Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްވެހިފަތިސް ނިންމުމަށް ބޭއްވި ޖަލްސާ

ރަށްވެހި ފަތިހާއެކު ހުރިހާކަމެއް އާއްމު ހާލަތަށް ރުޖޫއަވާނެ - ރައީސް

8 އެޕްރީލު 2021 | ބުރާސްފަތި 17:51

402،303 މީޓަރުގެ ކޭބަލް މުޅިން އަލަށް ގާއިމް ކޮށްފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 އެޕްރީލު 2021 | ބުރާސްފަތި 17:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރަށްވެހި ފަތިހާއެކު ހުރިހާ ކަމެއް އާއްމު ހާލަތަށް ރުޖޫއަ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ނިންމުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަށްވެހި ފަތިހާއެކު އަމިއްލަ ބަޖެޓާއި މާލީ މުއާމަލާތާއި އާމްދަނީ އުފެއްދޭނެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި ޓެންޑަރ މަރުހަލާއިން ފެށިގެން ކޮންމެވެސް އެއް މަރުހަލާގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފެށިފައިނުވާ އެއްވެސް ރަށެއް މި ރާއްޖޭގައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަމާޒަކީ ދައުރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިންމަވާ އެކަމުން އަތް ދޫކޮށްލުން ކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކަން ވާނީ ގައިން ތާހިރުވެ ތިބެގެން ކަމަށެވެ.

އަތޮޅުތެރޭގެ ކަރަންޓުގެ ޚިދުމަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ކަރަންޓުު ކެނޑުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރަށް ބޭލި 176 ބޮޑެތި ޖަނޭޓަރު އެކި ރަށްރަށުގެ އިންޖީނުގެތަކަށް ލާމަރުކަޒު ކޮށްފައިވާ ކަމަށެވެ. އަދި 402،303 މީޓަރުގެ ކޭބަލް މުޅިން އަލަށް ގާއިމް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޒަމާނާ ގުޅޭ ފަރުމާއަށް ރަށްރަށުގެ އިންޖީނުގެތައް އެޅުން ބައްޓަން ކުރެވި އޭގެތެރެއިން 20 ރަށެއްގައި އެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން 45 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

2018 ވަނަ އަހަރު ނިމުނު އިރު އަތޮޅުތެރޭގައި ކަރަންޓު އުފެއްދޭ މިންވަރަކީ 153 މެގަވޮޓް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރު އައުމަށްފަހު އިތުރު 180 މެގަވޮޓް އުފެއްދޭނެ ގާބިލުކަން މާލެ ސަރަހައްދުން ބޭރުގައި ގާއިމުކުރެވިފައިވާ ކަމަށެވެ. ދެ އަތޮޅެއްގެ ހުރިހާ ރަަށެއްގައި އަވިން އުފައްދާ ކަރަންޓުގެ ޖުމްލަ 2،868 ކިލޯވޮޓާއި ހަމަކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓަރޝައަރީ ފެންވަރަށް ހޮސްޕިޓަލް ގާއިމްކުރުމުގެ މަސައްކަތް ފެށީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. މި މަސައްކަތްތައް ނިމޭނީ ސްޕެޝަލިސްޓް ޚިދުމަތްތަކާ އެކުގައި ކަމަށެވެ. އަންހެނުންގެ ޚާއްސަ ބަލިތަކަށް ފަރުވާ ދިނުމާއި ބޮޑެތި އޮޕަރޭޝަންތައް މާލެ ނައިސް ކާމިޔާބު ކުރެވިފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑް-19ގެ ހާލަތުގައި އަތޮޅުތެރޭގައި ގާއިމް ކުރެވިފައިވާ ހޮސްޕިޓަލުތަކުން އޯޕީޑީން އެކަނި ވެސް 392،533 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަމުންދާ 10،486 ދަރިވަރުން އެބަތިބިކަން ފާހަގަ ކުރައްވާފައެވެ. ދަތުރުފަތުރުގެ ނިޒާމަށް އައި ހެޔޮ ބަދަލުތަކާއި ގާއިމް ކުރެވެމުންދާ އެއަރޕޯޓުތަކުން މުޅި ރާއްޖެ ވައިގެމަގުން ގުޅާލެވޭނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތްކަން ވެސް ހާމަކުރެއްވިއެވެ. މީގެ އިތުރުން ހައި ސްޕީޑް ފެރީގެ ނިޒާމު ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްވެސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ 2022 ވަނަ އަހަރު ހަމައެކަނި އަތޮޅުތެރޭގެ ބޯހިޔާވަހިކަަމަށް 1.5 ބިލިއަން ރުފިޔާ ބަޖެޓު ކުރާނެ ކަމަށެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ މީހުންނަށް އަވަސް މުސްތަގުބަލެއްގައި ގިނަ ލުއިތަކެއް ލިބި އެ ސިނާއަތްތައް ކުރިއަރައިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
24 މާރިޗު 2017

ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!

24 މާރިޗު 2017
ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް