Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް

އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕުގެ ގުރު ނަގައިފި

މުބާރާތުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 މާރިޗު 2021 | އަންގާރަ 10:29
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕުގެ ޝެޑިއުލް

އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕުގެ ޝެޑިއުލް

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގެ ގުރު ނަގައިފިއެވެ.

ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީއަކީ ރައިސިން ސްޓާސް ފޯ ވިލުފުށީ ރެކްރިއޭޝަން ކުލަބުން ހިންގަމުން އަންނަ އެކެޑަމީއެކެވެ. އެކެޑަމީގެ ފަރާތުން މުޅިން އަލަށް ބާއްވާ އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް ޚާއްސަ ކުރެވިފައިވަނީ ވިލުފުށީގެ 21 އަހަރުން ދަށުގެ ޒުވާނުންނާއި، އެ ޖަމުޢިއްޔާގެ ފަރާތުން ދަޢުވަތުދެވޭ އެހެން ރަށްރަށުގެ ޒުވާނުންނަށެވެ.

މި މުބާރާތުގައި ތ. އަތޮޅުގެ ހަތަރު ރަށަކުން ވަނީ ބައިވެރިވެފައެވެ. އެއީ ވިލުފުށީގެ އިތުރުން ދިޔަމިގިއްޔާއި ހިރިލަންދޫ އަދި ގުރައިދޫއެވެ. މުބާރާތުގެ ގުރުލުން ހޯމަ ދުވަހުގެ ރޭ ބޭއްވިއިރު، މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، ލީގު ބުރުގެ އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ދާދި ފަހުން ގާއިމުކުރި ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ކުރިއަށްދާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން މުޅިން އަލަށް ޒުވާނުންނަށް ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވާއިރު، މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ތ. އަތޮޅާއި، އަދި ޚާއްސަކޮށް ވިލުފުށީގައި ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ އަދި ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުން ކަމަށް އެކެޑަމީން މައުލޫމާތުދެއެވެ. ވިލުފުށީގެ ގިނަ ރައްޔިތުންތަކެއް އެއް ތަނަކުން ބައްދަލުވެ، އެކުވެރިކަމާއި އަޚުވަންތަކަމުގެ ގުޅުން ބަދަހުކުރުމާއި، ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ރޫޙު އާލާކޮށް، ރަށުގެ ތަރައްގީއަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމަކީވެސް އެއް މަގުސަދު ކަމަށް ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން މައުލޫމާތުދެއެވެ.

މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. އަދި މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. މީގެ އިތުރުން ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބް މޯލްޑިވްސް: ގަދަ 16 ގެ ގުރުނަގައިފި

ކްލަބް މޯލްޑިވްސް: ގަދަ 16 ގެ ގުރުނަގައިފި

25 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

09 މާރިޗު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު