Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނެޓްބޯލް

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

ޓީމުގެ ސްކޮޑު 12 ކުޅުންތެރިންނަށް މަދުކުރާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 11:40
އޭޝިއަން ޔޫތު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ނެޓްބޯލް ޓީމް

އޭޝިއަން ޔޫތު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ނެޓްބޯލް ޓީމް

އަންނަ މަހު ކޮރެއާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ނެޓްބޯލް ޓީމުގެ އަމާޒަކީ ތަޖުރިބާ ހޯދައި ލެވެލް މަތިކުރުން ކަމަށް ނެޓްބޯލް އެސޯސިއޭޝަނުން ބުނެފި އެވެ.

މި މުބާރާތުގައި ވާދަކުރުމަށް މި އަހަރުގެ ޖެނުއަރީ މަހު ފަރިތަކުރުންތައް ފަށާފައިވާ އިރު، ހޯމަ ދުވަހު ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މުބާރާތަށް ޓީމު ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ނެޓްބޯލް އެސޯސިއޭޝަންގެ ސީއޯއޯ އަހުމަދު އަދުހަމް ވިދާޅުވީ ޓީމުގެ ފަރިތަކުރުންތައް ކޮންމެ ދުވަހެއްގެ ވެސް ހެނދުނާއި ރޭގަނޑު ކުރިއަށްދާ ކަމަށެވެ.

އަދުހަމް ވިދާޅުވީ މިހާރު ޓީމުގައި ތިބި ކުޅުންތެރިންނަކީ ހުނަރުވެރި ޒުވާން ކުޅުންތެރިން ތަކެއް ކަމަށާއި އެގޮތުން ޓީމުގެ ފައިނަލް ސްކޮޑު އެކުލަވާލުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ޓީމު އެއްކޮށް ވަރަށް ބުރަކޮށް ފަރިތަކުރުންތައް ކުރިއަށްގެންދަނީ، ކޮންމެ މަހަކު އެއްފަހަރު ބީޕް ޓެސްޓްވެސް އެބަ ޖައްސުވަން، ވަރަށް ފިޓު ކުޅުންތެރިން، ސްކޮޑު އެކުލަވާލުމުގައި ގޮންޖެހުންތަކާ ދިމާވާނެ، އެކަމަކު ހުރިހާ ގޮތަކަށް ބަލާފަ އެންމެ ރަނގަޅު ކުޅުންތެރިން ހޮވޭނީ." އަދުހަމް ވިދާޅުވި އެވެ.

އަދުހަމް ވިދާޅުވީ މިފަދަ ބޮޑު މުބާރާތަކަށް ޓީމު ތައްޔާރުވާއިރު، އެ ކުޅުންތެރިންނަށް މެޗު އެކްސްޕީރިއަންސް ތަކެއް ބޭނުންވާނެ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެސޯސިއޭޝަންގެ ބަޖެޓު ތަން ނުދިނުމުގެ ސަބަބުން ބޭރުން ތަމްރީނު ދަތުރެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އަމިއްލަ ގައުމުގައި ކުރިއަށްދާ ފަރިތަކުރުންތަކުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އަދުހަމް ވިދާޅުވި އެވެ.

ރާއްޖޭގެ ނެޓްބޯޅަ އަންހެން ޓީމު ވަނީ މީގެ ކުރިން ވެސް ބޮޑު މުބާރާތެއްގައި ވާދަކޮށް ރަނގަޅު ހިސާބަކަށް ދަތުރުކޮށްފަ އެވެ. އޭރު ޓީމުގައި ވެސް ޒުވާން ކުޅުންތެރިން ހިމެނުނު އިރު، އޭގެ ތެރެއިން ބައެއް ކުޅުންތެރިން މިފަހަރުގެ ޓީމުގައި ވެސް ހިމެނެ އެވެ.

ކޮރެއާގައި އަންނަ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމަށް ނެޓްބޯލް ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 3 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު