Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ

ނޯމަލައިޒޭޝަން ކޮމިޓީ އަށް 30ގެ ގިނަ ނަން، ތިބީ ކޮންބައެއް؟

މި ކޮމިޓީ އަށް މައިގަނޑު ގޮތެއްގައި ނަން ހުށަހަޅާފައިވަނީ ހަތަރު ފަރާތަކުންނެވެ.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2024 | ހޯމަ 10:06
(ކ-ވ) ޖަނާހް، މުއިިއްޒު، ޝާހު، ޒަރިޔަންދު، ޝާހިރު، ޝަވީދު، އާޒިމް އަދި ހާމިދު

(ކ-ވ) ޖަނާހް، މުއިިއްޒު، ޝާހު، ޒަރިޔަންދު، ޝާހިރު، ޝަވީދު، އާޒިމް އަދި ހާމިދު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ ނޯމަލައިޒް ކުރަން ނިންމައި އެފްއޭއެމުން ރާއްޖޭގެ ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުންނާއި އެނޫން ފަރާތްތަކާ އިންޓަވިއުކޮށް، ކޮމިޓީ އިއުލާނުކުރަން ފީފާއިން ތައްޔާރުވެއްޖެ އެވެ.

މި ކޮމިޓީ އަށް މައިގަނޑު ގޮތެއްގައި ނަން ހުށަހަޅާފައިވަނީ ހަތަރު ފަރާތަކުންނެވެ. އެއީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އެފްއޭއެމުގެ ރައީސް ކަމަށް ކުރިމަތިލެއްވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގް (ޓޮމް) އާއި ސަސްޕެންޑްކޮށްފައިވާ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުންނާއި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހެވެ.

ކޮމިޓީ އަށް 30ވުރެ ގިނަ ނަން ހުށަހަޅާފައިވާކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މީގެ ތެރެއިން ކޮމިޓީގައި ޖަހާން ހިމަނާނަމަ ޗެއާމަންކަން ދޭނީ އޭނާ އަށެވެ. ކޮމިޓީގައި ހިމަނަން ދެން ހުށަހަޅާފައިވާ މުހިންމު ނަންތަކުގެ ތެރޭގައި އެފްއޭއެމުގެ ކުރީގެ ރައީސް އަލީ އާޒިމް އާއި 2008ގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަހުމަދު ޝާހިރު އާއި 2014 ވަނަ އަހަރުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަދި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސްކަން ކުރެއްވި ބައްސާމްގެ އެޑްވައިޒަރު މުހައްމަދު ޝަވީދު އާއި އެފްއޭއެމުގެ ކުރީގެ ތިން ޖެނެރަލް ސެކްރެޓަރީން ކަމަށްވާ ޝާހު އިސްމާއިލް (ސާޔާ) އާއި ހާމިދު އަބްދުލްގަފޫރާއި އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ)ގެ ނަން ހިމެނެ އެވެ. މީގެ އިތުރުން އެފްއޭއެމުގެ ކުރީގެ އެގްޒެކެޓިވް ސެކްރެޓަރީ ހުސައިން ރަޝީދާއި، ތަޖުރިބާކާރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު އާއި ކުރީގެ ދެ ގައުމީ ކީޕަރުން ކަމަށްވާ މައުރޫފް އަހުމަދު (މާއްޓޭ) އާއި އިސްމާއީލް ޒަރިޔަންދު ވެސް ހިމެނެ އެވެ. މީގެ އިތުރުން ކުރީގެ ގައުމީ ކެޕްޓަން މުހައްމަދު ކަލީމާއި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭނާއި ގައުމީ އަންހެން ޓީމުގެ ކޯޗު މުހައްމަދު ނިޒާމާއި އެފްއޭއެމުގައި މިހާރު ވެސް މަސައްކަތް ކުރައްވާ ދެ ބޭފުޅުން ކަމަށްވާ ކޮންސަލްޓަންޓް އަދި ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު އާދަމާއި އެފްއޭއެމުގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ހިމެނެ އެވެ.

މީގެ އިތުރުން ކުރިން ބުރު ސްޕޯޓްސް ހިންގި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަލީ ނާޝިދު (އޮގަރު އައްޔަ) އާއި ކުރީގެ ކުޅުންތެރިޔާ އަބްދުﷲ އާމިރުގެ ވެސް ހިމެނެ އެވެ.

އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ ދެ ސަބަބަކާހުރެ އެވެ. އެއީ އިދާރީ ހިންގުން ބޮއްސުންލައި، ތަން ހިންގާނެ ބަޔަކު ނެތުމުންނާއި ފައިސާ އަށް ހިޔާނާތްތެރިވިކަން ފީފާގެ އޮޑިޓްތަކުން ފަޅާ އެރުމުންނެވެ. އެންމެ ދިގުވެގެން އެއް އަހަރު ދުވަހަށް އެކުލަވާލާ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް މީހުން ނަގާނީ ފީފާއިންނެވެ. ކޮމިޓީގައި ތިބޭނީ ކިތައް މީހުންކަން ވެސް ނިންމާނީ އެ ޖަމާއަތުންނެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނަށް ފީފާއިން 4000 ޑޮލަރާއި 6000 ޑޮލަރާ ދެމެދުގެ މުސާރައެއްދޭނެ އެވެ.

ކޮރަޕްޓް ވެފައިވާ ރާއްޖޭގެ ފުޓްބޯޅަ ހިންގަން ހަވާލުވާ ނޯމަލައިޒޭޝަން ކޮމިޓީ އަކީ ވަރަށް ގިނަ ބާރުތަކެއް ލިބިފައިވާ ކޮމިޓީއެކެވެ. މި ގޮތުން ފީފާއިން ވަނީ މި ކޮމިޓީގެ މެމްބަރުންނަށް މައިގަނޑު ގޮތެއްގައި ހަ ކަމެއް މަތިކުރަން ނިންމައިފަ އެވެ. އެއީ: ފީފާ އަދި އޭއެފްސީން ދީފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާނަމަ އެ ފައިސާ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހޯދުމާއި އެފްއޭއެމުގެ އަސާސީ ގަވައިދާއި އިލެކްޓޯރަލް ކޯޑު އިސްލާހު ކުރުމާއި ދަރަނި ރީސްޓްރަކްޗާ ކުރުން ހިމެނެ އެވެ. އަދި ފީފާއިން އައްޔަންކޮށްފައިވާ މާލީ ކޮންސަލްޓަންޓާ ގުޅިގެން ކަންކަން އިންތިޒާމް ކުރުމާއި ފީފާގެ ފޮރެންސިކް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުމާއި އެފްއޭއެމުގެ އައު އިންތިހާބު ބޭއްވުމާއި މުބާރާތްތައް ބާއްވައި އެފްއޭއެމް ދުވަހުން ދުވަހަށް ހިންގުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު