Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރު މައްސަލަ

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ރާއްޖެއިން ހުރިހާ ގުޅުމެއް ކަނޑާލިކަމަށް ބޭރު މީޑިއާއިން ބުނޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 7 ޖޫން 2017 | ބުދަ 07:23
ގަތަރު އަދި ރާއްްޖޭގެ ދިދަ

ގަތަރު އަދި ރާއްްޖޭގެ ދިދަ

މިހާރު އެންމެ ބާރަށް ދެކެވުމުންދާ ވާހަކައަކީ އަރަބި ބައެއް ގައުމުތަކުން ގަތަރާ އޮތް ގުޅުން ކަނޑާލުމުގެ ވާހަކައެވެ. ގަތަރާ އޮތް ގުޅުން ސައުދި އަރަބިއްޔާ ފަދަ ގައުމުތަކުން ކަނޑާލާފައިވަނީ އެކި އެކި ތުހުމަތުތައް ކުރުމަށްފަހު އެވެ. އެއާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރޭން، އިޖިޕްޓް އަދި ޔަމަންއިން ވަނީ ގަތަރާ ގުޅުން ކަނޑާލާފައެވެ. އޭގެ އިތުރަށް މިކަންތަކާ ނުވެސް ބެހޭ ކުޑަކުޑަ ރާއްޖެއިން ވެސް ވަނީ ސައުދީގެ ނިންމުމާއެކު ކަހަލަގޮތަކަށް ގަތަރާ ގުޅުން ކަނޑާލާފައެވެ.

ރާއްޖެއާއެކު ޖުމްލަ ހަ ގައުމުން މިވީތަނަށް ގަތަރާ އޮތް ގުޅުން ކަނޑާލާފައި ވާއިރު، ބައިނަލްއަގުވާމީ އެހެން ގައުމުތަކުން ތިބީ މިކަންތަކާ ބަސްނުބުނެ ދުރުގައި ކުޅިބަލާށެވެ. އެގޮތުން ރާއްޖެ ފަދަ ކުޑަ ގައުމަކުން ކުއްލިއަކަށް ގަތަރާ ގުޅުން ކަނޑާލުމުން ވެސް އެތައްބަޔަކަށްވީ ޖޯކަކަށެވެ. އެހެންނަމަވެސް ދިމާވެގެން މިއުޅޭ މައްސަލަ ވަރަށް ސީރިއަސްއެވެ. ހައްދުފަހަނަ އަޅާފައިވާ ޖަމާއައްތަކަށް ހަރަދުކޮށް އެ ޖަމާއަތްތަކަށް އެއްބާރުލުންދޭކަމުގެ އިނގިލިތައް ގަތަރަށް އަމާޒުވުމެވެ. މީގެ އިތުރުން ގަތަރުން އިރާނާ ގުޅުން ބަދަހިކުރާކަމަށް ވެސް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. މިކަންތައްތައް އެގައުމުން ދޮގުކުރެއެވެ. އެގޮތުން އެގައުމުން ބުނީ އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށާއި، އެއި ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ރާއްޖެއަށް ބަލާއިރު، ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ގުޅުމަށް ދިވެހިން އަމިއްލަ ފަސްގަނޑު ދޫކޮށްލުމަށްފަހު ދެއެވެ. މިކަމަށްވެސް ފަންޑުކުރަނީ ހަމަ ރާއްޖޭ މީހުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން އެ ފަރާތްތައް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތްވެސް ކުރަމުންނެވެ. އެހެންނަމަވެސް މައްސަލައަކީ ފުރަތަމަ ރާއްޖޭގައި އުޅޭ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކަށް ހަރަދުކުރާ މީހުން ނުހޯދާ އެކަމަށް ހަރަދުކުރާ ގައުމުތަކާ ގުޅުން ކަނޑާލުމެވެ. ހަމަ އެހެން ގައުމުތަކުންވެސް ރާއްޖެއިން ޓެރެރިސްޓް ޖަމާއަތްތަކަށް ހަރަދުކުރެއޭ ކިޔާފައި ގުޅުން ކަނޑާލެވިދާނެއެވެ. ރާއްޖޭގައި ޓެރެރިސްޓުން ގިނަވަމުންދާކަމަށް ބުނެވިދާނެއެވެ.

މައްސަލައެއް ނެތެވެ. ރާއްޖެއިން އެއޮތީ ކޮންމެއަކަސް ގަތަރާ އޮތް ގުޅުން ކަނޑާލާފަ އެވެ. ދިވެހި ސަރުކާރުން ބުނެފައިވަނީ ގަތަރާ ގުޅުން ކަނޑާލާފައިވަނީ ހަމައެކަނި ސިޔާސީ ގުޅުން ކަމަށެވެ. އެހެންނަމަވެސް ސީއެންއެންފަދަ ބޮޑެތި ނިއުސް އެޖެންސީތަކުން ބުނަމުން އަންނަނީ ރާއްޖެއިން ގަތަރާ އޮތް ހުރިހާ ގުޅުމެއް ކަނޑާލި ކަމަށެވެ. ރާއްޖެއަށް ގަތަރުގެ ރައްޔަތުންނަށްވެސް ނާދެވޭ ކަމަށެވެ. މިއީ ރާއްޖެއަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ނަމަވެސް މި ވާހަކަތައް ރާއްޖެއިން ދޮގުކުރެ އެވެ. ރާއްޖެއިން ބުނަނީ ހަމައެކަނި ކަނޑާލީ "ސިޔާސީ ގުޅުން" ކަމަށާއި އެހެން ހުރިހާ ގުޅުމެއް އެބަ އޮތް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއަށް ގަތަރު ރައްޔަތުންނަށް އާދެވޭނެ ކަމަށާއި، ރާއްޖޭގައި ދިރިވެސް އުޅެވިދާނެ ކަމަށެވެ. މީގެއިތުރުން އާންމު ފަރުދުންނާ މުއާމަލާތްކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ކަނޑާލާފައިނުވާނެ ކަމަށާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ވާހަކަ މިހެން ހުރި ނަމަވެސް ގަތަރަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމަށް ވާއިރު، ގަތަރާ ގުޅުން ކަނޑާލުމަކީ ދިވެހިރައްޔިތުންނަށް ކޮޅުން ނުލާވަރުގެ ގެއްލުމެކެވެ. ގަތަރަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެކެވެ. އެގޮތުން ބެލެވޭ ގޮތުގައި ގަތަރުން ރާއްޖެއަށް ދޭން އެއްބަސްވެފައިވާ އެތައް އެހީތަކެއް ކަނޑާލާނެ ކަމަށްބެލެވެއެވެ. އެ އެހީތައް ލިބޭނެކަމާމެދު މިހާރު ސަރުކާރުވެސް ޝައްކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހާލު ދެރަވި މީހާ: ކުޑަ ވަގުތުކޮޅަކަށް ޑޮކްޓަރުންގެ ވެސް އުއްމީދު ކެނޑުނު!

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހާލު ދެރަވި މީހާ: ކުޑަ ވަގުތުކޮޅަކަށް ޑޮކްޓަރުންގެ ވެސް އުއްމީދު ކެނޑުނު!

28 މާރިޗު 2020
ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

24 ފެބުރުއަރީ 2020
ޖަލު އޮޑިޓް: މައްސަލަތައް ފާހަގަ ވާނެ، ހައްލު ގެންނަން ފަސް ޖެހިގެން ނުވާނެ!

ޖަލު އޮޑިޓް: މައްސަލަތައް ފާހަގަ ވާނެ، ހައްލު ގެންނަން ފަސް ޖެހިގެން ނުވާނެ!

04 ޖެނުއަރީ 2019
ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު: ވިސާގެ މައްސަލައަށް ބޮޑު އުއްމީދެއް!

ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު: ވިސާގެ މައްސަލައަށް ބޮޑު އުއްމީދެއް!

14 ޑިސެމްބަރު 2018
ނިޕާ ވައިރަސް ޖެހިގެން މަރުވި ހިތްވަރުގަދަ ނަރުސް މީހާގެ ވާހަކަ

ނިޕާ ވައިރަސް ޖެހިގެން މަރުވި ހިތްވަރުގަދަ ނަރުސް މީހާގެ ވާހަކަ

23 މެއި 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު