Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުނީތާ ޖީކިޔުގައި

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

ޕްރިޔާންކާ އާއި ބައްދަލުކޮށް ހުވަފެންވަނީ ހަގީގަތަކަށް ހަދާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 3 މާރިޗު 2017 | ހުކުރު 12:55
ސުނީތާ އަލީ އާއި ޕްރިޔަންކާ ޗޯޕްޅާ

ސުނީތާ އަލީ އާއި ޕްރިޔަންކާ ޗޯޕްޅާ

ދިވެހިންގެ މެދުގައި ކުޅަދާނަ ނެށުންތެރިއްގެ ގޮތުގައި މަޝްހޫރު ވެގެން ދިޔަ ސުނީތާ އަލީގެ އަޑު މިހާރު މިވަނީ މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައެވެ.

ސުނީ އަށް ތަފާތު ފާޑުކިޔުންތަކާއި މަލާމާތްތައް ލިބެމުންދިޔަ ނަމަވެސް އެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި އޭނާގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށްގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ސުނީއަށް އަންނަނީ ކާމިޔާބީތައް ލިބެމުންނެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޕްރިޔާންކާ ޗޯޕްޅާގެ ފޭނެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ސުނީ ހޯދި އެންމެ ބޮޑު އެއް ކާމީބީއަކީ 2015 ވަނަ އަހަރު ޕްރިޔާންކާއާ ބައްދަލުކޮށް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމެވެ.

މީގެ އިތުރުން މިހާރު މިވަނީ " ރާއްޖޭގެ ޕްރިޔާންކާ" ގެ ގޮތުގައި ބައިންލްއަގްވާމީ މަޝްހޫރު މަޖައްލާއެއްގައި ސުނީގެ އިންޓަވިއުއެއް ވެސް ޝާއިޢު ކުރެވިގެން ގޮސްފައެވެ.

ސެލެބްރިޓީންގެ ވާހަކަތައް ގެނެސްދޭ ޖީކިޔު މަޖައްލާގައި ސުނީގެ ޚާއްސަ އިންޓަވިއު ހުކުރު ދުވަހު ބެލުންތެރިންނަށް ފެނިގެންދާއިރު އެކަމަށް ކެތްމަދު ވެފައިހުރި ސުނީ ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން ބުނީ އެކަމާ ވަރަށް އުފާވާ ކަމަށާއި އެހިސާބަށް އޭނާގެ ހަޔާތުގައި ދުވަހަކު ވެސް ދެވިދާނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ސުނީ ބުންޏެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޕްރިޔާންކާ ޗޯޕްޅާގެ "ހިޔަނީ" ގައި މަޝްހޫރުކަން ހޯދަމުންދާ ކަމަށް ބުނެ މީހުން އޭނާއަށް ފާޑުކިޔައި "ސްނިޔާންކާ" އޭ ގޮވަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުނީ ބުނީ އެއީ އޭނާއަށް އާކަމެއް ނޫން ކަމަށެވެ.

"އަހަންނަކީ މީހަކު ދައްކާހާ ވާހަކައެއް އަޑުއަހައިގެން އުޅޭ މީހެއް ނޫން. އެމީހަކަށް އެނގޭނީ އެމީހަކު އުޅޭނެ ރަނގަޅު ގޮތެއް. އެކަމާ އެއްވެސް ވަރަކަށް ނުވިސްނަން" ސުނީ ބުނޏެވެ.

މީހަކު ރަނގަޅަށް ކަމެއް ކުރަން އުޅެންޏާއި އެކަމާ ފާޑު ކިޔާނެ ވަރަށް ގިނަ މީހުން ތިބޭނެ ކަމަށް ވެސް ސުނީ ބުންޏެވެ. އަދި ޕްރިޔާންކާގެ ޓީމުން ވެސް އެވާހަކަ ޓްވީޓް ކޮށްފައި ވުމުން ވަރަށް އުފާވާ ކަމަށް ސުނީ ބުންޏެވެ.

ސުނީގެ އިންޓަވިއު ޖީކިޔު އިން ނަގާފައި ވަނީ ސުނީއާ އެކު އެކި ރަށްރަށަށް ދަތުރުކޮށް ސުނީގެ ބައެއް ޝޯތައް ބަލައިގެންނެވެ. މީގެ އިތުރުން ޖީކިޔުއިން ވަނީ ސުނީގެ ހާއްސަ ފޮޓޯ ޝޫޓެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ސުނީއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމުގެ ޝުރުޚީ ވެސް ޖީކިޔޫ މަޖައްލާގެ ބޭރުގަނޑަށް ވަނީ އަރާފައެވެ. މަޖައްލާގެ މި އަދަދުގެ ބޭރުގަނޑުގެ ކަވާ ފޮޓޯއަކަށް ޖަހާފައި ވަނީ ހޮލީވޫޑްގެ އެންމެ ރީތި އެއް އެކްޓަރު ކަމަށްވާ ރިޔަން ގޯސްލިންއެވެ. އޭގެ ކޮޕީއެއް އެ މަޖައްލާ އިން ސުނީ އަށް ފޮނުވާފައިވާ ކަމަށް ސުނީ ބުންޏެވެ. ނަމަވެސް މެގަޒިންގައި ލިޔެފައިވާ އެއްޗެއް އެނގޭނީ މެގަޒިން ފެނުނީމާ ކަމަށް ސުނީ ބުންޏެވެ.

ސުނީތާ ބުނި ގޮތުގައި އެފުރުސަތަކީ ރައްޓެއްސެއްގެ ފަރާތުން ލިބުނު ފުރުސަތެއް ކަމަށާއި ޖީކިޔު މެގަޒިންގެ ޓީމުން އެ އިންޓަވިއުގެ ވާހަކަ ފުރަތަމަ ދެއްކިއިރު އެކަން އޭނާ އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ. ނަމަވެސް މިއަދު އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ފެނުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ އޭނާގެ ހަޔާތުގައި ވެސް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެކަމާ އޭނާ ފަހުރުވެރިވާ ކަމަށް ސުނީ ބުންޏެވެ.

މިކަމުގެ ސަބަބުން ރާއްޖޭ ޕްރޮމޯޓްވެ، ރާއްޖޭގެ ނަން ނަން ބޭރު ގައުމުތަކަށް ފެތުރިގެންދާނެ ކަމެއް ކަމަށް ސުނީ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު