Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަށްވެހި ފަތިސް - ނ. އަތޮޅު ބައްދަލުވުން

ނ. އަތޮޅުގެ ޒުވާނުން ބޭނުންވާ ފުރިހަމަ ތަރައްގީ ގެނެސްދޭނަން: ރައީސް ސޯލިހު

އެރަށްތަކަށް ބޭނުންވާ ތަރައްގީއާއި ހުރި ކަންބޮޑުންތައް އޮޅުއްފިލުއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2021 | އާދީއްތަ 17:44
ރަށްވެހި ފަތިސް- ހޯމަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން

ރަށްވެހި ފަތިސް- ހޯމަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން

ނ. އަތޮޅުގެ ޒުވާނުން ބޭނުންވާ ފުރިހަމަ ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި ހޯމަ ދުވަހުގެ ރޭ ވަނީ ނ. އަތޮޅުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާ އެރަށްތަކަށް ބޭނުންވާ ތަރައްގީއާއި ހުރި ކަންބޮޑުންތައް އޮޅުއްފިލުއްވާފައެވެ.

Advertisement - newsAdvertisement

ނ.އަތޮޅުގެ ރައްޔިތުންނަށް އުންމީދީ ގިނަ މެސެޖްތަކެއް ދެއްވާ ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް 2022 ވަނަ އަހަރު ފެށޭނެ ކަމަށާއި، މިއަހަރުގެ މެދުތެރެއިން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަށުގައި ގޯތި އެޅުމާ ގުޅޭގޮތުން ޕްލޭނެއް އެބައޮތް ކަމަށާއި، ވައުދާ އެއްގޮތަށް ބޯހިޔާވަހިކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ނ. އަތޮޅުގެ ރަށްތަކުގައި މިހާރު ވެސް ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ ނިޒާމު ކޮންމެ ރަށެއްގައި ގާއިމްކޮށްދޭނެ ކަމަށެވެ. ލަފާފުރުމަށް ދަތިވެފައިވާ ރަށްތަކުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްތަކަށް ވެސް ހައްލެއް ހޯދައިދޭނެ ކަމަށާއި، އެމަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން އަޑިގުޑަންތައް ގިނަވެ ފެންބޮޑުވާ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދޭނެ ކަމަށާއި، ހިނގާބިނގާވެ އުޅޭ މަގުތަކަކީ ރައްޔިތުންނަށް އަމާންތަނަކަށް ހަދައިދޭނެ ކަމަށެވެ. އެގޮތުން ފެން ހިންދުމުގެ ނިޒާމަށް ދާއިމީ ޙައްލެއް ގެނައުމަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ނ. އަތޮޅުން ވެސް ރަނގަޅު ސިއްހީ ޚިދުމަތެއް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށާއި، ރަށްތަކުގެ ސިއްހީ މަރުކަޒުތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އިންޖީނުގެ ހުރުމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިއުނދަގޫތައް ކުރިމަތިވާ ކަމަކަށްވާތީ މީހުން ދިރިނޫޅޭ ހިސާބަކަށް ގެންދެވި މިމައްސަލަތައްއަށް ވެސް ހައްލު ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ޖީލެއް ރަނގަޅު ގޮތުގައި ބިނާ ކުރެވޭނީ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވިގެން ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ސްކޫލަތަކަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމާއި، ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ކްލާސްރޫމްތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މާޅެންދޫ، ކުޑަފަރި، ހެނބަދޫ، މާފަރު، ޅޮހި އަދި މަނަދޫ ސްކޫލުގެ މަސައްކަތްތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިއަހަރުގެ މެދެއްހާ ހިސާބުގައި މަސައްކަތްތައް ކުރުމަށް ޓެންޑަރއަށް ލެވޭނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރަށެއް ތަރައްގީގެ ކުރިއަރައިދިއުމުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ޒުވާނުން ގާބިލް ބަޔަކަށް ހެދުމަށް މިހާރު ވެސް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ވަޒީފާތައް އުފެއްދުމަށް މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ އެޒުވާނުންނަށް ޚާއްސަކޮށްގެން ރަށްތަކުގައި ޒުވާނުންގެ މަރުކަޒުތައް ގާއިމް ކުރުމާއި، ކުޅިވަރުތައް ކުޅުމަށް ކޯޓުތަކާއި، ދަނޑުތައް ޒަމާނީ ފެންވަރަށް އެޅިގެންދާނެ ކަމަށެވެ. އަދި މިހާރު ވެސް ޔޫތް މިނިސްޓްރީން ގިނަ މަސައްކަތްތައް ކުރިއަށްގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު