Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރުތިލަފަޅު އެއްބަސްވުން ސިޔާސީ ކުރުން

އުތުރުތިލަފަޅު އެއްބަސްވުން ސިޔާސީ ކުރުމަށް އިދިކޮޅު ކޯލިޝަނަށް އޯޑަރެއް!

މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކޮށްފައިވަނީ ޕީޕީއެމްގެ އެކި ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މެމްބަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2021 | އަންގާރަ 13:01
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް- ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ޑިފެންސް އެކްޝަން ޕްލޭންގައިވެސް އުތުރުތިލަފަޅުގެ މަޝްރޫއު ހިމެނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް- ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ޑިފެންސް އެކްޝަން ޕްލޭންގައިވެސް އުތުރުތިލަފަޅުގެ މަޝްރޫއު ހިމެނޭ

އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް މި ސަރުކާރުން މިވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެހެންނަމަވެސް، އެ އެއްބަސްވުން އިތުރަށް ސިޔާސީ ކޮށް، ޤައުމު ހަލަބޮލި ކުރުމަށް އިދިކޮޅު ކޯލިޝަނުން ބޮޑެތި ރޭވުންތަކެއް ދަނީ ރާވަމުންނެވެ.

އިދިކޮޅު ކޯލިޝަންގައި ވެސް ހިޔާލުތަފާތު ވެފައިވާ މި މައްސަލަ ހޫނުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް ވަނީ ކަށަވަރުކޮށްދީފައެވެ. އުތުރު ތިލަފަޅާއި ގުޅޭ މި މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކޮށްފައިވަނީ ޕީޕީއެމްގެ އެކި ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މެމްބަރެކެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރުތިލަފަޅުގެ އެއްބަސްވުން ސިޔާސީ ކުރުމަށް އިދިކޮޅުން ރާވަމުންދަނީ ސީދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަޝްވަރާއާއި އިރުޝާދުގެ މަތިންނެވެ. އެހެންނަމަވެސް، އެކަމާ ޕީޕީއެމްގެ ބައެއް މެމްބަރުން ނުރުހުންވާކަން ފާހަގަކޮށް އޭނާ ވަނީ ދާދި ފަހުން އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ސުބްރަމަންޔަމް ޖައިޝަންކަރް އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅޭ ކަންބޮޑުވުން ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި އޭނާ ހިމެނޭ ގޮތަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ލީޑަރޝިޕްއާ އެ ކަންބޮޑުވުން ހިއްސާ ވެސް ކޮށްފައެވެ.

އޭގެ އިތުރުން، އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ޑިފެންސް އެކްޝަން ފްރޭމްވޯރކްގައި ވެސް ހިމެނިފައިވާ އެއްބަސްވުމަކަށްވެފައި، އެކަން މިއަދު ސިޔާސީ ކުރަން މަސައްކަތް ކުރާތީ އެކަމާ ވެސް އެ ޕާޓީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކޮށްފައިވެއެވެ. އެހެންނަމަވެސް، އެއީ ސިދާ ރައީސް ޔާމީނުގެ "އޯޑަރެއް" ކަމަށްވުމާއެކު، އިދިކޮޅުން ދަނީ އެކަމަށްޓަކައި ގިނަ ރޭވުންތައް ރާވަމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އިދިކޮޅުން މިކަމުގައި ގެންގުޅޭ މައިގަނޑު ވިސްނުމަކީ އުތުރުތިލަފަޅު އެއްބަސްވުމަކީ ޤައުމީ ސަލާމަތަށް ފުށުއަރާ ކަމެއްގެ ގޮތުގައި ދެއްކުމެވެ. އަދި އެއަށްފަހު، މާލޭގައި ޙަރަކާތްތެރިވާ ގްރޫޕުތަކުގެ އެހީގައި މާލެތެރެ ހަލަބޮލިކޮށް، ސިޔާސީ ގޮތުން ޤައުމު ހަލަބޮލި ކުރުމަކީ ސަރުކާރަށް ޕްރެޝަރ ކުރުމަށްޓަކައި މިވަގުތު އެންމެ ފަސޭހަ އެއް މަގު ކަމަށް އިދިކޮޅުން ދެކޭކަން އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް، މި ވިސްނުމާ ޕާޓީގެ އެތެރޭގެ ބައެއް މެމްބަރުންވެސް ވަނީ ޙިޔާލު ތަފާތުވެފައެވެ.

ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދަނަކަން އިތުރުކުރުމަށްޓަކައި މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި "ސިފަވަރު" ގެ ނަމުގައި ގާއިމްކުރާ ކޯސްޓްގާޑް ބަނދަރާއި ސާރވިސް ޑޮކްޔާޑުގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމުގެ ޔަގީންކަން ސިފައިންވެސް ވަނީ ދީފައެވެ. ދިވެހި ސިފައިން ބުނެފައިވަނީ މި ބަނދަރުގައި ތިބޭނީ ދިވެހި ސިފައިންނާއި ދިވެހި މުވައްޒަފުން ކަމުގައެވެ. ބަނދަރަކީ ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާ ތަނެއްކަމަށާއި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ގާއިމުވެގެން ނުތިބޭނެކަންވެސް ސިފައިން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ 2013 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތަށްފަހު، 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަނުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު