Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

ސައުދީއަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 12:28
ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް "ކޮލަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު" އަރުވަނީ

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް "ކޮލަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު" އަރުވަނީ

އާދީއްތަ ދުވަސް ފެށިގެން އައިއިރު، އިސްލާމީ ދުނިޔޭގައި އެންމެ ބޮޑު އެއް ވާހަކައަށް ވެފައި އޮތީ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް މެޑެއްޔެއް އެރުވި ވާހަކައެވެ.

އިސްލާމީ ޤައުމުތަކާއި، ޖުމްލަކޮށް މުސްލިމުންނާއި ދެކޮޅަށް "ހޭޓް ސްޕީޗް" ދެއްވައިގެން ވެރިކަމަށް ވަޑައިގެން، އަދިވެސް މުސްލިމު ޤައުމުތަކާއިމެދު ގިނަ ތަފާތުކުރުންތަކެއް ގެންގުޅުއްވާ ޓްރަމްޕްގެ ވެރިކަމުގައި ޤައުމުން ބޭރަށް ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންފައި އެވަނީ، މި ޒަމާނުގެ އިސްލާމީ ދުނިޔޭގެ ލީޑަރުގެ ގޮތުގައި ބައެއް މުސްލިމުން ޤަބޫލުކުރާ ސައުދީ އަރަބިއާއަށެވެ. ޓްރަމްޕް މިހާތަނަށް މުސްލިމުންނާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ފަރުވާލެއް ނެތި، ސައުދީން ވަނީ ޓްރަމްޕަށް ހޫނު މަރުހަބާއެއް ކިޔައި، އެމެރިކާއާއެކު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތައް ވެފައެވެ. ދެން ފާހަގަވީ ރައީސް ޓްރަމްޕަށް އެރުވި އެ މެޑެއްޔެވެ.

ރައީސް ޓްރަމްޕަށް އެރުވި މެޑައްޔަކީ "ކޮލަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު" ނުވަތަ "ނިޝާން އަބްދުލްއަޒީޒު އަލް ސައުދުގެ ޢިއްޒަތުގެ ވެރިކަން" ގެ ޝަރަފެވެ. "އޯޑަރ/ކޮލަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު" އަކީ ސައުދީ އަރަބިއްޔާގައި ދެވޭ އެންމެ މަތީ ޝަރަފެވެ. ރާއްޖޭގައި މިގޮތަށް ދެވޭ އެންމެ މަތީ ޝަރަފަކީ، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން (ނ.ޣ.ޢ.ވ) ގެ ޝަރަފެވެ.

"ޗެއިން އޮފް ބަދްރް" ގެ ނަމުގައި މި ޝަރަފު އިނގެރޭސި ރާނީ ފަދަ ބައެއް ފަރާތްތަކަށް ކުރިން ދީފައި ވީނަމަވެސް، "އޯޑަރ އޮފް ކިންގް އަބްދުލްއަޒީޒް" ގެ ނަމުގައި މި ޝަރަފު ރަސްމީކޮށް ތަޢާރުފުކޮށްފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހު ސައުދީގެ އޭރުގެ ރަސްގެފާނު ފައިސަލް ބިން ޢަބްދުލްއަޒީޒް އަލް ސައުދެވެ. މި ޝަރަފަކީ 5 ދަރަޖައަކަށް ބެހިފައިވާ ޝަރަފެކެވެ. މީގެ ތެރޭގައި އެންމެ މަތީ ދަރަޖައަށް ދެ ނަމެއް ކިޔައެވެ. އެގޮތުން މީގައި ހިމެނެނީ، "އޯޑަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު" އާއި، ރައީސް ޓްރަމްޕަށް އެރުވި "ކޮލަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު" ގެ ޝަރަފެވެ. މި "ކޮލަރ އޮފް އަބްދުލްއަޒީޒް އަލް ސައުދު" ގެ ޝަރަފަކީ މުސްލިމު ނޫން ދައުލަތްތަކުގެ ވެރިންނަށް ސައުދީން އަރުވާ އެންމެ މަތީ ފެންވަރުގެ ޝަރަފެވެ. މި ޝަރަފު ރައީސް ޓްރަމްޕް ފިޔަވައި ދެން އަރުވާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް ޙުސައިން އޮބާމާ އަށެވެ.

މި ޝަރަފުގެ އެހެން ދަރަޖަތައް އަރުވާފައިވާ ފަރާތްތަކުގެ ތެރޭގައި، ފްރާންސްގެ ކުރީގެ ރައީސް ފްރާންސުއާ އޮލާން އާއި މިޞްރުގެ ރައީސް ފީލްޑް މާޝަލް އަބްދުލް ފައްތާހު އަލް ސައީދް ޙުސައިން ޚަލީލް އަލް ސީސީ އާއި ޗައިނާގެ ރައީސް ޝީ ޖިންގޕިން ހިމެނެއެވެ.

ރައީސް ޓްރަމްޕަށް ޝަރަފު އެރުވުމަށްފަހު ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ޓްރަމްޕް ކަނޑި ހިއްޕަވައިގެން ސައުދީންގެ ސަގާފީ ނެށުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

މުސްލިމުންނާއި ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކައި، އެމެރިކާ އަކީ މުސްލިމުން ދިރިއުޅެން ބިރުވެރި ތަނަކަށް ހެދި ފަރާތްކަމަށް މުސްލިމު ދުނިޔޭގެ ގިނަ ބަޔަކު ޤަބޫލުކުރާ ޑޮނާލްޑް ޓްރަމްޕަށް ސައުދީ އަރަބިއާއިން މިފަދަ ޝަރަފެއް އެރުވުމުން، ސައުދީ އަރަބިއާއަށާއި، ސައުދީ ރަސްގެފާނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސިޔާސީ އަދި އިޤުތިޞަދީ އެނަލިސްޓުން ޤަބޫލުކުރާ ގޮތުގައި ޓްރަމްޕަށް މި ޝަރަފު އެރުވުމަކީ ސައުދީން ހަމައެކަނި މާއްދިއްޔަތަށްޓަކައި، ކަންދެއްކުމުގެ ގޮތުން ކުރި ކަމެކެވެ. އެހެނީ ޓްރަމްޕަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ސައުދީއާއި، އަދި އަރަބި އެހެން ޤައުމުތަކާއިއެކު އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ ގާތް ގުޅުމެއް ބޭއްވި ފަރާތެކެވެ. އަދި ހަމަ މިއާއިއެކު ޓްރަމްޕް ސައުދީއަށް ކުރި ދަތުރާއި އެކު، އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ވިޔަފާރި ސައުދީއަށްވެ، އެ ޤައުމުގެ އަސްކަރިއްޔާގެ ބާރު ގަދަ ކުރުމަށްވެސް ވަނީ މަގުތަކެއް ހުޅުވިގެން ގޮސްފައެވެ.

މީގެ އިތުރުންވެސް، ދުނިޔޭގެ ކުރިމަތީގައި ސައުދީ އަރަބިއާ ފާހަގަކުރެވިގެން ގޮސްފައިވަނީ އެމެރިކާގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ، އެމެރިކާގެ ގޮނޑިކޮއްކޮ ޤައުމެއްގެ ގޮތުގައެވެ. މުސްލިމު ދުނިޔޭގެ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއަދު މުސްލިމު ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ދަތިތަކުގެ މައިގަނޑު ސަބަބަކީވެސް ސައުދީ އާއި އެމެރިކާގެ ގާތް ގުޅުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު