Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުން

ހަނިމާދޫ އެއަރޕޯޓް ހިންގުމުގެ އަމާޒަކަށް ވާންވީ ފައިދާ ހޯދުން - ނަޝީދު

ހަނިމާދޫ އެއަރޕޯޓަށް ދެކުނު އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ފެންވަރުގެ އެއަރޕޯޓަކަށް ވުމުގެ ފުރުސަތު އެބައޮތް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 އެޕްރީލު 2021 | އަންގާރަ 01:55
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު

ހދ. ހަނިމާދޫގައި ގާއިމް ކުރެވޭ ބައިނަލްއަގްވާމީ އެއަރޕޯޓް ހިންގުމުގައި ތިލަދުންމަތީ ރައްޔިތުންގެ އަމާޒަކަށް ވާންވީ ފައިދާ ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ކުރިއަށް ގެންދާ ރަށްވެހި ފަތިސްގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހދ. ދިއްދޫއަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ފެންވަރުގެ އެއަރޕޯޓަކަށް ވުމުގެ ފުރުސަތު އޮތް އެއަރޕޯޓެއް ކަމަށާއި އެއަރޕޯޓް ހިންގުމުގައި ތިލަދުންމަތީ ރައްޔިތުން އަމާޒު ހިފަންވީ ފައިދާ ވާނެ ގޮތަށް އެއަރޕޯޓް ހިންގޭނީ ކާކަށް ކޮން ގޮތަކަށްތޯ ބަލައި އެގޮތަށް ހިންގުން ކަމަށް ވިދާޅުވެފައެވެ.

ތިލަދުންމަތީގައި ރިސޯޓް ތަރައްގީކުރަން ރަށްތައް ވަރަށް ގިނައިން ދޫކުރެވިފައިވާ ކަމަށާއި މަދު ރަށެއް ނޫނީ ތަރައްގީކުރެވިފައި ނުވާއިރު، ރަށްތަކުގައި ރިސޯޓް ތަރައްގީނުވުމުގެ އެންމެ ބޮޑު ސަބަބަކީ ދަތުރުފަތުރުގެ ނިޒާމެއް ނެތުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި ރިސޯޓެއް ހެދުމަށް ދޫކުރާ ރަށެއް ނުހެދެނީ އޭގެން ލިބޭ މަންފާ އާއި ނަފާ ކުޑަވެގެން ނޫންކަމަށާއި އެއީ ވިޔަފާރީގެ ގޮތުން ކުރެވޭނެ ކަމެއް ކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ނުފެންނާތީ ކަމަށް ވެސް ވިދާޅުވިއެވެ.

މަސައްކަތް ކުރަންވީ އެއަރޕޯޓް ތަރައްގީކޮށް ނިންމުމަށް ކަމަށާއި އެއަށްފަހު ޓެންޑަރަށް ރަށްތައް ހުޅުވާނުލިޔަސް ރަށްތައް ތަރައްގީކުރުމަށް ބޭނުންވާ މީހުން އެކަން ކުރުމަށް އެދި ހުށައަޅާ އެކަން ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ތިލަދުންމަތީގެ ރަށްތަކަކީ ގުދުރަތީ ވަސީލަތްތައް ގިނަ ރީތި ރަށްތަކެއް ކަމަށާއި އެރަށްތަކުން ރިސޯޓް ވިޔަފާރި ނުހިންގޭނެކަމަށް ބުނާނެ އެއްވެސް މީހެއް ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ހަނިމާދޫ އެއަރޕޯޓް ބައިނަލްއަގްވާމި އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް 2010 ވަނަ ކޮންސެޕްޓެއް އެކުލަވާލެވިފައި އޮތްކަމަށާއި މިހާރުވެސް އެ އެއަރޕޯޓް ބިނާކުރުމުގެ ގިނަ ކަންކަން ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. އެއަރޕޯޓް ބިނާކުރުމަށް ސަރުކާރުން ރާވާފައި ވަނީ ސަރުކާރުގެ ލޯނު ހަރަދުގައި ކަމަށާއި މީގެ ސަބަބުން ހަނިމާދޫ އެއަރޕޯޓަކީ ސާފު ގޮތުގައި ދިވެހި ސަރުކާރަށް ހިންގެން އޮތް ރަނގަޅު ހަރުމުދަލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

29 ނޮވެމްބަރު 2017
ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި
07 ނޮވެމްބަރު 2017

ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި: ހަނީފާ

07 ނޮވެމްބަރު 2017
ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި: ހަނީފާ
28 އޮކްޓޯބަރު 2017

ކުޅި ހިއްކައިގެން އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި

28 އޮކްޓޯބަރު 2017
ކުޅި ހިއްކައިގެން  އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި
26 އޮކްޓޯބަރު 2017

އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި

26 އޮކްޓޯބަރު 2017
އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި
18 އޮކްޓޯބަރު 2017

ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް

18 އޮކްޓޯބަރު 2017
ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް
29 ސެޕްޓެމްބަރު 2017

ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ

29 ސެޕްޓެމްބަރު 2017
ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ
11 ޖޫން 2017

އެއަރޕޯޓް ސަރޗާޖް ނަގަންފެށުމާއެކު މޭމަހު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

11 ޖޫން 2017
އެއަރޕޯޓް ސަރޗާޖް ނަގަންފެށުމާއެކު މޭމަހު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
02 ޖޫން 2017

ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް

02 ޖޫން 2017
ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު