Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލޫކަސް ޖަލީލް

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ހައްޔަރުކުރީ ޤާނޫނު އަސާސީގައި އޮތް ވާހަކައެއް ޓްވީޓް ކުރުމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 12 މާރިޗު 2017 | އާދީއްތަ 16:20
ލޫކަސް ޖަލީލްގެ ނަމުން މަޝްހޫރު ވެފައިވާ ޝަމްއޫން

ލޫކަސް ޖަލީލްގެ ނަމުން މަޝްހޫރު ވެފައިވާ ޝަމްއޫން

ޝަމްޢޫން ޖަލީލަކީ އާ ނަމަކަށް ވެދާނެއެވެ. ނަމަވެސް މި ކުޑަކުޑަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދިބޮޑު އެންމެހާ ރައްޔިތުންނަށްވެސް މިއަދު ލޫކަސް ޖަލީލަކީ އާ ނަމަކަށް ނުވާނެއެވެ.

ބ. ކުޑަރިކިލުގެ ކުރީގެ ކުޑަކަތީބު މުޙައްމަދު ޖަލީލްގެ ހަގު ފިރިހެންދަރި، ޝަމްޢޫނު ފުރަތަމަވެސް މަޝްޙޫރުވެގެން ދިޔައީ ލޫކަސް ޖަލީލްގެ ނަމުން، ސޯޝަލް މީޑިއާގައެވެ. އޭރު އޭނާގެ އަސްލު ނަން ދަންނަ މީހަކުވެސް މަދެވެ.

ލޫކަސް ފާހަގަކުރެވިގެންދިޔައީ، ސިޔާސީ ގޮތުން ޙައްޤު ބަސްބުނުމުގައި ފަސްނުޖެހޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން އޭގެ އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރަމުންދިޔަ ޒުވާނެއްގެ ގޮތުގައެވެ. ދެން ފާހަގަވީ ދިވެހި އަދަބިއްޔާތާއި، ދިވެހި ޤައުމިއްޔާތަށް ލޯބިކުރާ ޒުވާނެއްގެ ގޮތުގައެވެ. ފަހުގެ ތާރީޚުގައި ޒުވާނުންގެ ތެރެއިން ނުފެންނަ ފަދަ ކުޅަދާނަ ލިޔުންތެރިއެއްގެ ގޮތުގައެވެ. ސަންޕާފުޅުގެ ދުނިޔެއަކީ އޭގެ ލާމަސީލު މިސާލެކެވެ. ފަހަރުގައި މި ކަންކަމަކީ، ބައްޕަގެ ކުޑަކަތީބު ކަމުން ވާރުތަވި ސިޔާސީ ފިކުރިއްޔާތާއި، މުނިކާފަގެ ރާވެރިކަމުން ވާރުތަވި ދިވެހި ވަންތަކަމުން އުފެދުނު ސިޔާސީ ވިސްނުމާއި، ދިވެހިވަންތަ ރޫޙު ކަމުގައި ވުމީ އެކަށީގެންވާ ކަމެކެވެ.

ސޯޝަލް މީޑިއާގައި ރަސްކަން ކުރަމުންދިޔަ ލޫކަސް، މީޑިއާގެ ފަލަސުރުޚީތަކަށް އެރީ، 2016 ވަނަ އަހަރުގެ ޖުލައިމަހުގެ 29 ވަނަ ދުވަހުގެރޭ ކުއްލި ގޮތަކަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެންނެވެ. ފުލުހުން އޭރު ބުނި ގޮތުގައި ލޫކަސް ހައްޔަރުކުރީ، އެހެން ބަޔަކާ ގުޅިގެން، ދިވެހި ފުލުހުންނާއި ސިފައިންނާ ދެމެދު ރުޅިވެރިކަން އުފައްދަން މަސައްކަތް ކޮށް ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރި މައްސަލައިގެ ތުހުމަތުގައެވެ.

އޭރުގެ ސިޔާސީ މަސްރަޙު އޮތް ގޮތާއި، އެދުވަސްވަރު ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު، ރަސްމީ ބަސް ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ޤަބޫލުކުރެވޭ ގޮތުގައި ލޫކަސްގެ ކުށަކަށް އޭރު ވެފައި އޮތީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 245ވަނަ މާއްދާގެ ދިފާޢުގައި ވާހަކަދެއްކުމެވެ. އެކި ފަހަރުމަތިން އެ މައްދާގެ ވާހަކަ ޓްވީޓް ކުރުމެވެ. އެ ކުށުގައި އޭނާ ސާޅީހަށްވުރެ ގިނަ ދުވަހު ހުރަގޭގައި ބޭއްވިއެވެ.

މި ދެންނެވުނު މާއްދާ އަކީ، ސަލާމަތީ ބާރުތަކަށް ގައިރު ޤާނޫނީ އަމުރު ނުކުރުމަށާއި، އެފަދަ އަމުރަށް ތަބާ ނުވުމަށް ބުނާ މާއްދާއެވެ.

އޭގެ ފަހުން ލޫކަސްގެ ވާހަކަ މަދުމަދުން މީޑިއާގައި ދެކެވެމުން ދިޔަ ނަމަވެސް، ފަލަ ސުރުޚީތަކުން އޭނާ އަނެއްކާވެސް ޖާގަ ހޯދީ މިހާރު ފެންމަތިވެގެން އުޅޭ ފ އަތޮޅުގެ މައްސަލައިގައެވެ. ހުކުރު ދުވަހު (މާރިޗު 10) ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ހަޤީޤަތާ ހިލާފު މައުލޫމާތު ފަތުރަމުންދާކަމުގެ ތުޙުމަތުގައި އޭނާގެ ފޯނު އަތުލި ހިސާބުންނެވެ.

ފޯނު އަތުލިޔަސް، ލޫކަސްއެއް ނުހުއްޓުވުމެވެ. ފާފު ސަލާމަތް ކުރުމަށް އެ ގޮވާ ގޮވެލީގެ އަޑު މަޑެއް ނުވިއެވެ. އޭނާގެ ބަހުން ނަމަ، އިންގިލިތައް ބުރިކުރާންދެންވެސް އޭނާ ޓްވީތް ކުރާނެއެވެ. އަނިޔާ އާއި ބޭއިންސާފާއި، ކޮރަޕްޝަނާއި ޤައުމު ވިއްކުމާއި ދެކޮޅަށް އަޑު އުފުލާނެއެވެ. އެ ޓްވީޓްތަކާއި އަރާ ހަމަ ކުރުމަށް ސަރުކާރަށް ކުރެވޭހާވެސް ކަމެއްގެ ގޮތުގައި ފެންނަނީ ފުލުހުން މެދުވެރިކޮށް ލޫކަސްގެ ފޯނު އަތުލުމެވެ.

ބޮޑު މަންޒަރަށް ބައްލަވަލައްވާށެވެ. ލޫކަސްގެ ފޯނު އަތުލުމުން ފެންނަނީ އުފާވެރި މަންޒަރެކެވެ. އުޖާލާ ކުރިމަގެކެވެ.

ލޫކަސްގެ ފޯނު އަތުލުމުން ހާމަވާ ކަމަކީ ސިޔަސީ ގޮތުން ލޯ ހުޅުވި، ޤައުމުގެ ކުރިމަގާއިމެދު ވިސްނާ ޒުވާނުންގެ އަދަދު އިތުރުވަމުންދާ ކަމެވެ. "ޕޮލިޓިކަލީ އެވެއާ" ޒުވާނުންގެ ލަޝްކަރެއްދެކެ، ސަރުކާރުގެ ނުފޫޒުގައި ތާށިވެފައި ތިބި ފަރާތްތައް ބިރުގަންނަ ކަމެވެ.

ސޯޝަލް މީޑިއާ ބަލާލުމުން ފެންނަނީ އުފާވެރި މަންޒަރެކެވެ. އެ މަންޒަރުން ޔަޤީން ވަނީ މުސްތަޤުބަލުގައި ޤައުމުގެ ހުންގާނާއި ހަވާލުވާން ތިބީ ކޮރަޕްޝަނާއި ދެކޮޅު، ޤައުމުގެ އަތޮޅުތައް ހުރިގޮތަށް ވިއްކާނުލާނެ، ބަވަނަވެ، ކުރިއަރަމުންދާ ދުނިޔޭގެ ހަމަތައް ދަންނަ، ޑިމޮކްރަސީ ފަހުމުވާ ޒުވާން ޖީލެއް ކަމެވެ.

ސަރުކާރެއް ތުރުތުރު އަޅުވާލައި، ރިޔަސީ ގެކޮޅަށް ޑައިޖީން ވައްދަން މަޖުބޫރު ކުރި، ކުޑަރިކިލު ކަލޯ އަކީ، ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު