Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑިކްޓޭޓަރ ފިލްމު

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ދަ ޑިކްޓޭޓަރ ފިލްމުގެ ބައެއް މަންޒަރުތައް މާބޮޑަށް ވެސް ރާއްޖެއާ އެއްގޮތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 13:14
ޕްރެޒިޑެންޓް ޕްރައިމް މިނިސްޓަރު އެޑްމިރަލް ޖެނެރަލް ހަފާޒް އަލަދީން

ޕްރެޒިޑެންޓް ޕްރައިމް މިނިސްޓަރު އެޑްމިރަލް ޖެނެރަލް ހަފާޒް އަލަދީން

ހަނދާނަށް އަންނަނީ 2012 ވަނަ އަހަރު ނެރުނު "ދަ ޑިކްޓޭޓަރ" ފިލްމުގެ މަތިންނެވެ. މި ފިލްމުގައި ދައްކުވައިދެނީ "ރިޕަބްލިކް އޮފް ވަދީޔާ" ގައި ވެރިކަން ކުރާ ޕްރެޒިޑެންޓް ޕްރައިމް މިނިސްޓަރު އެޑްމިރަލް ޖެނެރަލް ހަފާޒް އަލަދީންގެ ޚުދުމުޚުތާރު ވެރިކަމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި މި ކޮމެޑީ ފިލްމުގެ ބައެއް މަންޒަރުތަކުން ރާއްޖޭގެ ޚުދުމުޚުތާރުކަން ސިފަވެގެންދާ ކަހަލަ އެވެ.

އެގޮތުން އެޑްމިރަލް ޖެނެރަލް ހަފާޒް އަލަދީން ބޭއްވި އޭނާގެ އަމިއްލަ އޮލިމްޕިކްސް ގޭމްސްއަކީ މި ގޮތުން ފާހަގަކޮށްލެވުނު ބައެކެވެ. ދަ ވިދީޔަން ގޭމްސްގެ ނަމުގައި ބޭއްވި މުބާރާތުގެ 100 މީޓަރުގެ ދުވުން އޭނާ ކާމިޔާބު ކުރީ އެންމެ 57 މީޓަރު ދުވެގެންނެވެ. ފިސްތޯލައެއް ހިފައިގެން ހުރެ، އޭނާއަށް ވުރެ ކުރިއަރައިގެންދާ ކޮންމެ ދުވުންތެރިއެއްގެ ގަޔަށް ބަޑި ޖަހައިގެން، އަދި އެވަރުން ނުވެގެން ރޭސް ނިންމާ ރިބަން ފަށް ވެސް އޭނާއާ ކައިރިއަށް ގެނެސްގެން ރޭސް ކާމިޔާބު ކުރީ އެންމެ 24 ސިކުންތުގެ ތެރޭގަ އެވެ.

މި ފިލްމުގެ މަންޒަރުތައް ފެނިފައި، ރިޕަބްލިކް އޮފް ވަދީޔާއަކީ ހާދަހާ ރާއްޖެއާ އެއްގޮތް ކަންތައްތަކެއްވާ "ޚިޔާލީ ގައުމެކޭ" ހިތަށް އަރަ އެވެ. ފިލްމީ ދުނިޔެއިން ނިކުމެގެން ގޮސް ރާއްޖެއަށް ޖެހިލާނަމެވެ. ރައީސް އަބްދުﷲ ޔާމީނާ ވާދަކޮށްފާނެހެން ކިރިޔާ ހީވާ މީހަކު ހުރިނަމަ އެ މީހަކު ޖަލުގަ އެވެ. ނޫނީ ލިބުނު ހަނި ފުރުސަތެއް ބޭނުންކޮށްގެން ގައުމުން ބޭރަށް ގޮސް އަމިއްލައަށް އަރުވާލެވިގެންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލުގަ އެވެ. ރައީސް މުހައްމަދު ނަޝީދު ޖަލު ހުކުމެއްގައި އަމިއްލައަށް އަރުވާލެވިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލުގަ އެވެ. ލިސްޓު އަދި އޮތީ އެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ މަޖިލިސް މެންބަރުން އާންމުކޮށް ވިދާޅުވާ އެއް ވާހަކަފުޅަކީ ކުޅެގެން މޮޅުވާ ވާހަކަ އެވެ. ރައީސް ޔާމީނަކީ މެސީ ކަމަށެވެ. އެމަނިކުފާނު މޮޅުވަނީ ވާދަވެރިން ކައިރިން މޮޅަށް ނައްޓައިގެން، ބާރަށް ދުވެވަޑައިގަންނަވާތީ ކަމަށެވެ. ނަމަވެސް، މިއަދު ފެންނަ މަންޒަރު ބަލާބަލާށެވެ. އިދިކޮޅު ފަރާތްތަކުން ބޯޅަ ހިފައިގެން ދުއްވައިގަތީމާ ދަނޑުގެ ލައިޓްތައް ނިއްވާލަނީ އެވެ. ގޯލް ހިފައިގެން ފިލަނީ އެވެ. އިންތިހާއަށް ޓެކްލްކޮށް، އެވަރުން ނުވެގެން ރެފްރީއަށް މަޖުބޫރު ކުރުވައިގެން ރަތް ކާޑު ވެސް ދައްކުވަނީ އެވެ. ހަމަ ހީވަނީ ޑިކްޓޭޓަރ ފިލްމުގެ މަންޒަރެއް ހެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް ފެނިގެން މިދިޔައީ ކުޅިވަރުގެ ގަވާއިދުތައް ބަދަލުކޮށްލި މަންޒަރެވެ. ދަނޑު ބޭރުގައި މެސީ އިނދެގެން، ދަނޑަށް ކުދިންތަކެއް ވައްދައިގެން ވިނަކޮޅު ވެސް ނޮޅާލީ އެވެ. ދަނޑުގެ ލައިޓްތައް ކިހިލި ޖަހާލައިގެން އެއް ބަޔަކު ހަޅޭލަވަލަވާފައި ދިޔައީ އެވެ. އަނެއް ބަޔަކު ކުޅި ބަލަން ތިބި މީހުންގެ ގައިގައި ވެސް ތަޅައިގަނެފި އެވެ. މެޗް ނުކުޅެ ގަވާއިދު ބަދަލުކޮށްލައިގެން މެޗުން މޮޅުވާން މަގުތައް ކޮށައިފި އެވެ.

ގަވާއިދު ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު ހިމާޔަތްކޮށްދީފި އެވެ. ބައިއަތު ހިފައިގެން ހުންނެވި ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ހިމާޔަތް ކޮށްދީފި އެވެ. "ނެތި ހިނގައިދާނެ ކަމަށް ބިރުހީވެފައިވާ ޖަނަވާރުތައް" ހިމާޔަތްކުރާ ފަދައިން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް، ރިޔާސަތުގެ މަގާމު ހިމާޔަތްކޮށްފި އެވެ.

މިދާ ވަރުން ދާނަމަ 2018 ގައި އިންތިޚާބެއް އޮވެދާނެތޯ ވެސް ސުވާލު އުފެދެ އެވެ. އެހެން ނޫނީ އިންތިޚާބެއް ބާއްވައިފިއްޔާ ވޯޓް ލާނީ ރޯލް ކޯލް އުސޫލުން ނޫން ބާވަ އެވެ. ކޮންެމެ ގެއެއްގެ ދޮރުގައި ޓަކި ޖަހާލުމަށް ފަހު ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ އެގެއްގެ މީހުންގެ ނަންތައް ކިޔާލުމަށް ފަހު ވޯޓް ދޭނީ ރައީސް ޔާމީނަށް ދޯއޭ އަހާލާ ގޮތަށް ބަދަލުކޮށް ނުލާނެބާވަ އެވެ.

ދަ ޑިކްޓޭޓަރ ފިލްމުގެ ބައެއް މަންޒަރުތައް މާބޮޑަށް ވެސް ރާއްޖެއާ އެއްގޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު