Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

ފުރަތަމަ ދުވަހު ދެ ޤައުމުގެ ދެމެދުގައި 280 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ވިޔަފާރި އެއްބަސްވުންތަކުގައި ސޮއިކުރެއްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 25 މެއި 2017 | ބުރާސްފަތި 16:08
ރައީސް ޓްރަމްޕް ގަރާރެއްގައި ސޮއިކުރައްވަނީ

ރައީސް ޓްރަމްޕް ގަރާރެއްގައި ސޮއިކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ މުސްލިމުންނާ މެދު ނަފްރަތުގެ ވާހަކަތައް ދައްކަވަމުންނެވެ. އަދި ވެރިކަމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުއްދެވި އެއް ވައުދަކީ ވެސް އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރައްވާނެ ކަމަށް ވެ ވަޑައިގެންނެވި ވައުދުފުޅެވެ.

މުސްލިމުންނާ ދެކޮޅު، އެކަމަކު ފުރަތަމަ ދަތުރު ސައުދީއަށް؟

މުސްލިމް އުއްމަތުގެ ނަމޫ ނާ އަދި މުސްލިމް ގައުމުތަކުގެ ލީޑަރުގެ ގޮތުގައި ބަލާ ސައުދީ އަރަބިއްޔާއަށް ޓްރަމްޕް ވަޑައިގަތުމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ ސުވާލު ކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް ރައީސް ޓްރަމްޕްގެ ދަތުރުފުޅުގެ އެޖެންޑާ ލިބުމުން އަދި އޭގެ ފަހުން ސައުދީ އަށް ކުރެއްވި ޒިޔާރަތް ނިންމާލުމުން ދިރާސާ ކުރާ ފަރާތްތަކަށް ސުވާލުތަކުގެ ޖަވާބު ފަސޭހަވެގެންދިއައެވެ.

އަލްޖަޒީރާގައި ވާހަކަދެއްކެވި އެނަލިސްޓަކު ވިދާޅުވީ މި ދަތުރުފުޅުގެ ފަހަތުގައިވާ ބައެއް ކަންކަމުގެ ވާހަކަ އަދި މީޑިއާއިން ނުދައްކާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ މި ދަތުރުން އެމެރިކާއަށް އޮތް މާލީ ފައިދާތަކުގެ ވާހަކައެވެ.

ދަތުރުފުޅުގެ ފުރަތަމަ ދުވަހު ދެ ޤައުމުގެ ދެމެދުގައި 280 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ވިޔަފާރި އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ދިއައެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީއާއެކު ވެފައިވާ އެއްބަސްވުންތަކުން ދެ ގައުމަށް ފައިދާވާނެ ކަމަށް ދެ ގައުމުންވެސް ދެކެމުންދާއިރު ބައެއް އެއްބަސްވުންތަކަކީ އެމެރިކާއަށް ފައިދާ ބޮޑު އެއްބަސްވުންތަކެވެ. އެފަދަ ބައެއް ކަންކަމުގެ ތެރޭގައި ރޭތިއޯން ކުންފުނީގެ ގަލްފް ގޮފިން ސައުދީގައި އެއާ ޑިފެންސް ސިސްޓަމާއި، ޒަމާނީ ހަތިޔާރު އުފެއްދުމުގެ އެއްބަސްވުމާއި، މަތިންދާ ބޯޓު ގަތުމަށް ސައުދީ އެއާލައިންސް އާއި ބޯއިންގއާ ދެމެދު ވެވުނު އެއްބަސްވުން ފަދަ އެއްބަސްވުމުގެ އިތުރުން ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ވެވުނު އެއްބަސްވުންތައް ހިމެނެއެވެ. ސައުދީއަށް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން މި ދަތުރުގައި ވެވުނު އެއްބަސްވުންތަކުގެ އަގު 110 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މީގެ އިތުރުން ތެލުގެ އެކި އެކި އެއްބަސްވުންތައް ވެފައިވާއިރު ސައުދީ އާއި އެމެރިކާއާ ދެމެދު ވެފައިވާ އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުމަކީ، އެމެރިކާގެ އެންމެ ބޮޑު އެސެޓް މެނޭޖްމަންޓް ކުންފުނި، ބްލެކްސްޓޯން އާއި ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާ ދެމެދު ވެފައިވާ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ އަގު ކުރިއަށް އޮތް 10 އަހަރު ތެރޭގައި 350 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"

ވެރިކަމަށް ވަޑައިގެންނެވިތާ ހަތް ދުވަހުގެ ތެރޭގައި މުސްލިމުން އެމެރިކާއަށް އެރުން މަނާކުރެއްވުމުގެ އަމުރު ނެރުއްވި ޓްރަމްޕް އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ތަޤުރީރު ކުރައްވާފައިވަނީ" ހައްދު ފަހަނައެޅުމާ" ބެހޭ ގޮތުންނެވެ.

ސަމިޓްގައި ޓްރަމްޕް ދެއްވި ތަގުރީރުގައި ވަނީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ގޮވާލައްވާފައެވެ. ސައުދީއަށް ތައުރީފްގެ ބަސްތައް އޮއްސެވި ސައުދީއާ ވާދަވެރި އީރާނަށް ވަނީ ބަހުގެ ހަމަލާތައް ދެއްވާފައެވެ. ޓްރަމްޕްވަނީ ސަރައްހައްދުގެ ހަމަނުޖެހުންތަކުގެ ތުހުމަތު ސައުދީއާ ވާދަވެރި އީރާނުގެ މައްޗަށް ކުރައްވާފައެވެ.އަދި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާ ޖަރީމާތަކަށް އިރާނުން ވާގިވެރިވާކަމަށް ތުހުމަތުކޮށްފައެވެ.

އަރަބި އިސްލާމީ 55 ގައުމެއްގެ ލީޑަރުން އެއްކުރައްވައިގެން ސައުދީގައި ދެއްވި ތަގުރީރު ފާހަގަކުރެވިގެންދިޔައީ ކެމްޕެއިން ދުވަސްވަރު މުސްލިމުންނަށް އިހާނެތި ބަސްތަކެއް ވިދާޅުވެ މުސްލިމް ގައުމުތަކުންލިބިފައިވާ ނަފްރަތު ކަނޑުވާލުމަށްދެއްވި ތަގުރީރެއް ގޮތުގައެވެ. ނަމަވެސް މި ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ އެތަނަށް ވަޑައިގެން ހުންނެވީ އެމެރިކާގެ ދިރިއުޅުމުގެ އުސޫލުތައް ތަންފީޒުކުރުމަށް ލެކްޗަރުދެއްވަން ނޫން ކަމަށާއި"މިއީ އާ ބާބެއް"ކަމަށެވެ.

ޖުމްލަ ނަތީޖާ

އަރަބް އިސްލާމިކް އެމެރިކަން ސަމިޓުން މުސްލިމް ގައުމުތަކުގެ ރުހުން ހޯއްދެވި އަދި ސައުދީގެ ދަތުރުފުޅުން މާލީ މަންފާތައް އެމެރިކާއަށް ހޯދި އިސްރާއީލަށް ކުރެއްވި ޒިޔާރަތުން، އިސްރާއީލުގެ ރުހުން ލިބި ފަލަސްތީނަށް ކުރެއްވި ޒިޔާރަތުން އެ ގައުމުގެ ރުހުން ވެސް ލިބިވަޑައިގެންފި ނަމަ ޓްރަމްޕްގެ ދަތުރުފުޅުގެ މަގުސަދުތައް ރަނގަޅަށް ވެސް ހާސިލްވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

09 ނޮވެމްބަރު 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

06 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު