Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިޒްރޭލް ހަނގުރާމަ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 25 ފަލަސްޠީނު މީހުން ޝަހީދު ކޮށްލައިފި

މެދުއިރުމަތީގައި ހަލަބޮލިކަން އިތުރުވަމުންދާ ވަގުތެއްގައި، ހިޒްބުﷲ އިން ވަނީ އުތުރު އިސްރާއީލުގެ އެކި އަވަށްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދީފައެވެ.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2024 | ހޯމަ 18:03
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަނގުރާމައިގައި މަދުވެގެން 39،897 މީހުން ފަލަސްތީނުން ޝަހީދުވެފައިވޭ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަނގުރާމައިގައި މަދުވެގެން 39،897 މީހުން ފަލަސްތީނުން ޝަހީދުވެފައިވޭ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 25 ފަލަސްޠީނު މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދު ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން ހަމަލާތައް ހުއްޓާލާ ސުލްހަ ގާއިމް ކުރުމަށް އެމެރިކާ އާއި މިސްރާއި ގަތަރުން އިސްވެ މަޝްވަރާގެ މޭޒަށް އިޒްރޭލާއި ހަމާސް ގެ މަންދޫބުން ގެނައުމަށް ކުރަމުންދާ މަސައްކަތުގައި އުއްމީދު އެބައޮތް ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ވެދާންތް ޕަޓެލް ވިދާޅުވީ، ހަމަޖެހިފައިވާ ގޮތަށް ބުރާސްފަތި ދުވަހު ޣައްޒާގެ ސުލްޙައިގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އެމެރިކާއިން އުންމީދުކުރާ ކަމަށެވެ

ޣައްޒާ ސިޓީގެ އަލް-ތަބިއީން ސްކޫލަށް އިސްރާއީލުން ދިން ހަމަލާ ދިފާއު ކުރައްވާ އޭނާ ވިދާޅުވީ އެ އިމާރާތުގައި ހަމާސްގެ ބަޔަކު ފޮރުވިފައި ތިބި ކަމަށް ބެލެވޭތީ ދިން ހަމަލާއެއް ކަމަށެވެ.

ހަމާސް އިން ބުނެފައިވަނީ އެ ސްކޫލަކީ ހަމާސް ގެ އެއްވެސް ހަނގުރާމަވެރިޔަކު އުޅޭ ތަނެއް ނޫން ކަމަށެވެ.

ސަތޭކަ އަށް ވުރެ ގިނަ ފަލަސްތީން މީހުން ޝަހީދުވި މި ހާދިސާގައި އިޒްރޭލުން އެ ސްކޫލްގެ ކޮމްޕައުންޑަށް ބޮން އެޅިއިރު ޓާގެޓް ކޮށްފައިވަނީ އެ ތަނުގެ ނަމާދު ކުރާ ބަޔަށް ކަން ފާހަގަ ކުރެވެއެވެ. އިޒްރޭލުން ބޮން އަޅާފައިވަނީ ފަތިސް ނަމާދަށް މީހުން ތިއްބާ ކަމަށް މީޑީއާ ރިޕޯޓްތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

ބުރާސްފަތި ދުވަހު ސުލްހައިގެ ވާހަކަތައް ބޭއްވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް އެމެރިކާއިން ބުނެފައިވާއިރު، ހަމާސް އިން ބުނެފައިވަނީ އައު ވާހަކަތަކެއް ދެއްކުމަށް ބައްދަލުކޮށް ވަގުތު ނަގާލުމުގެ ބަދަލުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ހުށަހެޅުމައިގެން ކުރިއަށް ދިއުމަށް އެމެރިކާ، ޤަޠަރު އަދި މިޞްރަށް ގޮވާލާ ކަމަށެވެ.

މެދުއިރުމަތީގައި ހަލަބޮލިކަން އިތުރުވަމުންދާ ވަގުތެއްގައި، ހިޒްބުﷲ އިން ވަނީ އުތުރު އިސްރާއީލުގެ އެކި އަވަށްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދީފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަނގުރާމައިގައި މަދުވެގެން 39،897 މީހުން ފަލަސްތީނުން ޝަހީދުވެ، 92،152 މީހުން ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު 7 ގައި ހަމާސް އިން ދިން ހަމަލާގައި އިސްރާއީލުގެ 1،139 މީހުން މަރުވި ކަމަށް ލަފާކުރެވޭ އިރު، 200 އަށްވުރެ ގިނަ މީހުން ހަމާސް އިން ވަނީ ހައްޔަރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
21 މާރިޗު 2017

ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ

21 މާރިޗު 2017
ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު