Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީ ވަގު ފޯމް

ރައީސް މުއިއްޒަކީ ދޮގުހެއްދުމާއި ވައްކަންކުރުމުގައި އަރާހުންނެވި ރައީސެއް: ޒިޔާދު

ވަގު ފޯމް ތަކުގެ ފުރިހަމަ ޒިންމާ ހޯމް މިނިސްޓަރ އިހުސާން ނަންގަވަން ޖެހޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2025 | ބުރާސްފަތި 08:01
ޒިޔާދު

ޒިޔާދު

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވައްކަންކުރުމާއި ދޮގުހެދުމުގައި ދެން އެވަރެއް ރާއްޖޭގައި ނުހުންނާނެ ފަދަ ރައީސެއް ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ޒިޔާދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ގިނަ ބައެއްގެ ޒާތީ މައުލޫމާތު ވަގަށްނަގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން އަށް ވެއްދި ކަމަށް ބުނާ މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ މިއީ ސީދާ ހޯމްލެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން އަޑީގައި ހުންނަވައިގެން ކުރައްވާފައިވާ ބޮޑު ވައްކަމެއް ކަމަށެވެ. ފިއްޓޭ ވިދާޅުވީ ވަގު ފޯމުތަކަށް މީހުންގެ ޒާތީ މައުލޫމާތުތައް ނަގާފައި ހުރީ ޑީއެންއާރުން ކަމަށާއި އެހެން ކަމުން މިވަގުތު ހޯމްލޭންޑް ސެކިއުރީޓި މިނިސްޓަރ ވަގުތުތުން އެ މަޤާމުން ބޭރުކުރަން ޖެހޭކަމަށެވެ.

ފިއްޓޭ ވިދާޅުވީ ވަގަށް ނަގާފައިވާ މައުލޫމާތު ފޯމް ތަކަށް ބަލާލީމަވެސް އަދި ނަގާފައި ހުރި ފޮޓޯތަކަށް ބަލާލިނަމަވެސް އެއީ ސީދާ މިނިސްޓަރ އިހުސާން އަޑީގައި ހުންނަވައިގެން ކުރައްވާފައި ހުރި ކަމެއްކަން އެނގޭކަމަށެވެ. ނަމަވެސް މި މައްސަލަ އަނެއްކާވެސް ބަލަން މި ހުންނެވީ އިތުބާރު ގެއްލިފައި ހުންނެވި މިނިސްޓަރ އިހުސާން ކަމަށާއި އެހެންކަމުން އެކަން އިންސާފުން ދާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވީ މިއަދު މި ދައްކަނީ ވަރަށް ބޮޑު ރައްޔިތުންގެ މަސްލަހަތު އޮތް ބޮޑު ވައްކަމެއްގެ ވާހަކަކަމަށާއި އެއީ އެހާފަސޭހައިން ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ. އަދި ޕީއެންސީއަށް މިހާރު މި ވައްދާ ވަރަށް ވަގު ފޯމްތައް ފުރައިގެން މީހުން ވައްދަނީ މިނިސްޓަރ އިހުސާން ކަހަލަ އިތުބާރެއް ނެތް ބޭފުލަކު ހުރީކަމަށް ވެސް ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވީ މަޖިލީހުގެ ރައީސަކީ ބޮޑު ޅެންވެރިއެއް ކަމަށާއި އެބޭފުޅާ އަބަދަުވެސް އޭރުގެ ހާލަތު ސިފަކޮށްދެއްވަމުން ގެންދަވަނީ ޅެންބަހުން ވާހަކަދައްވައިގެން ކަމަށެވެ. އެގޮތުން ޕީއެންސީއަށް އެހާ ގިނަ އަދަދަކަށް މެމްބަރުން ވައްދަމުން އެގެންދަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިމުމަތްތެރި ކަމުންކަމަށް ވިދާޅުވިކަމަށެވެ. އަދި މަޖިލީހުގެ ރައީސް އެވިދާޅުވާ ހިކުމަތްތެރިކަމަކީ ކޮބައިކަން ވަރަށް ސާފުކަމަށާއި އެ ވިދާޅުވާ ހިކުމަތްތެރިކަމަކީ ރައީސް މުއިއްޒަކީ ދޮގުހެއްދެވުމާއި ވައްކަން ކުރުމުގައި ދެން އެވަރެއް ނެތް ބޭފުޅެއް ކަން ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ގިނަ މީހުން ވަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޙިކުމަތްތެރިކަމުންކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވި ކަމަށާއި ނަމަވެސް މަޖިލީހުގެ ރައީސް އެ ވިދާޅުވާ ހިކުމަތްތެރިކަމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ ދޮގުހެއްދެވުމާއި ވައްކަން ކުރުމުގައި އެވަރެއް ނެތް ބޭފުޅެއްކަން ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ އިތުރަށް ވިދާޅުވީ ޕީއެންސީގައިވެސް މި ވަގު ފޯމްތައް ހުށަހެޅުމާއި ދެކޮޅު ބޭފުޅުން އެބަތިއްބެވި ކަމަށާއި ޕީއެންސީގެ ހުރިހާ ބޭފުޅުންނަކީ މިފަދަ ކަންކަމަށް ތާއީދުކުރައްވާ ބޭފުޅުންނޫންކަމަށެވެ. ނަމަވެސް ޕީއެންސީ މިހާބޮޑަށް ވައްކަމާއި ދޯޅަވެގެން މި އުޅެނީ އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބަދަލުވި ހިސާބުން ކަމަށާއި އެ ހުރިހާ ވައްކަމެއް ކުރަން ފެށީ ރައީސް މުއިއްޒު އެ ޕާޓީގެ ރައީސް ކަމަށް އައި ހިސާބުން ކަމަށް ފިއްޓޭ ވިދާޅުވީއެވެ.

ފިއްޓޭ ވިދާޅުވީ މީގެ ކުރިންވެސް އެ ބުނާ ޕީއެންސީއެއް އޮތް ކަމަށާއި ނަމަވެސް ކުރީގެ ލީޑަރޝިޕްގެ ދަށުން އެ ޕާޓީން މިފަދަ ކަންކަން ކުރާކަމަށް ވާހަކަ ދެކެވިފައި ނުވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު