Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެންޑޮމެޓްރިއޯސިސް ފަރުވާ

ހަފްތާ 14 ގައި ހިމެނި ނަމަވެސް އެންޑޮމެޓްރިއޯސިސްއަށް އަދިވެސް ކަވަރޭޖެއް ނުލިބޭ، ބަލި މީހުން އެތައް ވޭނެއްގައި

މިއީ ރައީސްގެ ހަފްތާ 14 ގެ ވައުދުފޮތުގައިވެސް ހިމަނާފައިވާ ކަމެއް، ނަމަވެސް ވެރިކަމަށް 8 މަސް ވެގެންދާއިރު، އެކަމަށް އަލިމަގެއް ނުފެންނަކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2024 | ހޯމަ 10:11
'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް ލިބެންޖެހޭ

'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް ލިބެންޖެހޭ

އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވިއެވެ.

މިއީ ރައީސްގެ ހަފްތާ 14 ގެ ވައުދުފޮތުގައިވެސް ހިމަނާފައިވާ ކަމެކެވެ.

ރައީސްގެ ވައުދު ފޮތުގައި ލިޔެފައިވަނީ " އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް ޚާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ" ކަމަށެވެ.

އެހެންނަމަވެސް ވެރިކަމަށް 8 މަސް ވެގެންދާއިރު، އެކަމަށް އަލިމަގެއް ނުފެންނަކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ބުނީ، އެންޑޯމެޓްރީ ސަރަޖަރީއަށް އެކަނިވެސް 14،000 ޑޮލަރު އަރާ ކަމަށާއި، ގިނަ މީހުން ސަރޖަރީ ހަދަން ޖެހެނީވެސް އިންޑިއާގެ މުމްބާއީ ނޫނީ މިސްރަށް ގޮސްގެން ކަމަށެވެ. އެއީވެސް އިތުރު އެތައް ޚަރަދެއް ހިނގާކަމަކަށްވާއިރު، އެންސްޕާއިން ލިބޭ 5000 ޑޮލަރަކީ އެކަމަށް އެކަށީގެންވާ އަދަދެއް ނޫންކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ، މިވަގުތު އެންޑޯމެޓްރިއޮސިސްއަށް އާސަންދަ ހަމަޖެހިފައިވީނަމަވެސް، އާސަންދަ ލިބޭ އެއްވެސް ހޮސްޕިޓަލެއްގައި މިބަލީގެ ސްޕެޝަލިސްޓެއް ނުވަތަ މި ބަލި ރަނގަޅަށް އެނގޭ ޑޮކްޓަރުން ނުތިބޭ ކަމަށެވެ.

ގިނަ ފަހަރަށް ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ހަދާ އެމްއާރްއައި އިން މި ބަލި ދެނެނުގަނެވިދާއިރު، އެކަން ގިނަ ފަހަރު ދިމާވާ ސަބަބަކީ ސްކޭން ނުވަތަ އެމްއާރްއައި ހަދާ އަދި އެ ރީޑްކުރާ ރޭޑިއޮލޮޖިސްޓަށް މި ބައްޔާ ބެހޭ އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުންކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ބައެއް މީހުން ބުނި ގޮތުގައި ތަކުރާރުކޮށް ޑޮކްޓަރަށް ދައްކައިގެންވެސް އެމީހުންގެ ބަލި ދެނެނުގަނެވި 7 އަހަރުވެސް ވެގެން ގޮސްފައި އެބަހުއްޓެވެ.

ކަންއެހެން ދިމާވުމުން ގިނަ ފަހަރު ރިޕޯޓު ބެލުމަށްފަހު ޑޮކްޓަރުންވެސް އެންޑޯމެޓްރީ ބަލި މީހުންނަށް އިރުޝާދު ދެނީ ހޯމޯން ބޭސްތައް ދިގު މުއްދަތަށް ބޭނުން ކުރުމަށެވެ. ނޫނީ ރަހިމު އަދި "އޯވަރީ" ނެގުމަށެވެ. އެ ޙާލަތްތަކުގައި ބައެއް ކަހަލަ ތަދުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް މިއިން އެއްވެސް ކަމަކުން އެންޑޯމެޓްރިއޮސިސް ރަނގަޅު ނުވާ ކަމަށާއި، އެކަމުގެ ވޭންވެސް ކުޑަނުވާކަމަށް އެ ބަލި ތަހައްމަލު ކުރާ ފަރާތްތަކުން ކިޔާދެއެވެ.

އޭގެ ބަދަލުގައި އެކަށީގެންވާ ފަރުވާ ނުލިބި ބަލި އިތުރަށް ފެތުރިގެން ދަނީއެވެ.

އޭގެ އިތުރުން، ޑޮކްޓަރުން އެގޮތަށް އިރުޝާދު ދިނުމުން އަސްލު ހަގީގީ ބައްޔަށް ފަރުވާ ހޯދުމަށް ބަލި މީހާއާއި، ބަލި މީހާގެ އާއިލާއަށްވެސް ގޮންޖެހުންތައް ކުރިމަތިވެއެވެ.

މި ބައްޔަކީ އާންމުންގެ ތެރޭގައި ހޭލުންތެރިކަން ވަރަށް ކުޑަ ބައްޔެއްކަންވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

އޭގެ އިތުރުން، އަސްލު ހަގީގީ ބަލި ދެނެނުގަނެވި، ރަހިމު ނަގަން ޖެހިފައިވާ މީހުންވެސް މަދެއް ނޫނެވެ. އެކަމުގެ ސަބަބުން އާއިލީ އެތައް މައްސަލަތަކާވެސް ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ. މިފަދަ މައްސަލަތަކާހެދި ބައެއް އާއިލާތައް ރޫޅިފައިވެސް އެބަހުރި ކަމަށާއި، ބަލި މީހާއަށް އިތުރު ނަފްސާނީ މައްސަލަތައް ކުރިމަތިވެފައިވާކަމަށްވެސް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ފަރާތްތަކުން ކިޔާދިނެވެ.

މި ބައްޔަކީ މުޅި ހަށިގަނޑަށް ފެތުރޭ ބައްޔެކެވެ. އެގޮތުން ބަލީގެ އަސަރު ކިޑްނީއަށް ކޮށްފިނަމަ، ކިޑްނީ ފެއިލްވުމާއި، ގޮހޮރަށް ބަލީގެ އަސަރު ކޮށްފިނަމަ ގޮހޮރުން ބައެއް ބުރިކޮށްލަން ޖެހުމާއި، ތަފާތު އެކި އިންފެކްޝަންތައް ކުރިމަތިވުމާއި، ފުއްޕާމެއަށް އަސަރުކޮށްފިނަމަ މީހާގެ ފުރާނައަށް ނުރައްކާވުން ފަދަ އެތައް ޙާލަތެއް ދިމާވާކަމަށް މި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ކިޔާދިނެވެ.

މިކަންކަން ރާއްޖެއިން ގިނަ ފަހަރު ދެނެނުގަނެވިދާއިރު، ބޭރުން ފަރުވާ ހޯދުމަށްވެސް އެތައް ޚަރަދެއް ދެއެވެ. އެހެންކަމުން މިއީ ހަރުދަނާ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބެންޖެހޭ އަދި ރައީސްގެވެސް ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ބަލީގެ ފަރުވާއަކަށް "އެގްޒިޝަން" ސަރަޖަރީ ހެދުމަށް އެންސްޕާއިން ޑޮކްޓަރުންގެ ލިއުން ހުށަހަޅައިގެން މާލީ އެހީގެ ގޮތުގައި 4500 އާއި 5100 ޑޮލަރުގެ އަދަދެއް ލިބެއެވެ. ނަމަވެސް ސަރޖަރީ ހެދުމަށާއި، ބޭރުގައި ހުރުމުގެ އެހެން ހުރިހާ ޚަރަދެއް އަދި ބާކީ އޮވެއެވެ. އެންސްޕާއިން ދޭ ފައިސާއިން ސަރޖަރީގެ ޚަރަދުވެސް ކަނޑާ  ނުލެވެއެވެ.

ވަކިން ޚާއްސަކޮށް ރަށެއްގައި ދިރިއުޅޭ ފަރާތެއްނަމަ، އިރުއިރުކޮޅާ ހަދަންޖެހޭ ޓެސްޓުތައް ހެދުން ފަދަ ކަންކަމަށް މާލެ އައިސް އެކަނިވެސް އެތައް ޚަރަދެއް ދެއެވެ. އެހެންކަމުން މިއީ މާލީ ގޮތުން ބޮޑު ބުރައަކަށް ވެގެންދެއެވެ.

ނުވިތާކަށް އެންސްޕާއިން ދޭ 5000 ޑޮލަރަށްވާ ފައިސާއަށް ޑޮލަރު ގަންނަންވެސް ޖެހެނީ ބޮޑު އަގުގައެވެ. ބޭންކުތަކުން ބޭންކު ރޭޓުގައި ޑޮލަރު ވިއްކަނީ ހަމައެކަނި އާސަންދައިގެ ދަށުންދާ ބަލި މީހުންނަށްކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި ބަލީގެ ވޭނުގައި އުޅެމުންދާ ފަރާތްތަކުން ބުނީ، މިއީ ސީރިއަސް ބައްޔެއްގެ ގޮތުގައި ގިނަ މީހުން ނުދެކޭތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

28 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު