Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަލީހުގެ ސިޔާސީ ހަރަކާތްތައް

މަގޭ ރިޕޯޓް: ރާއްޖޭގެ ޓްރަމްޕް ވެސް އަޒުލުކުރެވިއްޖެ! ދެންވާނީ ކިހިނެއްބާ؟

3 މާރިޗު 2021 | ބުދަ 02:22

މިނިސްޓަރުކަމުގައި ހުންނަވައިގެން ވެސް އަދި މަގާމުން ވަކިކުރުމަށް ފަހުވެސް ޓްރަމްޕް ފަދައިން އަސާސެއް ނެތް ޓުވީޓްތަކެއް މަލީހު ވަނީ ކުރައްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 3 މާރިޗު 2021 | ބުދަ 02:22
މަލީހާއި ޓްރަމްޕް

މަލީހާއި ޓްރަމްޕް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ދާދި މިދާކަށް ދުވަހާ ޖެހެންދެން ހުންނެވި މުޙައްމަދު މަލީހު ޖަމާލު ރާއްޖޭގެ ޓްރަމްޕަށް ވަނީކަމަށް އަޅުގަނޑު ދެންނެވީ އިހަކަށް ދުވަހުއެވެ. އޭރު އަޅުގަނޑު ދެންނެވި ފަދައިން މި ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ނާކާމިޔާބީގެ ފަހަތުގައި ހުންނެވި މަލީހު މިކަމުގައި އަމިއްލަފުޅު ޒިންމާއިން ރެކިވަޑައިގަތުމަށް ކުޅެވެން ހުރި ހުރިހާ ކާޑެއް ކުޅުއްވިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައެވެ. މި އުކުޅުތައް ބޭނުން ކުރެއްވުމުގައި އެހީވި މީހެއް، ހަތުރެއް މިތުރެއް ބެއްލެވުމެއް ނެތި ކުރައްވާ މަސައްކަތްތަކުން ހަނދާނަށް އަންނަނީ ދާދި ފަހަކުން އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވެރިކަމުން ފައިބައިވަޑައިގަތުމަށް މަޖުބޫރު ވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ކަމަށް އަޅުގަނޑު ދެންނެވީމެވެ. އެމަނިކުފާނު ވެސް ބާރުގައި ދެމިހުންނެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވިއެވެ. އިންތިޚާބުގައި ނާކާމިޔާބުވުމުން ނަތީޖާ ޤަބޫލުނުކުރައްވަން ވޯޓުގެ މައްސަލަތަކާއި، އެމަނިކުފާނު ވެސް ވެރިކަމުގެ ފުރަތަމަ ދައުރަށް ހޮވިވަޑައިގެންނެވި އިލެކްޓޯރަލް ކޮލެޖް ވޯޓާމެދު ސުވާލު އުފެއްދެވިއެވެ.

ކޮންމެއަކަސް ޓްރަމްޕަށް ދިމާވި ނާކާމިޔާބީ ފަދައިން، މިނިސްޓަރުކަމުން ދާދިފަހުން ދުރުކުރެވުނު މަލީހަށް ވެސް މިއަދު ކުރިމަތިވެފައިވަނީ މިފަދަ ހާލަތެކެވެ. އެންމެ ފަހު ވަގުތު ވެސް މަސައްކަތްކުރެއްވީ އަމިއްލަފުޅު ޒިންމާއެއް ނެތްކަމަށް ދައްކަވާ ސަރުކާރަކީ ނާޤާބިލު ސަރުކާރެއް ކަމަށް ދައްކަވާށެވެ. ގައުމު ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއްބާރު ހިންގާ މާލަމަށް ވަޑައިގެން އިސްކުރެއްވީ ޖަދަލުކުރެއްވުމާއި މި ދެންނެވި ބާުރުގެ އެންމެ އިސްވެރިއަކަށް އިންނެވި މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރުންނަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރެއްވުމަށެވެ.

މިވަރަކުން ނިމުނީއެއް ނޫނެވެ. އަމިއްލަފުޅު ޒިންމާއިން ރެކި ވަޑައިގަތުމައްޓަކައި އެމަނިކުފާނުގެ ކުރިން ވުޖޫދުގައި ވެސް ނެތް މިނިސްޓްރީއެއްގައި، އެ މަނިކުފާނާ ހަވާލުވި މަސައްކަތް ނުކުރެވި އޮއްވައި ޖަވާބުދާރީ ނުކުރެވުނީ ކީއްވެތޯ ސުވާލުކޮށް ވަގުތާ ނުގުޅޭ އެތައް ވާހަކަތަކެއް ދައްކަވާ މަރަށް ތެޅޭ މަހެއްހެން ފަހު ވަގުތު ވެސް ކަނޑަށް ފުންމާލައި، މިނިވަން ވުމަށް އުޅޭ ފަދައިން އެވަގުތު ވެސް މަސައްކަތްކުރެއްވީ ގަދަރުވެރި އަދި އެމަނިކުފާނު އެހާ ޝާހީކޮށް ޒީނަތްތެރިކުރެއްވި ކޮޓަރިކޮޅާއި ގޮނޑިކޮޅަށް ވަޑައިގެންނެވޭތޯއެވެ. މިކަން މިހެން ކުރެވެން އޮތްކަމަށް، ވެރިކަން ކުރާ އެމްޑީޕީއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މިކަން މިހެން ވުމަށް ބޭނުންވަނީ މަލީހާ ހަވާލުކުރި ޒިންމާ އަދާކުރައްވާނެކަމުގެ ޔަގީންކަމަކާއި އެކަމަށް ބޭނުންވާ އަޒުމުކަމަށް މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ ޕާލިމެންޓްރި ގްރޫޕްގެ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވިއެވެ. އެހެނެއްކަމަކު، މަލީހު މިގޮތަށް މިކަން ވާކަށް ބޭނުންފުޅެއް ނުވިއެވެ.

މިހާރު އުފެދޭ ސުވާލަކީ، ރާއްޖޭގެ ޓްރަމްޕް މަގާމުން ވަކިކުރެއްވުމަށްފަހު ދެން ކުރައްވާނީ ކޮންކަމެއްތޯ ކުރެވޭ ސުވާލެވެ.

މިކަމުގައިވެސް ޓްރަމްޕާއި މަލީހުގެ އެއްގޮތްކަން ފެނިގެން ދިޔައެވެ. ޓްރަމްޕް ވެސް ރަސްމީ ބާރުތައް އެންމެ ފަހު ވަގުތު ބޭނުންކުރެވެން އޮތްގޮތަކަށް ބޭނުންކުރައްވައި ގެއަށް ވަޑައިގެންނެވި ފަދައިން، މަލީހު ވެސް ޓްވިޓަރ ބޭނުންކުރައްވައިގެން ވަޒީރުކަމުގައި ވިދާޅުނުވެވި ހުރި ހުރިހާ ވާހަކަތަކެއް ދައްކަވައި ޚިޔާލު ފާޅުކުރުމުގެ ކަންކަން ރަސްމީކޮށް ފެއްޓެވިއެވެ. މަޖިލީހުގައި ހަގީގަތާ ޚިލާފު ވާހަަކައެއް މަލީހު ދެއްކެވިތޯ ބަަލަން މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމެޓީއަށް ފޮނުވުމުން މިކަމުން ރެކިވަޑައިގަތުމަށް ވެސް ހަމަ ކުރެއްވީ ޓުވީޓެކެވެ. މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާއާ ޚިލާފުވެފައި ކަމަށެވެ. އެ މާއްދާގައި ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެހެން މީހަކު ދައްކާ ވާހަކައަކާ ގުޅިގެން ނޫނީ ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގައެވެ. މި ކަމާ ގުޅިގެން ރައީސް ނަޝީދާ ދެކޮޅަށް އަޅުއްވާނެ ފިޔަވަޅެއް ވީހާ ވެސް އަވަހަކަށް މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ގޮތުގައި ތިއްބެވި މަަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި، މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ނިންމެވުމަށް މަލީހް ގޮވާލައްވާފައިވެއެވެ.

އަދި މި ނިމުނީކީއެއް ނޫނެވެ. ކޮންމެ އައު ސަރުކާރެއްގެ ކޮމްބޯ ޕެކޭޖްގައި ހިމެނިވަޑައިގަންނަވާ މަލީހް މިހާރު އަމާޒު ހިއްޕަވާފައިފައި މިވަނީ "ފިޔާތޮށި" ކްލަސްޓާއާ ގުޅިވަޑައިގަންނަވާށެވެ. މިވެރިންނާ ގުޅިގެން ވެސް ވެރިކަމުގެ ބާރުވެރިކަން އަނެއްކާވެސް ހޯއްދެވުމުގެ ބޭނުމުގައެވެ. މި މަސައްކަތް ފަށާފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެގޮތުން އަމިއްލަފުޅު ވަޒީރުކަމުގެ ދައުރުގައި ކުރެއްވި ހަމައެކަނި މަސައްކަތްކަމުގައިވާ އަމިއްލަ ކޮޓަރިކޮޅު ޒީނަތްތެރިކުރެއްވުމަށްފަހު، ދައުލަތުން ފޯރުކޮށްދީފައިވާ ކާރުގައި މަލީހު ސަރުކާރާ އިދިކޮޅު ހަރަކާތްތައް ހިންގާ ހަރަކާތްތައް ރޭވުމުގައި އުޅުއްވިކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެގޮތުން މަލީހުގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރުން ވަނީ މިކަމާ ގުޅެގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލާއެކު ސިޔާސީ ހަރަކާތްތައް ހިންގެވުމަށް މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރެއްވިއެވެ.

ކޮންމެއަކަސް، މިއަދުގެ ޙަޤީޤަތަކީ މިއަދު މަލީހު މިވަނީ ސަރުކާރުގެ ވަޒީރުކަމުން ދުރުކުރެވިފައިކަމެވެ. މަޤާމުން ވަކިކުރެވުނު އިރު އެ ޕާޓީއެއްގެ ސްލޮޓްގައި ވަޒީރުކަމަށް ވަޑައިގެންނެވި ޖުމްހޫރޫ ޕާޓީގެ ވެސް މާބޮޑު އެއްބާރުލުމެއް އެމަނިކުފާނަށް ލިބިގެން ދިޔަތަނެއް ފެނިގެން ނުދިޔައެވެ. މިއާއެކު ދެން އެންމެ ގާތީ ކުރިން ދެންނެވި "ފިޔާތޮށި" ކްލަސްޓާއާ ގުޅިވަޑައިގެން "މަގޭ ފްލެޓް" ކޮބާހޭ ކިޔާ ކޮންމެ ހުކުރު ދުވަހަކު މަގުމައްޗަށް ނިކުމެ ވަޑައިގަތުމެވެ. އެހެނަސް، ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިއަދު މަލީހު ޖައްސަވާ ބެރަށް ނަށާނެ ރައްޔިތެއް މިއަދަކު ނުހުންނާނެކަމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
03 ޖޫން 2017

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!
25 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"
21 މެއި 2017

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް