Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެޓްބޯލް

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

މުބާރާތުގައި އަމްޕަޔަރުކަން ކުރުމަށް ފުރުސަތު ލިބުނީ ރިލްވާން އަދި ނަބީލަށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 15 އެޕްރީލު 2017 | ހޮނިހިރު 14:55
ރާއްޖޭގެ ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން

ރާއްޖޭގެ ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން

އަންނަ މެއި މަހު ކޮރެއާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި އަމްޕަޔަރުކަން ކުރުމަށް ރާއްޖޭގެ ސީ ބެޖް ދެ އަމްޕަޔަރަކަށް ފުރުސަތު ލިބިއްޖެ އެވެ.

މި މުބާރާތުގައި އަމްޕަޔަރުކަން ކުރުމަށް ފުރުސަތު ލިބުނު ދެ އަމްޕަޔަރުންނަކީ ރިލްވާން އާދަމާއި ނަބީލް އިބްރާހީމެވެ. މީގެ ތެރެއިން ރިލްވާނަކީ މިދިޔަ އަހަރު އޮތް މި މުބާރާތުގައި ވެސް އަމްޕަޔަރުކަން ކޮށްފައިވާ ފަރާތެކެވެ.

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް މި މުބާރާތުގައި ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނީ މި މަހުގެ ކުރީކޮޅު ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ އަމްޕަޔަރުން ތަމްރީނުކުރާ ޕްރޮގްރާމެއްގައި ބައިވެރިވެގެންނެވެ. މި ޕްރޮގްރާމުގައި ރާއްޖެއިން ހަތަރު އަމްޕަޔަރަކު ބައިވެރިވި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން (ޝާޒް) ވިދާޅުވީ މި މުބާރާތުގައި އަމްޕަޔަރުކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ދެ އަމްޕަޔަރަކަށް ލިބިގެންދިއުމަކީ މި ކުޅިވަރަށް ދެވޭ ސަމާލުކަން އިތުރުވެގެންދިޔަ ކަމެއް ކަމަށެވެ.

ޝާޒް ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެއް ފަރާތަކަށް މި މުބާރާތުގައި އަމްޕަޔަރުކަން ކުރުމަށް ފުރުސަތު ލިބުނު އިރު މިއަހަރު އެ އަދަދު އިތުރު ވެގެން ދިއުމުން ކުރިއަށް ނުކުންނަން ތިބި އަމްޕަޔަރުންނަށް އެކަމުން ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މިއަހަރުގެ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 21 އަހަރުންދަށުގެ ޓީމެއް ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެޓީމުގެ ފައިނަލް ސްކޮޑު އެކުލަވާލައި މިހާރުވެސް ދަނީ ދެއިރަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
11 ފެބުރުއަރީ 2017

ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި

11 ފެބުރުއަރީ 2017
ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު