Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުން

އޭއެފްސީ ކަޕުގެ މެޗެއް ގަމު ޒޯން ސްޓޭޑިއަމުގައި ކުޅެން މަސައްކަތްކުރަނީ

ގަމު ޒޯން ސްޓޭޑިއަމްގައި މެޗެއް ކުޅެން މިހާރު ވަނީ ހުށަހަޅާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 މާރިޗު 2021 | އަންގާރަ 10:09
ލ. ގަން ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމަށްފަހު

ލ. ގަން ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމަށްފަހު

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕް ސްޓޭޖުގެ މެޗެއް ލ. ގަން ޒޯން ސްޓޭޑިއަމުގައި ކުޅެން މަސައްކަތްކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު އެފްއޭއެމުން ވަނީ ރާއްޖޭގެ ޓީމުތައް ވާދަކުރާ އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑް ކާމިޔާބުކޮށް، މެޗުތައް ރާއްޖޭގައި ކުޅުމުގެ ފުރުސަތު ހޯދާފައެވެ. މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. އޭއެފްސީ ކަޕުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރިއިރު، އިންޑިއާއިންވެސް ވަނީ މި މުބާރާތް ބާއްވަން ބިޑްކޮށްފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭއިރު، އެހެން ދަނޑެއްގައި އެއް މެޗު ކުޅެން ޖެހޭތީ ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން އޭއެފްސީ ކަޕުގެ މެޗެއް ގަމު ޒޯން ސްޓޭޑިއަމުގައި ކުޅެން މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ފައިނަލްކުރާނީ އޭއެފްސީން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭއެފްސީ ކަޕުގެ މެޗެއް ގަމު ޒޯން ސްޓޭޑިއަމުގައި ކުޅެން މަސައްކަތްކުރަމުން އަންނައިރު، އެފްއޭއެމުގެ ޓީމަކާއި ކުޅިވަރާ ބެހޭ ވުޒާރާގެ ޓީމެއް އަންނަނީ ގަމުގައި ހަރަކާތްތެރިވަމުންނެވެ. އަދި ގަމު ޒޯން ސްޓޭޑިއަމް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްކުރަމުން އަންނައިރު، އެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމައި، އެ ދަނޑު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ ދަނޑު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ އޭއެފްސީ ކަޕުގެ މެޗުތައް ކުޅެވޭ ފެންވަރަށް ގަމު ޒޯން ސްޓޭޑިއަމް ތަރައްގީކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅޭއިރު، ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ކޮލިފައިންގ ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި އީގަލްސްއެވެ. އެގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މާލޭގައެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވާއިރު، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ކޮލިފައިންގ މެޗުތައް ކުރިއަށްދާނީ އެއް ލެގަށެވެ. އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމިއެވެ. އެއާއެކު ދެކުނު އޭޝިއާ ގްރޫޕުގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅުމަށް ނިންމި ނަމަވެސް، ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.

އޭއެފްސީ ކަޕް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް
25 އޮކްޓޯބަރު 2023

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން
24 އޮކްޓޯބަރު 2023

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ
24 އޮކްޓޯބަރު 2023

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
03 އޮކްޓޯބަރު 2023

މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު

03 އޮކްޓޯބަރު 2023
މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު
03 އޮކްޓޯބަރު 2023

މާލޭގައި މޯހަން ބަގާން ބަލިކުރާނަން: މާޒިޔާ ކޯޗު

03 އޮކްޓޯބަރު 2023
މާލޭގައި މޯހަން ބަގާން ބަލިކުރާނަން: މާޒިޔާ ކޯޗު
02 އޮކްޓޯބަރު 2023

އިތުރު ވަގުތުގެ ލަނޑުން މޯހަން ބަގާން އަތުން މާޒިޔާ ބަލިވެއްޖެ

02 އޮކްޓޯބަރު 2023
އިތުރު ވަގުތުގެ ލަނޑުން މޯހަން ބަގާން އަތުން މާޒިޔާ ބަލިވެއްޖެ
19 ސެޕްޓެމްބަރު 2023

ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި

19 ސެޕްޓެމްބަރު 2023
ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި
19 ސެޕްޓެމްބަރު 2023

މާޒިޔާ އޮތީ މޮޅުވާން ބޭނުންވެފައި: ބަޝުންދުރަ ކޯޗު

19 ސެޕްޓެމްބަރު 2023
މާޒިޔާ އޮތީ މޮޅުވާން ބޭނުންވެފައި: ބަޝުންދުރަ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު