Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝައިހް ކަމާލް ކަޕް

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިޓަގޮން އަބާނީ

ލީވާން އަލީ
ލީވާން އަލީ | 14 ފެބުރުއަރީ 2017 | އަންގާރަ 04:39
މުބާރާތް އިންތިޒާމުކުރާ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ

މުބާރާތް އިންތިޒާމުކުރާ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ

ބަންގްލަދޭޝްގައި އަންނަ ހޮނިހިރު ދުވަހު ފަށާ ޝައިހް ކަމާލް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ވަރުގަދަ ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ހޯމަ ދުވަހު ނެގި ގުރުވަތުލުމުގައި ޓީސީ ހިމެނިފައިވަނީ ގްރޫޕް އޭގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބާނީ ލިމިޓެޑް އާއި ކިރިގިސްޓާންގެ ޗެމްޕިއަން އަލްގާ އަލްގާ ބިޝްކެކް އެފްސީ އަދި ސައުތް ކޮރިއާގެ ޕޮޗިއޮން ސިޓިޒެން ކްލަބެވެ.

ފީފާ އަދި އޭޝިއަން ފުޓުބްލޯ ކޮންފެޑެރޭޝަން (އޭއެފްސީ) ގައި ރަޖިސްޓްރީކޮށްގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ބަންގްލަދޭޝްގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އަފްއާނިސްޓާންގެ ޝާހިން އަސްމީ އާއި ނޭޕާލްގެ މަނަގް މަރްޝައިދް ކްލަބް އާއި ޑާކާ މުހައްމަދިން އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިޓަގޮން އަބާނީ އެވެ.

މިއީ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ދެވަނަ މުބާރާތެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ޗިއްޓަގޮން އަބާނީ މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި އިންޑިޔާގެ އީސްޓް ބެންގާލް ބަލިކޮށްގެންނެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 20 ހާސް އެމެރިކާ ޑޮލަރު ދޭއިރު ރަނައަޕް ޓީމަށް 10 ހާސް ޑޮލަރު ދެއެވެ. އަދި ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރު ދޭއިރު ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު