Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ މައްސަލަތައް

މަރުވި ކުއްޖާގެ މަންމަ މާފު ކުރުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

11 ޖުލައި 2024 | ބުރާސްފަތި 06:52

ކޮންމެ މަރުޙަލާއެއްގައިވެސް ވާރިސަކު މާފުކޮށްފިނަމަ، ކޯޓުތަކުން ޙުކުމް ބަދަލުކޮށްދޭން ޖެހޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖުލައި 2024 | ބުރާސްފަތި 06:52
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

މަރުގެ މައްސަލައެއް ސާބިތުވި ކުޑަ ކުއްޖަކަށް، މަރުވި ކުއްޖާގެ މަންމަ މާފު ކުރުމުން އެ ކުއްޖާ މަރުގެ އަދަބުން ސަލާމަތްވެއްޖެއެވެ.

މި މައްސަލައަކީ 2013 ޑިސެމްބަރު 24 ވަނަ ދުވަހު 22:30 އެހާކަންހާއިރު އެ ކުޑަކުއްޖާ އިތުރު ބަޔަކާއެކު މއ. ޢާއިޝާ، ޙުސައިން ވަޙީދަށް ޙަމަލާދިން މައްސަލައެވެ.  

Advertisement - newsAdvertisement

މި ޙަމަލާ ދިނުމުގައި އެ ކުއްޖާގެ އަތުގައި އޮތް 08 އިންޗީގެ ދިގުމިނުގެ ވަޅިއެއް ޙުސައިން ވަޙީދުގެ މެއަށް ހަރާލާފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުގެ ފަރާތުން އެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކުރިއެވެ. އަދި މި ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ނިންމާފައިވެއެވެ.

ޤިޞާޞް ހިފުމާމެދު ޖުވެނައިލް ކޯޓުގައި ޙުސައިން ވަޙީދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ 09 ވާރިސުން ބުނެފައިވަނީ މަރަށް މަރު ހިފުމަށް ބޭނުންވާ ކަމުގައެވެ. ވުމާއެކު ޖުވެނައިލް ކޯޓުން އެ ކުއްޖާ މެރުމަށް ޙުކުމް ކޮށްފައިވެއެވެ.

ޖުވެނައިލް ކޯޓުން މައްސަލަ ނިންމުމުން އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އަދި ހައިކޯޓުން މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް 30 އޭޕްރިލް 2019 ގައި މައްސަލަ ނިންމާފައިވެއެވެ.

އެ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދު ކުރިފަހުން 2022 ސެޕްޓެމްބަރ 22 ވަނަ ދުވަހު، މި މައްސަލައިގެ ހާދިސާގައި ނިޔާވެފައިވާ މއ. ޢާއިޝާ، ޙުސައިން ވަޙީދުގެ މަންމަ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް މި މައްސަލައާ ގުޅިގެން ސިޓީއެއް ފޮނުވާފައިވެއެވެ.

މި ސިޓީގައި އޭނާގެ މަންމަ ބުނެފައިވަނީ އޭނާ މިހާރު މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށެވެ. އޭނާގެ ކިބައިން އެ ކުއްޖާ މާފަށް އެދިފައިވާ ކަމަށާއި، އޭނާއަށް މާފު ކުރާކަމަށްވެސް މަންމަ ހުށަހެޅި ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އޭނާގެ ކިބައިން ޤިޞާޞް ހިފުމަށް މި ހާދިސާގައި ނިޔާވި ޙުސައިން ވަޙީދުގެ މަންމަ މިހާރު ބޭނުންނުވާ ކަަމަށް ބަޔާންކޮށްފައިވާތީ، އޭނާ މެރުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ބައި ބާޠިލުކޮށްދިނުމަށް އެދި އެ ކުއްޖާގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއެވެ.

އެ ކުއްޖާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ރައްދުދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މި މައްސަލައިގައި އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ޢުޤޫބާތަކީ، މިހާރު ތަންފީޒު ކުރެވޭނެ ޢުޤޫބާތެއް ނޫންކަމުގައެވެ. ސަބަބަކީ ކުޑަކުއްޖަކަށް މަރުގެ އަދަބު ނުދެވޭނެ ކަމުގައި މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާތީއެވެ.

އިތުރަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ކުއްޖާއަކީ، މި ވަގުތު ޖުވެނައިލް ކޯޓުގެ ރީހެބިލިޓޭޝަން އަމުރެއްގެ ދަށުން ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރަމުން އަންނަ ކުއްޖެއް ކަމަށާއި، މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމެއް ނެތްކަމުގައެވެ.

މި މައްސަލައިގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔަށް ދެން ތިއްބެވި ހުރިހާ ފަނޑިޔާރުންވެސް ތާއީދުކޮށް ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، މަރުގެ މައްސަލަތަކުގައި މަރުވިމީހާގެ ވާރިސުން ޤާތިލަށް މާފު ކުރުމާއި، ޤާތިލާއެކު ޞުލްޙަވުމަކީ ޤާނޫނުތަކުގައި  އެކަންކަމުގެ ތަފުސީލުތައް ލިޔެވި އިންތިޒާމުތަކާއި އުސޫލުތައް އެކަށައެޅިފައިވާ ކަންކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، ޝަރީޢަތުގައި ވާރިސުން ޤާތިލަށް މާފު ކުރުމާއި، ޤާތިލާއެކު ސުލްޙަވުމާއި، ޤިޞާޞް ހިފުމަށް ބޭނުންވާކަން ހާމަކުރުމަކީ، ޤާނޫނުން ފުރުސަތު ލިބިގެން ކޯޓުތަކުން އެކަންކަމާމެދު ގޮތްތައް ކަނޑައެޅެމުން އަންނަ ކަންކަންކަމަށްވެސް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައިދާ ފަހުން ވާރިސަކު ޤާތިލަށް މަޢާފުކުރުމަކީ ވެސް ވެދާނެކަމެއް ކަމަށެވެ.

އަދި އިސްތިއުނާފީ މުއްދަތު ފަހަނަ އަޅައިދާ ފަހުން ވެސް ވާރިސަކު ޤާތިލަށް މާފުކޮށްފި ނަމަ، އެކަމުގެ މައްޗަށް ހުށަހެޅޭ މައްސަލަ ބަލައިގަނެ، ޤާތިލު މެރުމަށް ދަށު މަރުޙަލާއިން ކޮށްފައިވާ ޙުކުމުގެ އެ ބައި އިސްތިއުނާފީ ކޯޓުން ބަދަލު ކުރަންޖެހޭނެ ކަމުގައި ދެކިލައްވާކަމަށް މަހާޒް ވިދާޅުވިއެވެ.

މި އުސޫލުން ކޯޓަކުން މަރުގެ އަދަބު ކަނޑައެޅުމަށް ފަހު މެދުވެރިވާ ޝަރުޢީ ނުވަތަ ޤާނޫނީ ހާލަތެއްގެ ސަބަބުން މަރުގެ އަދަބު ތަންފީޒު ނުކުރެވޭފަދަ ހާލަތެއްގައި ހުރި މީހަަކަށްވެސް މަރުވިމީހާގެ ވާރިސުން މާފުކޮށްފި ނަމަ އެ މައްސަލަ ބަލައިގަނެ، ޤާތިލު މެރުމަށް ދަށު މަރުޙަލާއިން ކޮށްފައިވާ ޙުކުމުގެ އެ ބައި އިސްތިއުނާފީ ކޯޓުން ބަދަލު ކުރަންޖެހޭނެ ކަމުގައި ދެކިލައްވާކަމަށް މަހާޒް ވިދާޅުވިއެވެ.

އަދި އިސްތިއުނާފީ އެންމެ ފަހު މަރުޙަލާގައި ސުޕްރީމް ކޯޓުން މެރުމަށް ޙުކުމް ކޮށްފައިވަނިކޮށް ވާރިސަކު ޤާތިލަށް މާފުކޮށްފި ނަމަވެސް، އެ ޙުކުމުގައިވާ އަދަބުގެ ބައި ސުޕްރީމް ކޯޓުން ބަދަލު ކުރަންޖެހޭނެ ކަމުގައި ދެކިލައްވާކަމަށް މަހާޒް ވިދާޅުވިއެވެ. އެ ނުކުތާތަކަށް ދެން ތިއްބެވި ފަނޑިޔާރުންވެސް ތާއީދު ކުރައްވައެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ޙުކުމުގައި ބުނެފައިވަނީ، މއ. ޢާއިޝާ، ޙުސައިން ވަޙީދުގެ މަންމަ، އިސްތިއުނާފު ކުރާ ކުއްޖާގެ ކިބައިން ޤިޞާޞް ހިފަން ބޭނުންނުވާ ކަމަށާއި، އެ ކުއްޖާއަށް މާފު ކޮށްފައިވާކަމަށް ބުނެފައިވާތީ، މި މައްސަލައިގައި އެ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލު ކަމުގައި، ކަނޑައަޅައި މި މައްސަލަ ނިންމަން ފެނިލައްވާކަމަށެވެ. 

އަދި މި ފަދައިން ވާރިސުން މާފުކުރާ މައްސަލަތަކީ، މާފުކުރުމާ ގުޅިގެން ތަޢުރީޒީ އަދަބު ކަނޑައެޅޭ މައްސަލަތަކެއް ކަމުގައިވާތީ، އަލުން އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލު ކުރުމަށް ފެނިލައްވާކަަމަށްވެސް ޙުކުމުގައިވެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އިން ސުޕްރީމް ކޯޓަށް ލިބޭ ބާރުގެ ދަށުން މައުޟޫއީ ގޮތުން ބަލަންޖެހޭ މައްސަލަތައް ފިޔަވާ އެހެނިހެން މައްސަލަތައް ސީދާ ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙްވީލު ކުރެވިދާނެކަމަށްވެސް ޙުކުމުގައި ކަނޑައަޅާފައިވެއެވެ. ސަބަބަކީ މިހާރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި މަތީ މަރުޙަލާގެ ކޯޓަކުން ދަށު މަރުޙަލާގެ ކޯޓުތަކަށް މައްސަލަ ތަޙްވީލު ކުރުމާ ގުޅިގެން ބަޔާންވެފައިވާ އުސޫލުތަކުގައި ސީދާ ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް މައްސަލަ ތަޙްވީލު ކުރުމުގެ އުސޫލުތަކެއް ބަޔާންވެފައި ނުވެއެވެ.

އެކަމުގެ ސަބަބުން މައްސަލައިގެ ޚަޞްމުން އުފުލަންޖެހޭ ތަކުލީފުތައް ގިނަވެ، ޢަދުލު އިންސާފުގެ ނިޒާމަށް ކުރާ އިތުބާރަށް ބުރޫއެރުމުގެ ފުރުސަތެއް ލިބިގެންދާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިއާއެކު ސުޕްރީމް ކޯޓުން ސީދާ ދަށު ކޯޓަށް މައްސަލަ ތަހުވީލު ކުރެވިދާނެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

އިތުރަށް ކިޔާލަން

02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
19 ފެބުރުއަރީ 2017

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
16 ފެބުރުއަރީ 2017

ލޯޑަރެއް ދަށުވެ ކުއްޖަކު މަރުވި މައްސަލައިގައި ޑްރައިވަރަށް ދައުވާ ކޮށްފި

16 ފެބުރުއަރީ 2017
ލޯޑަރެއް ދަށުވެ ކުއްޖަކު މަރުވި މައްސަލައިގައި ޑްރައިވަރަށް ދައުވާ ކޮށްފި
15 ފެބުރުއަރީ 2017

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް