Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ފުދިއްޖެ، ފުނޑިއްލެ" ރެލީ

ރައްޔިތުންނާއި ގައުމު ހަނާވަމުން ދާއިރު، އެމްޑީޕީން ބަލާކަށް ނުތިބޭނެ: ވަހީދު

ގައުމު މިއަދު މި ވަނީ ނުރައްކާތެރި، އަދި ނާޒުކުރު ހާލަތަކަށް ވެއްޓިފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2025 | ބުދަ 05:05
ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު

ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު

ގައުމު މިއަދު މިވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި ކަމަށާއި ރައްޔިތުންނާއި ގައުމު ހަނާވަމުން ދާއިރު، އެމްޑީޕީން ބަލަން ނުތިބޭނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެެސްދިން "ފުދިއްޖެ، ފުނޑިއްޖެ" ޚާއްޞަކަވަރޭޖުގައި ވާހަކަދައްވަމުން ވައްޑޭ ވިދާޅުވީ ގައުމު މިއަދު މި ވަނީ ނުރައްކާތެރި، އަދި ނާޒުކުރު ހާލަތަކަށް ވެއްޓިފައި ކަމަށެވެ. އެގޮތުން ގައުމު މިހާރު މިއޮތް ހާލަތުން ސަލާމަތް ކުރުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކުވެސް ކުރަން ޖެހިފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ގައުމު މިއަދު މިދަނީ ޚުދުމުހުތާރު ވެރިކަމަކާއި ދިމާއަށް ކަމަށާއި ހަމައެއާއި އެކު ގައުމުގެ ރައްޔިތުން މިއަދު މިވަނީ ވަރަށް ބިކަހާލު ޖެހި ސަލާން ޖަހަން ޖެހިފައި ކަމަށެވެ.

ވައްޑޭ ވިދާޅުވީ ހަމަ ރަނގަޅަށް ހިނގަހިނގާ އޮތް ގައުމެއް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މިވީ އެއް އަހަރު ދުވަސްތެރޭގައި މުޅި ގައުމު އިނދަޖައްސާލައި ފުން ވަޅުގަނޑަކަށް ވައްޓާލައިފިކަމަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންނަށް ވަރަށް ފޮނި ވައުދުތަކެއް ވެގެން ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް ވެސް އެއްވެސް ވައުދެއް ފުއްދާފައި ނުވާކަން ވައްޑޭ ފާހަގަކުރިއެވެ.

ވައްޑޭ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވި އެންމެ ބޮޑުއެއް ވައުދަކީ ރައްޔިތުންނަށް ފްލެޓާއި ގޯތި ދޭނޭކަމަށް ވި ވައުދު ކަމަށާއި އަދި އޭގެ އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދުކަމަށެވެ. ނަމަވެސް ގޯއްޗާއި ފްލެޓަށް ވި ވައުދާއިވެސް ޚިލާފުވެ، އެތައް ހާސް ރައްޔިތުންނެއް ވަޒީފާއިން ވަކިކޮށް މަގުމަތިކޮށް ބިކަހާލުގައި ޖައްސާފައިވާ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ އެމްޑީޕީ އަކީ ދިވެހި ރައްޔިތުންގެ ހައްޤުގައި އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެއް ކަމަށާއި އެގޮތުން ރައްޔިތުންނަށް ދިމާވާ ކޮންމެ ހިތާމައެއްގައި، ދަތިކަމެއްގައި އެމްޑީޕީ ރައްޔިތުންގެ ދިފާއުގައި ނުކުންނާނޭ ކަމަށެވެ.

ކަންމިހެން ހުރިއިރު، މިއަދު އެމްޑީޕީ މަގުމައްޗަށް މި ނުކުންނަނީ މި ސަރުކާރުން ރައްޔިތުންނަށް ވި އެއްވެސް ވައުދެއް ނުފުއްދާ، ގައުމު އަނދަވަޅަކަށް ވައްޓާލާތީ އެކަންކަމުން ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމަށް ކަމަށް ވެސް ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑު ނުއުފުލައިފި ނަމަ ކުރިއަށް އޮތްތަނުގައި ގައުމުގެ ހާލަތު އިތުރަށް ގޯސްވެ، ފުނޑިގެންދާނޭ ކަމަށެވެ. އެހެން ކަމުން މިމަހުގެ 31 ވަނަ ދުވަހު ގައުމާއި ގައުމުގެ ރައްޔިތުންގެ ހައްޤުގައި "ފުދިއްޖެ، ފުނޑިއްޖެ" ހަރަކާތުގައި ހުރިހާ ރައްޔިތުންވެސް ބައިވެރި ވުމަށް ވައްޑޭ ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު