Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހޭންޑްބޯލް

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

މުބާރާތުގައި 14 ސްކޫލަކުން 68 ޓީމު ވާދަކުރޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 9 މާރިޗު 2017 | ބުރާސްފަތި 19:21
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިހާތަނަށް އެންމެ ގިނަ ޓީމުތަކާއެކު ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް އޭޕްރިލް މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ނިންމައި އެ މުބާރާތުގެ ގުރު ނަގައިފި އެވެ.

ޖުމްލަ 68 ޓީމު ވާދަކުރާ މި މުބާރާތުގެ ގުރު ނެގުމަށް ބުރާސްފަތި ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޑްރޯ ސެރަމަނީގައި މުބާރާތުގައި ވާދަކުރާ ގިނަ ސްކޫލްތަކެއްގެ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވި އެވެ.

މިއަހަރުގެ މި މުބާރާތުގައި 14 ސްކޫލަކުން ވާދަކުރާ އިރު، އަތޮޅު ތެރެއިން ވެސް ދެ އަތޮޅަކުން ޓީމުތައް ބައިވެރިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ. އެގޮތުން ދ. އަތޮޅާއި ކ. އަތޮޅުން ޓީމުތައް ބައިވެރިވާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މިއީ 16 އަހަރުން ދަށުގެ އުމުރުފުރާތަކަށް އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެއްގައި ކުޅިވަރަކުން އެންމެ ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވީ ފުރަތަމަ ފަހަރެވެ.

ކުރިއަށް އޮތް އޭޕްރިލް މަހުގެ 1 ން 17 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ދެ ޖިންސުގެ ކުޅުންތެރިން ވާދަކުރާ އިރު، މުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 12 އަހަރާއި 14 އަހަރު އަދި 16 އަހަރުންދަށުގެ އުމުރުފުރާތަކެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 36 ޓީމު ވާދަކުރި އިރު، އެ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. އަދި އަންހެން ބައިގެ ޗެންޕިއަންކަން ހޯދީ މާފުށި ސްކޫލެވެ.

މީގެ އިތުރުން މުބާރާތުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދަރުމަވަންތަ ސްކޫލެވެ. އަދި 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސުކޫލު ހޯދިއިރު 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސުކޫލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު