.

ޕީއެސްޖީމުހައްމަދު ސަލާހުނާސިރު އެލް-ހެއްލާފީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

11 ނޮވެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ބާންލީ އަތުން ފަހު ވަގުތު ލިވަޕޫލް މޮޅު ކޮށްދިނީ ޞަލާޙު

ބާންލީ އަތުން ފަހު ވަގުތު ލިވަޕޫލް މޮޅު ކޮށްދިނީ ޞަލާޙު

15 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު