Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީން ސްޓްރީޓް

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

16 އަހަރާއި 19 އަހަރުންދަށުގެ ޓީމެއް އެކުލަވާލެވޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 5 އެޕްރީލު 2017 | ބުދަ 20:24
ކްލަބު ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކުގެ ތެރެއިން

ކްލަބު ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކުގެ ތެރެއިން

ކްލަބު ގްރީން ސްޓްރީޓުގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް އަންނަ ހޮނިރު ދުވަހު ފެށުމަށް ހަމަޖައްސައި ޓީމާއި ގުޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ގްރީން ސްޓްރީޓަކީ މިއަހަރުގެ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ކޮލިފައިވެފައިވާ ޓީމެކެވެ. އެގޮތުން އެޓީމުން އަންނަނީ މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ގްރީން ސްޓްރީޓުގެ އެސިސްޓެންޓް ކޯޗު ފަރީދު މުހައްމަދު(ފަރިއްޓޭ) ބުނީ އެ ކްލަބުގެ އެންމެ ބޮޑު ބޭނުމަކީ މިއަހަރުގެ ތެރޭގައި ޔޫތު ޓީމުތަކެއް އެކުލަވާލައި ބޮޑު ޓީމަށް އޭގެ ތެރެއިން ކުޅުންތެރިން ތަކެއް ހޯދުން ކަމަށެވެ.

ފަރިއްޓޭ ބުނީ ޔޫތު ޓީމެއް އެކުލަވާލުމުގެ ބޭނުމަކީ 21 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ކުޅުންތެރިން ހޯދުމާއި އެގޮތުން ހެޑް ކޯޗު ސޮބާގެ އެދުމާއެކު ރަނގަޅު ކުޅުންތެރިންތަކެއް ހޯދުމަކީ ވެސް ވަރަށް ބޮޑު ބޭނުމެއް ކަމަށް ފަރިއްޓޭ ބުންޏެވެ.

ފަރިއްޓޭ ބުނީ ގްރީން ސްޓްރީޓަކީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ނުކުތް ޓީމެއް ކަމުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަމަކަށްފަހު ކަމެއް އިސްކޮށްގެން ކަމަށާއި އެހެން ކަމުން އެޓީމުގެ އެންމެ ބޮޑު އަމާޒަކީ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުން ކަމަށެވެ.

ހަމަ އެއާއެކު އެޓީމު ކުޅޭ ކޮންމެ މެޗެއްގައި ވެސް ނަތީޖާ ރަނގަޅުކޮށް މޮޅު ކުޅުމެއް ދެއްކުމަކީ ޓީމުގެ މެނޭޖުމަންޓުން އަބަދުވެސް ސަމާލުކަމެއްދޭ ކަމެއް ކަމަށާއި އެގޮތުން ޒުވާން ކުޅުންތެރިންތަކެއް އުފެއްދުމަކީ މިފަދަ ކްލަބަކުން މިހާރު އެންމެ ބޮޑު އިސްކަމެއްދޭން ބޭނުންވާ އެއް ކަންތައް ކަމަށް ފަރިއްޓޭ ބުންޏެވެ.

ޓީމުގައި މިވަގުތު ތިބި ޒުވާން ކުޅުންތެރިންނާއި ބެހޭ ގޮތުން ފަރިއްޓޭ ބުނީ ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރިން މިހާރު ވެސް އެބަތިބި ކަމަށާއި އެގޮތުން ތަޖުރިބާކާރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ގެ ބެލުމުގެ ދަށުން އައި ކުޅުންތެރިއަކާއި 16 އަހަރުންދަށުގެ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއެއް ވެސް ހިމެނޭ ކަމަށެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 އިން 7 އަށް ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަން ނިންމާފައިވާ އިރު، 16 އަހަރާއި 19 އަހަރުންދަށުގެ ޓީމެއް އެކުލަވާލެވޭނެ ކަމަށް އެ ކްލަބުން މައުލޫމާތުދެ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު