Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވިޔަފާރިވެރިން

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

ކޮންމެ އިންތިޙާބެއްގައި ޤައުމުގައި ތިބި ވިޔަފާރިވެރިން، ވަކި ކޮޅެއް ނަގާ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2017 | ހުކުރު 00:00
ރާއްޖޭގެ ބައެއް ވިޔަފާރިވެރިން

ރާއްޖޭގެ ބައެއް ވިޔަފާރިވެރިން

މިއަދު ރާއްޖޭގެ ގިނަ ރައްޔިތުންގެ ހާލަތަކީ މިއީއެވެ. ކިތަންމެ ބޮޑު މައްސަލައެއް ދިމާވި ނަމަވެސް އަހަރުމެން އެންމެން ދުވަން ބޭނުން ވަނީ ފައިސާގެ ފަހަތުންނެވެ. އެ ފައިސާ ހޯދުމަށް ދުވަން ޖެހިފައި ވަނީ ކޮންމެވެސް ސިޔާސީ މީހެއްގެ ފަހަތުންނެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އަހަރުމެންނަކަށް އެހެން ގޮތެއް ނެތީއެވެ.

ރައްޔިތުންނަށް ކިޔާދީފައިވާ ގޮތުން، އެމީހުން އަތުން ޓެކްސް ނެގުމުގެ ބޭނުމަކީ، އެ ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް މަގުފަހިކުރުމެވެ. ބަނދަރު ހަދައި ދިނުމާއި، މަގުތައް މަރާމާތު ކުރުމާއި، އެކި ވަސީލަތްތައް ޤާއިމްކޮށް ދިނުމެވެ. އެހެން ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ،

ޓެކްސް ފައިސާގެ ބޮޑުބައެއް ރާއްޖޭގައި ވެސް ޚަރަދު ކުރަމުން މިގެންދަނީ، ސިޔާސީ ފަރާތްތަކުގެ ޖީބުތައް ފުރާލުމަށާއި، ނުފޫޒު ގަދަ ފަރާތްތަކުގެ ވިޔަފާރިތައް ޙިމާޔަތް ކުރުމަށެވެ. އެ ފަރާތްތަކަކީ، ސަރުކާރުގެ 'އޭޓީއެމް' މެޝިންތަކެކެވެ. އެމީހުންނަކީ އިންތިޙާބުތަކުގައި ސަރުކާރަށް 'ހެޔޮއެދޭ' ފަރާތްތަކެވެ.

ކޮންމެ އިންތިޙާބެއްގައި ޤައުމުގައި ތިބި ވިޔަފާރިވެރިން، ވަކި ކޮޅެއް ނަންގަވާ ތަން ނުފެނޭ ހެއްޔެވެ؟ އެހެން ކަމުން އެމީހުންގެ އެހީތެރިކަމާއި އެކު ހޮވޭ ފަރާތްތަކުން، "ޝުކުރުވެރިވުމުގެ" ގޮތުން ޤައުމުގެ ބައިތުލް މާލު ހުސްކޮށްފައި އެ ވިޔަފާރިވެރިންނަށް ދޭން މަޖުބޫރު ވާނެތާއެވެ.

އެ ވިޔަފާރިވެރިން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ޤާނޫނުގެ ދިގު އަތެއް އެމީހުންނަކާ ހަމައަށް ނުފޯރާނެއެވެ. އެއިން ވިޔަފާރިވެރިއަކާއި މެދު ފިޔަވަޅެއް އަޅައިފި ނަމަ ސަރުކާރުތައް ދެމެހެއްޓުމަށް އުނދަގޫ ވާނެއެވެ. އޭގެ މިސާލަކީ، 2008 ވަނަ އަހަރު ރާއްޖޭގައި އިންތިޙާބްކުރި ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލި ގޮތެވެ.

ދުވަހަކުވެސް ރާއްޖޭގައި ނަން މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން މީހެއްގެ މައްޗަށް ބޮޑު ހުކުމެއް އައި ވާހަކަ އަޑުއެހިން ހެއްޔެވެ؟ އަޔަސް ޖެހިގެން އަންނަ ދުވަހު މަތީ ކޯޓަކުން އެ މައްސަލަ ބާތިލްކޮށްފާނެއެވެ.

އެހެން ނަމަވެސް ކަންމަތީ ފިހާރައިން، ފަންސާހަކަށް ރުފިޔާގެ ލޯޝަން ފުޅި ވަގަށް ނަގާ މީހާގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އެބަ އިއްވައެވެ. ރިހާކުރު ފުޅިއެއް ވަގަށް ނަގައިގެން ދިހަ ބާރަ އަހަރަށް ޖަލަށް ލަނީއެވެ. އެކަމަކު މިލިޔަނުން ޓެކްސް ނުދައްކާ މީހާއާއި މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނޯވެއެވެ. ދައުލަތުގެ އިސްވެރިންނާއި އެކު އެމީހުން ހެވި ދިއްލިފައި ޖަލްސާތަކުގައި ތިބެނީއެވެ.

އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ޤަބޫލުކުރެވިފައި އޮންނަ ގޮތަކީ، ސިޔާސީ މީހުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމެވެ. އެހެން ނަމަވެސް ހަގީގަތަކީ، އެމީހުން މަސައްކަތް ކުރަމުން މިގެންދަނީ އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައެވެ. އެމީހުންގެ ވަޒީފާއަކީ، އެމީހުން މަޤާމްތަކަށް އިންތިޚާބްކުރުމަށް އެހީތެރިވި ފަރާތްތަކުގެ މަސްލަޙަތު ހިމާޔަތް ކުރުމެވެ. ރައްޔިތުންގެ ވާހަކަ އަންނަނީ ސިޔާސީ މީހާގެ އަމިއްލަ އެޖެންޑާއަށް ވުރެ ވެސް ފަހަތަށެވެ.

ދިވެހިރާއްޖޭގެ ޙާލަތު މިފެންވަރަށް ވައްޓާލީ ހަމަ ދިވެހި ރައްޔިތުންނެވެ. މަދު ފައިސާ ކޮޅަކަށް ވޯޓު ވިއްކާލީއެވެ. އަހަރުމެން ކަނު ބަނދެވިގެން ތިބެ ސިޔާސީ މީހުންގެ ފަަހަތުން ދުވެ މި ހާލަތަށް ޤައުމު ވައްޓާލީއެވެ. އެދުވަހު ލިބުނު މަދު ފައިސާކޮޅަށް ވޯޓު ވިއްކާލި އިރު، މިއަދު ކަަރަންޓު ބިލްތަކުގެ ރޭޓް މަތިވެ ދައްކަން ޖެހިފައި މިވަނީ ކިތައް ރުފިޔާ ހެއްޔެވެ؟

ސިޔާސީ މީހުންނަށް ވޯޓު ވިއްކައިގެން އަހަރުމެން އެމީހުންނަށް ދިނީ މި ޤައުމުގެ ކޮންޓްރޯލެވެ. ހިތާމައަކީ، އެކަން އިޙްސާސް ކުރެވޭއިރު ވެސް ޙާލަތު ބަދަލުކޮށްލަން އަހަރުމެން ޖެހިލުން ވެފައިވާ ކަމެވެ. ބޭއިންސާފުން އަހަރުމެންނާއި މެދު ޢަމަލު ކުރެވެމުން ދާއިރު ވެސް އެކަމާއި ދެކޮޅަށް ބަސް ބުނުމުގެ ބަދަލުގައި ހޮރަށް ވަދެ ފިލުން ނޫން ގޮތެެއް އަހަރުމެންނަށް ނެތެވެ.

.

މިއީ ނަމުން ރައްޔިތުންގެ ވެރިކަމޭ ބުންޏަސް ހަމަ ދެތިން ވިޔަފާރި ވެރިއެއް ކޮންޓްރޯލް ކުރާ ޤައުމެކެވެ. މިތާގައި ހިނގަނީ އެމީހުންގެ ވެރިކަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު